ޕީޖީ އޮފީހުގެ ރިސެޕްޝަންގައި މީހަކު ހިދުމަތް ހޯދަނީ: އަންނަ މަހު އެ އޮފީހުގެ މުވައްޒަފުން ހަފުތާއަކު އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
28 އެޕްރީލް 2024 - 20:31
ސްކޫލުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އަންނަ މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް، އޮފީހަށް ނިކުންނަން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފަ އެވެ.
އެހެންވެ، ކޮންމެ މުވައްޒަފަކަށް ވެސް ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭނެކަން މިހާރު ވަނީ އަންގައިފަ އެވެ. އަދި އެކަމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް މިހާރު ވަނީ އަންގައިފަ އެވެ.
"ހުރިހާ ބޭފުޅުންވެސް މި ފުރުސަތުގައި ތިމާގެ ދަރިންނާއި އެހެން މީހުންގެ ވިޔަސް، ލޯބިވާ ކުދިންނާއެކު ވަގުތު ހޭދަ ކުރެއްވުމަށް ސަމާލުކަން ދެއްވުން އެދެމެވެ." މިކަމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް މުވައްޒަފުންނަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ޕީޖީ އޮފީހުން ވަނީ ހަފުތާއަކު އެއް ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. އެއީ ދައުލަތުގެ އޮފީހަކު އެގޮތަށް ހަމަޖައްސަން ފެށި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
29 April 2024
ޤައުމުގައި ކުށްގިނަވެ، ޤަނޫނޫތަކާއި ގަވާއިދުތަކަށް ބޯނުލަނބާ އުޅޭ މީޙުން ގިނަވެ، މަރުތަކާ ބޮޑެތި ކުށްތަކުގައި ވިކްޓިމައިޒް ވެފަ ތިބިމީހުންނަށް އިންސާފު ނުހޯދާދެވި އުޅޭއިރު، ވާކީލުން ރިލެކްސް މޯޑުގައި. އެހެންވީއްޔާ މުސާރައިގންވެސް ލުއުއެއް ދައުލަަށް ލިބެންވާނެ. މި ޤާނޫނީ ވަކީލުން ނޫނީ މިޤައުމުގައޮ ބަޔަލު މަސައްކަޔް ކުރާކަމަށް ނުވޭ. ރަށްޔިތުންނަށް ހިދުމަތް ނުކޮށްދެވޭ މީހުން މަޤާމުތަކަށް ކުރިމަތި ނުލާނީ.
އެނދިމަރިޔަނބު
29 April 2024
ބަލަ ގޭގަ ތިބެގެންވެސް މަސައްކަތޭ ކުރަނީ. އެހެން ނޫނަސް އެހެން މުއައްސަސާތަކާ ޕީޖީއާ ޕަރފޯމަންސް އަޅާކިޔާލަބަލަ. ސީޓީގެ ޖަވާބު އަވަސްވާނެ. ޚިދުމަތް އަވަސްވާނެ. އޮންލައިންކޮށް ލިބޭ މައުލޫމާތާ ޚިދުމަތް ގިނަވާނެ. ޚިދުމަތަކަށް މިކަމުން ލަސްކަމެއް ނާންނާނެ، ކޮންމެ ކަމަކަށް ފާޑުކިޔަން ފާޑުނުކިޔާ ބިނާކުރަނިވި ފާޑު ކިޔާ. ކިޔާ އެއްޗަކަށް ބާރުދޭ ހެކި ދައްކާ.
ކޮރަލް
29 April 2024
ޗުއްޓީ ދިނުމުގަ ސަރުކާރު އޮފީސް ތައް ހަމަހަމަ ވާން ވާނެ އެވެ. ވަކި އޮފީހަކުން ވަކި ގޮތެއް ހަދާކަށް ނުވާނެ އެވެ.
