އަލިފާން ރޯވި ސަރަހައްދަށް ރައީސް މުއިއްޒު ވަޑައިގެން ހާލަތު އޮޅުން ފިލުއްވަނީ.
10 އެޕްރީލް 2024 - 22:54
މިރޭ ރޯވި މ.ރަބީއުވިލާގެ ހުންނަ ސަރަހައްދު އާންމުންނަށް ބަންދު ކޮށްފި އެވެ.
އަލިފާން ރޯވެފައި ވަނީ ރަބީއުވިލާ ގޭގެ ހަތަރުވަނަ ފަންގިފިލާގަ އެވެ. މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ.
ފުލުހުން އެ ހާދިސާ ގައި އެ ގެއަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ އިންސްޕެކްޝަނެއް ހަދަމުންދާ ކަމަށެވެ.
އެހެންވެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެގެ ހުންނަ މަގު ވަނީ އާންމު ދަތުރު ފަތުރަށާއި އެ މަގުގެ ގެތަކުގައި ދިރިއުޅޭ މީހުން ފިޔަވައި ހިނގާފައި އުޅޭ މީހުންނަށް ވެސް ބަންދުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ރޯވެފައިވާ ގެއަކީ ގިނަ ދުވަސްވެ، ބާވެފައިވާ އިމާރާތެކެވެ. އެތަން ބޮލަށް ވެއްޓެން ގާތްވެފައިވާއިރު، އެ ތަނުގެ ތެރޭގައި މީހުން ގާނޫނާ ހިލާފް ކަންކަން ކުރާކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1235
10 April 2024
ތިކަހަލަ އައްޑާ އެއް ހުރޭ ޝަހީދުއަލީ ހިނގުން ޗާންދަލިޔާ ބުކްޝޮޕް ކައިރީވެސް. ކަރަންޓުވެސް ހުންނަ ހެން ހިޔެއްނުވޭ.
އީސަ
10 April 2024
އެންމެ ފަހުން އެ ގޭގެ ބެލްކަނިން ބައެއް މަގުމަށްޗަށް ވެއްޓުނު ދުވަހުވެސް ހުރި ކޯނެއް ޖަހާފަ، 2 ދުވަސް ފަހުން އެ ކޯނު ވެސް ނަގައިފި. ތި ތަން މާދަމާ ހުޅުވާލާނެ.
އަލާދީޑީ
10 April 2024
މަމިއައީ ތިތަނުން. އާންމުންނަކަށް ބަންދެއް ނޫން އެތަން. ބަންދީ ރޯވި ގޭގެ ކުރިމަތި އެކަނި
ދުމްމ
10 April 2024
އެތަނުގެ ތެރޭގަ ގާނޫނާޚިލާފް ކަންކަން ކުރަންޏާ ތިވީ ރަނގަޅަށް. ދެން ސަރުކާރުން ކުރަންވީ ކަމަކީ ތަނުގެ ވެރިފަރާތަށް ބަދަލުދީ ސަރުކާރުގެ އިމާރާތެއް ނުވަތަ ޕާކެއް ތިތަނުގަ ހަދަންވީ. ޑްރަގް ކެފޭތަކާ މަސާޖް ޕާލާތައް މަދުކުރެވޭނެ ގޮތްގޮތް މިއީ..
މަޗާލޭ
11 April 2024
އެތާގަ ހުރި އެމީހާގެ އަމިއްލަ މުދާ ބާވެ ބޭނުން ނުކުރެވޭ ވަރުވެފައި ހުއްޓާ އަދައިގެން ދިޔައީމަ އަދިވެސް ދައުލަތުންތޯ އެމީހާއަށް ބަދަލު ދޭންވީ. ގޭގެ ވެރިމީހާގެ މައްޗަށް އަމުރު ކުރަންވީ އެތަންތަޅާލާ މަގުހިގާ މީހުންނާއި އެސަރަހައްދުގެ މީހުންނަށް އަމާންކަން ކަށަވަރުކޮށްދޭން. އެކަން ކުރެވޭވަރު ނުވާނަމަ ދައުލަތަށް ބިން ނަގައި އެތަން ސާފުކޮށް ކުރި ޚަަރަދު ލިބެންދެން ދައުލަތުން ބިން ބޭނުންކުރަންވީ.