ބިން ހިއްކުމަށް ސަރަހައްދެއް ތައްޔާރު ކޮށްފައި: ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުމާއި ބިން ހިއްކުމުގެ ހުއްދަ ދެވޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/ރައީސް އޮފީސް
08 އެޕްރީލް 2024 - 15:31
ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ބިން ހިއްކުމާއި ވެލި ނެގުމުގެ ހުއްދަ ދެވޭ ގޮތް ގަވާއިދުން އިސްލާހުކޮށްފި އެވެ.
ރާއްޖޭގެ ރަށްރަށާއި ފަޅު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކާ 200 މީޓަރު ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާ ކަމެކެވެ. އަދި އެ ހުއްދަ ދެވޭނީ ވަޒީރުންގެ މަޖިލީހަށެވެ.
ނަމަވެސް އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއުތަކުގައި ވަކި އުސޫލެއްގެ މަތިން އެފަދަ ތަންތަނުން ވެސް ބިން ހިއްކުމުގެ ހުއްދަ ނުވަތަ ވެލި ނެގުމުގެ ހުއްދަ ދެވިދާނެ އެވެ.
އެ އިސްލާހުގައިވާ ގޮތުން، އެކަމަށް ހުއްދަ ދޭއިރު އެ ތަނުގައި ހުރި ދިރުންތަކާ ބެހޭ ތަފްސީލީ ދިރާސާއެއް ހެދުމާއި އެތަނުގައި ހުރި ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް، ގެންގުޅޭނެ ގޮތުގެ ޕްލޭނެއް އޮތުމާއި ވެލި ނެގުމުގެ ސަބަބުން ތިމާވެށްޓަށް ކުރާނެ އަސަރު ދެނެގަނެ، ފިޔަވަޅު އަޅަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިރާ
09 April 2024
ހާދަ މޮޅުފުޅޭ، މާތް ކަލާންގެ ދިރުން ލެއްވި ތަކެތި ލެއްވި ތަނުން އެހެން ތަނަކަށް ބަދަލުކޮށްގެން ގެންގުޅޭނެ ޕްލޭނެއް ހަދަނީއޯ. ތިމާވެށި ސުއްނާފަތި ކޮށްގެން ތި ގެންނަ ތަރައްގީގެ ފޮނިކަން ލިބޭނީ ކިހާ ދުވަަހަކަށްބާ؟ މޫސުމީ ބަދަލަށް ވިސްނިފައެއް ނެތެއްނު ކޮޕް އާ އެތަން މިތަނަށް ގޮސް އާދޭސް ކުރާއިރު.
މަހާރަދުން
09 April 2024
މުއިއްޒު ސަރުކާރުން ކުރިއަސް ތި އީ ވަރަށް ކަޑަ ކަމެއް...ކޮންމެ ސަރުކާރެއް އަޔަސް ހިމާޔަތް ކުރެވިފަ ވާތަންތައް އަންނަން އިތް ޖީލުތަކާ ހަމޔަށް އެގޮތުގަ ހިމާޔަތް ވެފަ އޮންނަން ޖެހޭ...އެއީ އހެން ތާތާވެސ ް ކަން ހިނގާ ގޮތް...ވަކިބަޔަކަށް ފައިދާއެއް ހޯދުމަށް ނުވަތަ ރުއްސުމަށް ތިހިން ހަދަން ފެށީމަ ދެން އަންނަ ބަޔަކު ދެން އޮތް ކަމެއް ހުއްދަ ކުރާނެ...ތިކަން ތިގޮތަށް ނުކުރުމަށް ވަސިއްޔަތް ކުރަން....
ދޮންހަސަން
09 April 2024
ވެލާ ވެސް ހިފެން ޖެހޭ އެބަ. މިޔަރުވެސް.
މީަހަކަށް ތަނެއް ވިއްކަން ރާވަނީ
09 April 2024
ޤައުމު ހިމާޔަތްނުކޮށް ިޔަފާރި މަންފާ ހޯދައިގެން ކޮންތާކަށް ދާންތަ ތި ިސްނަނީ. ވަޒީރުންގެ މަޖްލީހާ މަޖްލީހުގެ ކޮމިޓީތަކުން ހުއްދަ ދޭނެ ސަރުކާރުން ބޭނުންާ ކޮންމެ ކަމަކަށް. މިނިވަން ފަންނީ ޤާބިލު މި ފަންނުގެ ޢިލްމީ މީހުންގެ ރަޢުޔު އަކާނުލާ، ތިކަހަލަ ނިންމުން ނިންމަން ހެޔޮ ނުވާނެ. ނާޒުކު އަދި ތިމާވެއްޓަށާ ބަޔޮޑައިވަރސިޓީއަށް މުހިއްމުވެގެން ހިމާޔަތްކޮށްފަާ ތަންތަނާ އެތަންތާންގެ ދިރުންތަށް އެހެން ބަދަލު ކޮށްލެވޭތް. ހީވަނީ ކޮރަޕްޝަން ގެ އަލާމާތެއްހެން
ހިމާޔަތްކޮތް ފެހި ކުރަންވީ. ލާރިވެރީންނަށް ނުދީ
09 April 2024
އާބާދުކުރާ އެއްވެސް ރަށެއްގަ ގަސްތައްމަދުކޮށް މާގިނައިން ފްލެޓް އެޅީމަ ވ ހަޑިވެފަ ވ ކޮންކްރީޓް. ހޮންގްކޮންގް އަކަށް ނަހަދާ. ބަލާބަ އެޔޮއް ހުޅުމާލޭ ފްލެޓް އަޅާފަ ހުރި ސަރަހައްދު ހަޑިކަން. ފެހި ތަންކޮޅެއްވެސް ނެތް. ފްލެޓް އަޅާ އަތޮޅު ތެރޭ ޑިމާންޑް ބޮޑު ރަށްރަށުގަ. މިހާރުވީ ވީހާވެސްގިނަ މިނިސްޓްރީއަކާ ސަރުކާރުގެ މުވައްޒަފުންގިނަ އޮފީސްތައް ހުޅުމާލެ ބަދަލުކޮއް ރަސްމީ ފާލަމެއްއަޅާ ރައީސްއޮފީހާ ގެކޮޅާ މަޖުލީހާ ވެރިކަންކުރާ އާ ރަށަށް ބަދަލު ކުރަން.
