ޚަބަރު / ސިވިލް ކޯޓް

ގާޒީ މަރިޔަމް ވަހީދުގެ މައްސަލައިގައި އަދި ގޮތެއް ނުނިންމަން: ޖޭއެސްސީ

ޖޭއެސްސީ: ފަނޑިިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ހުށަހެޅުމަކަށް ރައްޔިތުންގެ މަޖިލީހަށް --ފޮޓޯ/މިހާރު

ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން ގާޒީކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައިވާ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުގެ މައްސަލައިގައި އަދި ގޮތެއް ނުނިންމާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

ބޮޑުމޮހޮރާ ހިންގުން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް އަންގައި، ގާޒީ މަރިޔަމް ކުރެއްވި ހުކުމަކާ ގުޅިގެން ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަކުން ވަނީ ގާޒީ މަރިޔަމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ފަނޑިޔާރު ކަން ކުރެއްވުމުގެ ހައިސިއްޔަތެއް ގާޒީ މަރިޔަމަށް ލިބިގެނެއް ނުވެ އެވެ. މިއީ ފަނޑިޔާރަކު މަގާމުން ދުރުކޮށް، ރާއްޖޭގެ ކޯޓަކުން ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓްކުރާ ޖޭއެސްސީން ބުނީ އެ މައްސަލައިގައި ގޮތެއް ނިންމޭނީ އެ ކޮމިޝަންގެ ޖަލްސާއެއް ބޭއްވިގެން ކަމަށާއި އޭގެ ފަހުން އަދި ޖަލްސާއެއް ނުބާއްވާ ކަމަށެވެ.

"ކޮމިޝަންގެ ޖަލްސާ އިން ގޮތެއް ނިންމާނީ. މިއަދު އަދި ދެއްތޯ މިހަފުތާ މި ފެށުނީ؟. އަދި ޖަލްސާއެއް ނުބޭއްވޭ." ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވި އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބިގެން ކަމަށް ގާނޫނުއަސާސީގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ގާޒީ މަރިޔަމް އެގޮތަށް ހުކުމް ކުރެއްވީ ބޮޑުމޮހޮރާ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށެވެ. އެހެންވެ، ގާޒީ މަރިޔަމްގެ އެ އަމަލަކީ މަތީ ކޯޓެއްގެ ނިންމުމާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް އަމުރުގައިވެ އެވެ.

ގާޒީ މަރިޔަމް ވަހީދަކީ މިދިޔަ އަހަރު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރި ބޭފުޅެކެވެ. ކުރިން އޭނާ ވަނީ ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގައި މެޖިސްޓްރޭޓް ކަން ކުރައްވައިފަ އެވެ.

11 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 3%
icon angry icon angry 97%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެންވަރު

20 February 2017

ވަރަށް އިންސާފުވެރި ނިންމުމަަކަށް ވާނެކަމަށް މިބަލަނީ. ސުުޕްރީމް ކޯޓުގެ ނިންމުމަކާ ދެކޮޅަށް ޙުކުމްކުރީމަ ވަޒީފައިން ވަކިކުރަން ނިންމި ފަރާތަށް ތިޔަ ކޮމިޝަނުގަ ތިބި ހުރިހާ ފަރާތްތަކެއް ވަކިނުކުރެވޭނެތޯ؟ ވަޒީފާއަށްޓަކައި ބިރުނުގަންނަ ބައެއްތޯ ތިޔަ ކޮމިޝަންގަ ތިބެނީ؟ ކޮމިޝަންގެ ރައީސަކީ ސުޕްރީމް ބެންޗްގަ އިންނަވާ ޢިއްޒަތްތެރިއެއް ނޫންތޯ؟ އެހެންވީމަ ނިމޭނެގޮތް ވަރަށް ސާފު. އިންސާފު ޒިންދާބާދު!

The name is already taken The name is available. Register?

އަބްދުއްލާ އަލީ

19 February 2017

ހުރިހާ ގައުމެއްގާ ވެސް ގައުމު ހަމަމަގަށް އަޅުވާ ގައުމުގެ ސަރުކާރު ޖަވާބުދާރީ ކޮށް ހުރިހާކަމެް ރަނގަޅުމަގުގަ ގެންދާތަނަކީ ސްޕްރީމް ކޯޓް ، އެއްޑީޕީ އަށް ހީވަނީ ގައުމަށް ބޭނުންވާ ހުރިހާކަމެއް ރަނގަޅުކުރަނީ އެމްޑީޕީ ހެން ހަގީގަތަކީ ގައުމު ހަލާކު ކުރަނީ އެމްޑީޕީން.

The name is already taken The name is available. Register?

އަލީ

20 February 2017

ރާއްޖޭގައި ތިކަންހިނގަނީ އިދިކޮޅަށް އެހެންވީމާ އެވާހަކަ ދައްކާނެ ކުޑައިކޮށް އަަސަރުކުރިއަސް ދެއްތޯ

The name is already taken The name is available. Register?

ިހިޔަނި

19 February 2017

ދެން ތިޔަ ކޮމިޝަނުގެ އެއްވެސް ޖަލްސާއެއް ބޭއްވުނު ތަނެއް އިންސާނަކު ނުދެކޭނެ

The name is already taken The name is available. Register?