އެނދިމަެިޔަނބު
29 April 2024
ޗުއްޓީއެކޭ އެބަ އޮތްތަ؟ ގޭގަ ހަފްތާގެ އެއްދުވަހު މަސައްކަތްކުރާ ވާހަކަނޫންތޯ އޮތީ.
ޟަމޔ
29 April 2024
ތިޔަށް ކިޔަނީ ވޯކް ފުރޮމް ހޯމް. ބައިވަރު އޮފިސް ތަކުގަ އޮންނަ ކަމެއް އެއީ. އާކަމެއް ނޫން
ޑުވަސް
28 April 2024
365 ދުވަހު ގޭގަ އޮންނަގޮތަށް ހަމަޖައްސަންވީ ..
އަޅި އަލީ
28 April 2024
މައްސަލަތައް ޕީޖީ ގަ ފުނިޖެހިގައަދިވެސް އާޓު ދައްކަން ގޭގަ ތިއްބަވާ!
ޕީޖީއެފް
29 April 2024
ކިހިނެއް ފުނިޖެހޭނީ... ވަކި މުއްދަތެއްގެ ތެރޭގައި ޖެހޭނެ އެކުރާކަމެއްކޮށްފަ ކޯޓަށް ފޮނުވަން ގާނޫނުތައް ހުންނަ ގޮތުން. އެހެންވީމާ ނޮޓް ޕޮސިބަލް
އަޅި އަލީ
29 April 2024
އަލީ ވަޙިދު މައްސަލަ މަސްވަރާކުރަނީ ޕީޖީގަ / އެމްއެމް ޕިއާރުސަސީ މައްސަލަ ޕީޖީގަ މަސްވަރާގަ / ޔާމީނުި މައްސަލަ އިސް ތިއުނާފް މަސްވަރާގަ! ހަބަރު ބަލާބަލަ ޕީޖީގަ ނުނިމު މަސްވަރާގަޔާއި ދިރާސާގަ ކިތައްމަސއްލަ އޮތޯ ބަލާލަބން!
އެޓެންޝަން
28 April 2024
ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރުން ރަސްމީ ދުވަހުވެސް ގޭގަ ތިބެވޭގޮތް ހެދިއިރު، ވާނުވާގައި ޝަރީއަތް ނުހިންގާ ބަންދުގަ އޮންނަ މީހާގެ ދަރިންވެސް ތިބޭކަން ދަންނަ ނަމަ ތާހިރު. އެޓެންޝަން ނޫންކަމެއް ނެތް.
މުއާަ
29 April 2024
ޕީޖީ ވަކީލުން ހާޒިރުނުވެގެން މައްސަލައެއް ކެންސަލެއް ނުވާނެޔޯ.
އެނދިމަރިޔަނބު
29 April 2024
ޝަރީއަތް ތާވަލު ކުރަނީ ޕީޖީ އޮފީހަކުން ނޫން އިނގޭތޯ!
ހިބިރިންބެއްޔާގެ ކުޑަސޮރު
28 April 2024
މައްސަލަތައް އޮއްބާލާ. އޭރުން މަސައްކަތްތައް ލުއިވާނެ.
މިހާލު
28 April 2024
ގޭގަ ތިބެގެން މަސައްކަތް ކުރެވޭނެކަން ކޮވިޑް ދުވަސްވަރު އިނގުނު.ބޮޑެތި އޭސީ ޖައްސައިގެން ޗެޓްކުރަން އޮފީހައް ދާނެކަމެއްނެތް
ޒަފަރް
28 April 2024
ޕީޖީ ހާދަ އެޓެންޝަން ސީކް ކުރާކަން ފާހަގަކުރެވެޔޭ!
އުޑު
28 April 2024
އެތާ މަސައްކަތް ކުރާ ކުދިންނަށް ފޯނާ ކުޅެން ހުއްދަ ދިނީތަ؟
ޕީޖީދައްތަ
28 April 2024
ނުދޭ. ހީވޭތަ ދޭނެހެން.