ހޭލާ
08 April 2024
މަޖިލިސް' މިމީހުންގެއަތްމަށްޗަށްހިގައްޖެނަމަ' ކޮށްލާނެވަރުމިހާރުވެސްސިފަވަމުންދެއެވެ' ގާނޫނުތައްއެގޮތަމިގޮތަށްއަނބުރާ' މުޅިނިޒާމުހަލާކުކޮށްލާނެ
މަސްވެރިން
08 April 2024
ހަމަ މިގޮތަށް މިޔަރު ބޭނުންވެސް ހުއްދަކޮއްލަ ދީބަލަ. ފަރުމަހުގެ މަސްވެރިކަން އެއްވެސް ވަރަކަށް ނުކުރެވެ މިހާރު މިޔަރު ގިނަވުމުގެ ސަބަބުން. ރާއްޖޭގެ އެންމެ ބޮޑު ސިނާޔަތް ހަލާކުވެގެން މިދަނީ މިކަހަލަ ދޯހަޅި ގާނޫނު ތަކެއްގެ ސަބަބުން. ސަރުކާރުން މިކަމާ ވިސްނައި އަވަސް ފިޔަވަޅު ތަކެއް އާޅާދެން އެބަޖެހޭ. މަސްވެރިންގެ ބަސްއަހައި، މަސްވެރިން ހާލުގައި ނުޖައްސާނެކަމަށް އުންމީދުކުރުން.
އަފީފު ދަ ފިތުނަ މޭން
08 April 2024
ވެއްޔަކީ ލަނޑާ މަސް އުފައްދާ އެއްޗަކަށްވާއިރު ފަޅުތައް ހިއްކާ ފަރުތައް ހަލާކުކޮށް އަދި އެވަރުން ނިވެގެން ހިމާޔަތއލްކޮށްފަ ހުރިތަންތަނުންވެސް ވެލިނާގާ ފަރުތައް ހަލާކުކޮށް އެސޮރުމެން ނެތިކޮށްލުމުން ދެން ނެގޭނެ ވެއްޔެއް ނޯންނާނެ. މިހާރުވެސް ވެލިލިބުން ދަތިވަނީ އެސޮރުމެންގެ އާބާދީ މަދުވަމުންދިއުމުންކަމަށްވެސް ހަމަ ވެދާނެ.
މިހާލު
08 April 2024
ހުރިހާ އެއްޗެއް ހިމާޔަތްކުރަން އައި މީހުން މިއުޅެނި ވެރިކަން ެކަނި ހިމާޔަތް ކުރަން ،ރައްޔިތުން ވެރިކަން ދިނީ ކާކުކަން އިނގޭ މީހަކައް އަދި މިމީހާ ރައްޔިތުންނައް ރަނގަޅުނުވާނެކަން ވެސް އިނގިހުރެ ،ވ ދެރަ
ވިސްނާލުމަށް އެދެމޭ
08 April 2024
ތިމާވެށި ހިމާޔަތްކޮށް ތިމާވެށި ބޮޑުފޮއްޓަށްލެވުނީ ތިދެން....ސަރުކާރަށް ފާޑުކިޔާމީހުން ގޯސްވާނީ އަތްޖަހާދޭމީހުންނަކަށް ސަރުކާރު ގޯސްކޮށްކުރާކަމެ ހިލާނުފެންނާނެ...ރާޖޫ ބަންގައީ ޖެންޓްލްމޭންއަށް ދިވެހިން ބަންގައީ ގަމާރުލް އައްވަލަށް ސިޔާސީމީހުންދޭ ކޮފީއާ ސައިފޮދަށް ވޯޓު ދިނީމަވާގޮތްމީ....މަޖުލިސްގެ މެޖޯރިޓީދޭން ހެޔޮނުވާނެ ރައްޔިތުންނޭ ރައްޔިތުންނަ ހެވެއެދެންޏާ ވޯޓުދިނުމުގަ ނިކަންވިސްނާ ރައްޔިތުންގެބާރު އޮންނަގޮތަށް ވޯޓުދީ އަމިއްލަކެންޑިޑޭޓުންނަ..