ބޭރު

19 February 2017

މީހުން ބުނެއުޅޭ އަޑު އިވެއެވެ. މިއީ އިންސާނުން ދިރިއުޅެން އޮތް ތަނެއް ނޫނެވެ. އާންމު އިންސާނެއްގެ ސިނކުޑިން ވިސްނާލުމުން މިރާއްޖޭގެ ކަންކަން ހިނގަމުން މިދަނީ އިންސާނީ ތަބީއަދާއި ބުއްދިއާއި ވިސްނުމާއި ފިކުރާ ދިމާ އިދިކޮޅަށެވެ. ރާއްޖޭ ގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭނުމެއް ނެތެވެ. 'ސްޕްރީމް'ކޯޓްގައި ތިބި ފަޑީޔާރުން ބޭނުން ގޮތަކަށް ގައުމުގެ ކަންކަން ނިންމުމަށް ފުރުޞަތު ދީގެން ތިބެންވީހެއްޔެވެ. މިއީވެސް ވަރަށް ރީތިކޮށް ގެންދެވެން އޮތް ކަމެކެވެ. ސްޕްރީމް ކޯޓްގެ އަމުރެއް އޯވަރރައިޑް ކުރުމުން ވަހީދާގެ މައްސަލަ ޖޭއެސީއަށް ހުށައަޅާ ގޮތެއް ނިންމިދާނެއެވެ.

The name is already taken The name is available. Register?

Maldives

19 February 2017

އެހެންވީމަ ސުޕްރީމް ކޯޓުން ރައީސުލް ޖުމްހޫރިއްޔާވެސް ދުރުކުރެވޭނެ. !

The name is already taken The name is available. Register?

އަލީ

19 February 2017

ދިވެހިރާއްޖޭގެ ޖުޑިޝަރީ އަތަށް ގޮވަނީ

The name is already taken The name is available. Register?

ާތިނަދޫ

19 February 2017

ތިނަދޫގެ ގާޒީއެއްވެސް އެބަހުރި މުސާރަލިބޭގޮތަށް ގޭގަ ބަހައްޓާފަ. ޖޭއެސްސީ މީ ކީއްކުރާތަނެއް؟

The name is already taken The name is available. Register?

ދޫނި ރާއްޖެ

19 February 2017

ސުޕްރީމް ކޯޓްގައި ތިބޭ ނޫންތޯ 5 ފަނޑިޔާރުން. އެތަނުން ކޮން ފަނޑިޔާރެއް ނެރުނު އަމުރެއްތޯ؟ އެހެން މިދަންނަވާލީ އެހެން ކޯޓްތަކުން ނެރޭ އަމުރުގައި އެ އަމުރު ނެރޭ ފަނޑިޔާރެއްގެ ނަމާއި ސޮއި އޮންނާތީ. ރައީސުލްޖުމްހޫރިއްޔާއަށް އެކަކު ހުންނައިރުވެސް އެމަނިކުފާނު ނެރޭ ޤަރާރުގައިވެސް ނަންފުޅާއި ސޮއި އެބައޮވޭ. ސުޕްރީމް ކޯޓުން މިނެރޭ އަމުރުގައި ފަނޑިޔާރެއްގެ ނަމެއްވެސް ނެތް އަދި ސޮޔެއްވެސް ނެތް. ކޮންމެވެސް ކުއްޖަކު މިކަން މިހެން މިވަނީ ކިހިއްނެތްތޯއާއި މިހެން މިގޮތަށް ނަމާއި ސޮއި ނެތް އަމުރު ސައްޙަވާނެ ގޮތެއް ބޭބެއަށް އޮޅުން ފިލުވާލަދީފާނަންތޯ؟

The name is already taken The name is available. Register?

އަބްދުއްލާ އަލީ

19 February 2017

ތިޔަކަން ކުރެއްވުނުކަމަށް ފެންނަނީ މަތީކޯޓުން ނިންމާފައިވާ ނިންމުން އެގިގެން ނޫންކަމަށް ފެންނަނީ ، މިކަމުގައި ފަިަވަޅު އަޅަންޖެހޭނީ މަރިޔަމަށް އެކންޏެއްނޫން ކޯޓް ގެ ރަޖިސްޓރާ އަށް ވެސް ފިޔަވަޅު އެޅެންވާނެ ،ސަބަބކީ މަތީކޯޓަކުން ނިންމާފައިވާކަމެއް ދަށުކޯޓްގާ ރަަގިސްޓަރީ ކޮށް މައްސަލަ ހިނަގާފައިވާތީ

The name is already taken The name is available. Register?

އަލީ

19 February 2017

މައްސަލަ ހިންގީ ގޯސްކޮށްކަމަށްވަންނާ އެކަން ބަލަންވީ އެކަމަކު ގާޒީން ވަކިކުރަނީ ސްޕްރީންކޯޓުންތޯ ނޫނީ ޖޭއެސްސީން ނިންމުމުން މަޖިލީހުންތޯ އެއީ ސުވާލަކީ އޮޅުވާނުލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454