މީހުން / ރަމަޟާން 2024 މީހުން

އަބްދުއްރަހްމާންގެ ގުލްޒާރުގައި ނުފޮޅޭ އެންމެ މަލެއް ވެސް ނެތް!

03 އެޕްރީލް 2024 - 09:00

2 comments

ކޮންމެ ގަހެއް ދައްކަމުން އޭގެ ނަންތައް އޭނާ ކިޔަމުން ގެންދިޔަ އެވެ. ގަހުގެ ވައްތަރުތައް ގިނަކަމުން މިހާރު އޭނާގެ ހަނދާނުގައި ވެސް ބައެއް ނަންތަކެއް ނެތެވެ. އެހާ ވެސް ބައިވަރު ގަހެވެ. އަބްދުއްރަހުމާން ހަސަންގެ ބަގީޗާގައި ނަންހުސްކޮށް އޮތީ ރީތި ގަސްތަކެވެ.

ދަނޑުވެރިކަމަށް ރާއްޖޭގެ އުތުރުގައި އެންމެ މަޝްހޫރު ށ. ފީވަކުގައި އަބްދުއްރަހުމާންގެ ހަތަރު ދަނޑު އެބައޮތެވެ. މި ހުރިހާ ދަނޑެއްގައި ވެސް ހުރީ އެކި ވައްތަރުގެ ރީތި މާ ގަސްތަކާއި ބަގީޗާ ގަސްތައް ހައްދައި ފުރާލައިފަ އެވެ.

ށ. ފީވަކު، އަބްދުއްރަހްމާން ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ އާމްދަނީ ހޯދަނީ މާ ގަހާއި ބަގީޗާ ގަސް ވިއްކައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކޮންމެ ދުވަހަކު އަސުރު ނަމާދުން ފައިބައިގެން އައިސް އޭނާ ކުރާ މަސައްކަތަކީ މި އެވެ. އިރުއޮއްސެންދެން އުޅެނީ މި ދަނޑުތަކުގަ އެވެ.

އޭނާ ކުރިން ތަރުކާރީ އާއި މޭވާ ވެސް ހެއްދި އެވެ. ނަމަވެސް، އެ މަސައްކަތް މީގެ ދިހަ ވަރަކަށް އަހަރު ކުރިން ދޫކޮށްލައި ފެށީ މި ތަފާތު ދަނޑުވެރިކަމެވެ. މި ރަށުގައި ގިނަ ބަޔަކު ތަރުކާރީ އާއި މޭވާ ހައްދާތީ ތަފާތު ކަމެއް ކުރަން އޭނާ ބޭނުންވެގެންނެވެ.

އަބްދުއްރަހްމާން ބުނާ ގޮތުން ނަމަ، އޭނާ އަކީ މިހާރު ބަގީޗާ ވިޔަފާރިވެރިއެކެވެ. އެކި ވައްތަރުގެ މާ ގަހާއި ބަގީޗާ ގަސްތައް ހައްދައިގެން ވިއްކަނީ އެވެ.

"ރާއްޖޭގެ ޓޫރިޒަމްގައި ފެހިކުރާ ރަށްތަކަށް މި މަސައްކަތަކީ ރަނގަޅު ވިޔަފާރިއަކަށް ވާތީ މި މަސައްކަތް ފެށީ. ރަނގަޅު އާމްދަނީއެއް ނުވަތަ ނަތީޖާއެއް ނުކުންނާނެ ކަމަށް ބަލައިފައި،" މި މަސައްކަތް ފެށުނު ގޮތް އޭނާ ކިޔައިދިނެވެ.

"ރަނގަޅު ވިޔަފާރިއެއް މިއީ ކުރަން. ވިޔަފާރި ކުރެއްވިއްޖެ ކަމަށް ވަންޏާ މީގެން ފުދޭވަރެއްގެ އާމްދަނީއެއް ލިބޭ."

ށ. ފީވަކު، އަބްދުއްރަހްމާން ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ އާމްދަނީ ހޯދަނީ މާ ގަހާއި ބަގީޗާ ގަސް ވިއްކައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އަބްދުއްރަހްމާން މި މަސައްކަތް ފެށީ އިންޑިއާ އަދި ސްރީލަންކާ ކަހަލަ ތަންތަނުން މުޑުވައް ގެނެސްގެންނެވެ.

"އަޅުގަނޑު އަތުގައި އެބަ އުޅޭ ޑްރެސީނިއާނާގެ އެކި ވައްތަރުތައް. ޑްރެސީނިއާނާ ސެންރިއާނާ، ޑްރެސީނިއާނާ އޮބްރިއާނާ، ޑްރެސީނިއާނާ މަސަންޖީލިއާ، ޑްރެސީނިއާނާ ސޯންގް އޮފް އިންޑިއާ،" އެ ގަހުގެ ވައްތަރު އޭނާ ކިޔެވެ.

ށ. ފީވަކު، އަބްދުއްރަހްމާން ހަސަންގެ ދަނޑުގައި ހައްދާފައިވާ ގަސްތަކެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި ދަނޑުތަކުގައި ސައިމަލާއި ތައުސަންޑް ފްލާވާ އާއި ސެލްވިއާ އާއި ބޯގަންވިލާ އާއި ކޮސްޓެސީއާ، އަދިވެސް އިތުރު ވައްތަރުގެ މާ ގަސްތައް އެބަހުއްޓެވެ. އެކި ނަން ކިޔާ ކުދިކުދި ރުކާއި ތަފާތު ވައްތަރުގެ ބަގީޗާ ގަސްތައް ވެސް ހައްދާފައިވެ އެވެ. މި އެއްޗެހި ހައްދައި ރުވާފައި ހުންނަނީ އެކި ސައިޒުގެ ޕޮޓުގަ އެވެ.

