ހޯމް މިނިސްޓަރު އިހުސާން: އޭނާ އާއި ފުލުހުންގެ އިސް އޮފިސަރުންތަކެއްގެ މައްސަލަ ކޯޓުން ވަނީ އެޖެންޑާ ކޮށްފައި --- ފޮޓޯ/ރައީސް
15 އެޕްރީލް 2024 - 14:46
ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، އެ މައްސަލަ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެޖެންޑާކޮށްފި އެވެ.
ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ފުލުހުން ދާދިފަހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު، އެ މައްސަލާގައި ލިބިފައިވާ ހެކިތައް ހާމަކޮށްފަ އެވެ.
ފުލުހުން ބުނާގޮތުން އެ މައްސަލާގައި ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކިތައް ހުއްޓެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ މިނިސްޓަރު އިހުސާނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަހުމަދު ވަހީދާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މަމްދޫހު ހަސަން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށެވެ. އޭނާ އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްލާހު
17 April 2024
ދުވަހަކުވެސް ޑްރަގް މައްސަލައެއްގައި އެންމެން ނުބެދޭނެ ... ބެދުނަސް ބެދޭނީ އެކަކު... ދެން ކޯޓުތަކޭ ތިކިޔާތަންތަނަކީ އެއްވެސް ރައްޔިތަކު ތަކުރާރުކޮށް މިލިޔަނީ އެއްވެސް ރައްޔިތަކު މިފަދަ މައްސަލަ ތަކުގައި އިތުބާރު ކުރާތަންތަނެއްނޫން......
ާޔޫސުފް
16 April 2024
ޖޭ.އެސް.ސީ އިން ޖިނާއީ މައްސަލަތައް ހިންގާ ފަނޑިޔާރުންގެ ނަޒާޙަތްތެރިކަން ހިފަހައްޓަން ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ .
ގުދުގުދާބެއްޔާ
16 April 2024
މިވީގޮތަކީ މިފަނޑިޔާރުން ކުރި ކުރިހާކަމެއް ޕޮލިހުން އަތައް ގޮއްވާލީމާ، ދެން ރައްޔިތުންގެ ލޮލުގަ އަދުން އަޅުވަން ކޮއްގެން އުޅޭކަމެއް! ސަޅި ޕޮލިހުން ތިކުރިކަން! މީގެން އިގޭ އެއްޗަކީ ފަނޑިޔާރުން ޑުރަގް އެެތެރެ ކުރާ ފަރާތްތަކާ ގުޅި ލާމެހިފައިވާ ވަރު.
އަފްރާސިޔާބު
16 April 2024
ކޯޓަށް ދާނެ ކަމެއްވެސް ނެތް. ގާޒީންނަށް ފިޔަވަޅު އަޅަންވީ. މި ބައިގަނޑު މާގާނޫނީވެގެން އުޅެނީ. ހަރާމެއް ހަލާލެއް ނުދަންނަ ބައެއް.
ހަސަނު
16 April 2024
ފަނޑިޔާރުގެ، ހާއްސަކޮށް ތިރީ ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް ނެތް އެއްވެސް ވަރެއްގެ އިތުބާރެއް.. ޑުރަގު މީހުން މިނިވަންވަނީ ހެކިނެތިގެނެއްނޫން.. މި މައްސަލާގައި އިހުސާނާ އަދި ފުލުހުންނަށް ތާއީދު ކުރެވޭއަދި ގޯކޮށް ކަންކަން ކުރާ ފަނޑީޔާރުން ތަހުގީގުކޮށް އ ފަނޑިޔާރުންނަށްމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން...
ާތާޅަފިލިން
16 April 2024
ގަރުނުގެ މިނިސްޓަރ.ސާބަސް ސާބަހޭ.ށުކުރިއްޔާ މިނިސްޓރ
ސިފާތުﷲ ހަސީބް
16 April 2024
ޔާމީން ބުނާނެ އަދިވެސް މުއިއްޒު އޭ ތިމަންނަގެ މައްސަލަ ހޯލްޑް ކުރަނީ. އެކަމަކު މިހުރީ ކަން ހުރި ގޮތް
ޛުލީނާ
17 April 2024
ޔާމީނު އެހެރީ ވެރިކަމާ ހެދި މޮޔަވެފައި. މިހާރު އޭނާއަށް ނޭނގޭ ކިޔޭ ނުކިޔޭ އެއްޗެއް ވެސް. ޖަމީލާއި އޭނާގެ ކޮއްކޮ މަލީޙުގެ އަވައިގައި ޖެހިފައި އެހުރީ. އެ 2 މީހުންނަކީ މީގެކުރިން ޔާމީނުގެ ބޮލުގައި ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމުގެ ތުހުމަތު އެޅުވި 2 މީހުން.
ފުއާދު މުހައްމަދު
16 April 2024
އަދިވެސް ބަޔަކު މީހުން ބުނާނެ މި ސާރުކާރުން ކޯޓްތަކަށް އަތް ބާނާނެޔޭ
ނިހާލް ސަލީމް
16 April 2024
ސަރުކާރުން ކޯޓް ތަކަށް އަތް ނުބާނާ ކަން މި އިގެނީ
އަސީރު
16 April 2024
މި ޒަމާނަކީ ތަޢުލީމީ ޒަމާކަމަށްވެފައި ފަނޑިޔާރުންނަށް އެކަށީގެންނުވާ ބައެތް ފަނޑިޔާރުން އެބަތިބިކަން ގަބޫލު ކުރަށްޖެހޭއެވެ. ފަނޑިޔާރުން ހޮވުމުގައި ވެސް ނުފޫޒް އޮންނަކަށް ގަބޫލު ކުރަށްޖެހޭއެވެ. އަދި އިސް ފަނޑިޔާރުން ހޮވުމުގައި ވެސް ތަޖްރިބާ އަދި ތައުލީމުއަށް ބަލާލުމެތްނެތި ދީފައިވާކަށް ރައްޔިތުންނަށް އެގެއެވެ. ކޮމިޝަނުގެ މެމްބަރުންގެ ރައްޓެހިންނަށް ވީތީ މަގާމު ދޭކަށް ނުޖެހޭނެއެވެ.އެހެންކަމުން އެ ފަނޑިޔާރުގެ މައްސަލަ ބެލުން މާރަގަޅުކަމަށް ފެނެއެވެ.