ހުރިހާ ދަނޑެއްގައި 40 އަށް ވުރެ ގިނަ ވައްތަރުގެ ގަސް އުޅޭނެ ކަމަށް އޭނާ ބުންޏެވެ.

"ހުރިހާ އެއްޗެއްގެ ނަމެއް ވެސް އަޅުގަނޑު ހަނދާނުގައި ނެތް. އެހާ ބައިވަރު އެބައޮތް،" އަބްދުއްރަހްމާން ބުންޏެވެ.

"ކާނާ އަޅައިގެނެއް ނޫން ހައްދަނީކީ ވެސް. ގަސްތަކުގެ މައްޗަށް ޖަހަނީ ބޭސް، ގަސްތައް ރީތިކުރަން ވެއްޖެއްޔާ. ކޮންމެހެން ކާނާ އަޅަން މި ރަށުގައި ނުޖެހޭނެ."

ށ. ފީވަކު، އަބްދުއްރަހްމާން ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ އާމްދަނީ ހޯދަނީ މާ ގަހާއި ބަގީޗާ ގަސް ވިއްކައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭނާގެ އެންމެ ބޮޑު މާކެޓަކީ ރިސޯޓުތަކެވެ. އެކަމަކު އޭނާ ބުނި ގޮތުގައި، މި ގަސްތައް ވިއްކުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

"ރިސޯޓުތަކަށް އަޅުގަނޑުމެންނަށް މި މާކެޓް ކުރެވޭނެ ގޮތެއް ނެތީ، އަޅުގަނޑުމެންނަކީ ކިޔަވައިގެން ތިބޭ ބަޔަކަށް ނުވާތީ. އެހެންވެ މީގެ ތެރެއަށް ވަންނަން ނޭނގިގެން މި އުޅެނީ،" އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ބުންޏެވެ.

ށ. ފީވަކު، އަބްދުއްރަހްމާން ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ އާމްދަނީ ހޯދަނީ މާ ގަހާއި ބަގީޗާ ގަސް ވިއްކައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މި މަސައްކަތް ފުޅާކުރެވޭތޯ އަމިއްލަ ކުންފުންޏެއް ހަދައި ކުންފުނީގެ ޕްރޮފައިލް ވެސް އޭނާ ތައްޔާރުކުރި އެވެ. އެކަމަކު ލިބުނު މާ ބޮޑު ކުރިއެރުމެއް ނެތެވެ. އޭނާގެ ތަޖުރިބާގައި މި ކަމަކީ ރަނގަޅަށް މާކެޓް ނުކުރެވި ކުރަން ވަރަށް އުނދަގޫ މަސައްކަތެކެވެ.

"މިހާރު ވެސް ތިން ރިސޯޓަކަށް ކޯޓޭޝަން ހުށަހަޅައިފިން. އެއްގޮތަކަށް ވެސް މިކަން ކުރިއަށް ގެންދެވޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގުނު،" އޭނާ ބުންޏެވެ.

ށ. ފީވަކު، އަބްދުއްރަހްމާން ހަސަންގެ ދަނޑުގައި ހައްދާފައިވާ މާ ގަހެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިސޯޓަކުން އޯޑަރެއް ލިބޭ ފަހަރަކު ވިއްޔާ އޭނާ 7،000 ނުވަތަ 8،000 ގަސް އޭނާ ނުފޮނުވާ ފަހަރެއް މަދެވެ. އެއީ އެކި ވައްތަރުގެ ގަސްތަކުންނެވެ.

އަބްދުއްރަހްމާން ބުނީ މާލޭގެ އިރުމަތީފަރާތުގައި އޮންނަ ލޮނުޒިޔާރަތް ޕާކު ހަދަން ވެސް އޭނާ އަތުން ގަސް ގަނެގެން ގެންދިޔަ ކަމަށެވެ. އެ ފަހަރު ސައިމަލާއި ފަރުދާބަގީޗާ ހިމެނޭހެން 8،000 ގަސް ވިއްކި ކަމަށް އޭނާ ބުންޏެވެ.

ށ. ފީވަކު، އަބްދުއްރަހްމާން ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ އާމްދަނީ ހޯދަނީ މާ ގަހާއި ބަގީޗާ ގަސް ވިއްކައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާކެޓް ހޯދަން ދަތިވިޔަސް އަބްދުއްރަހުމާން ބުނި ގޮތުގައި، އޭނާ އަށް މި މަސައްކަތާ ދުރަށް ނުދެވިގެން އުޅެނީ މިކަމުން ލިބޭ ހިތްހަމަޖެހުން ބޮޑުކަމުންނެވެ. މި ގަސްތައް ބަލަހައްޓާއި ދަނޑުތަކުގެ ތެރޭގައި އުޅުމަށް އޭނާ ލޯބިކުރެ އެވެ. އަދި ކަމެއް ނުކޮށް ހުރުމުގެ ބަދަލުގައި މަސައްކަތެއް ކޮށް، ލިބޭ މިންވަރަކުން ފުއްދާލައިގެން ދިރިއުޅެން އޭނާ ބޭނުންވާތީ އެވެ.

2 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 85%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

03 April 2024

މަސައްކަތް އިތުރަށް ތަރައްގީ ކުރަން ސަރުކާރާ ވިޔަފާރި ވެރީން އެހީތެރި ވެ ދީބަލާށެވެ. މީހަކަށް ކަމެއް ކޮށްދީގެން ފަހުން ގެއްލުމެއް ނުވާނެ އެވެ.

The name is already taken The name is available. Register?

ޖެނިން

03 April 2024

އަބްދުއްރަހުމާން އަށް މިކަމުގެ ތަޖުރިބާހުރި މީހަކު އެހީތެރި ވަމާތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454