29 އެޕްރީލް 2024 - 13:14
ބ. ހިބަޅިދޫގައި ތިބި ބިޒްނާސް މޯލްޑިވްސްގެ މުވައްޒަފުން އެ ރަށުން ބާލަން ފުލުހުން އެ ތަނަށް މިއަދު އަރަން ނިންމައިފި އެވެ.
ބިޒްނާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނީ، އެ ރަށުގައި ތިބި މުވައްޒަފުން ފޭބުމަށް އަންގާފައިވާ ކަމަށާއި އެ ރަށުން ނުބައިފައިފި ނަމަ ކޯޓު އަމުރެއްގެ ދަށުން ބާލާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާ އިން ވެސް އެކަން ޔަގީން ކޮށްދިނެވެ.
އެ ރަށުގައި މިވަގުތު ތިބީ ބިޒްނާސް މޯލްޑިވްސް ގެ ދެ މުވައްޒަފުންނެވެ.
ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން، ބިޒްނާސް މޯލްޑިވްސްގެ މުވައްޒަފުން ހިބަޅިދޫން ބާލަން މަސައްކަތް ކުރަނީ ސުލްހަވެރިކަމާ އެކު ކަމަށެވެ.
ހިބަޅިދޫގެ މައްސަލައާ ގުޅިގެން ފައިސާ ދެއްކި ކަމުގެ އިތުރު ލިޔުންތައް ލިބުމުން، އެ ރަށް ހޯދަން ސުޕްރީމް ކޯޓަށް މިދިޔަ މަހު ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ އެ ކޯޓުން ބޭރުކޮށްލައިފަ އެވެ.
އެ ރަށުގައި ރިސޯޓު ހަދަން ބަދަލު ކުރުމުން އޮގަސްޓް 10، 2014 ވަނަ އަހަރު ރަށުގެ ލީޒް އެގްރީމެންޓުގައި އެމްއެމްޕީއާރުސީ އާއި ސަރުކާރާ ދެމެދު ސޮއިކުރި އެވެ. އަދި އެމްއެމްޕީއާރުސީ އާއި ބިޒްނާސް މޯލްޑިވްސްއާ ދެމެދު ސޭލްސް އޮފް ޕާޗޭސް އެގްރީމެންޓުގައި ވެސް ސޮއިކޮށްފައި ވެ އެވެ. އެ އަށް ފަހު ރަށުގައި ރިސޯޓު ހެދުމަށް އީއައިއޭ ހަދައި ކޮންސެޕްޓް ތައްޔާރުކޮށް މަސައްކަތްތައް ފެށި އެވެ.
ނަމަވެސް 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލައި، ޔާމީން އަވަހާރަ ކޮށްލަން އުޅުނު މައްސަލައިގެ ތުހުމަތަށް ފެށި ތަހުގީގެ ތެރެއިން، ހިބަޅިދޫގައި ހަތިޔާރުތަކެއް ވަޅުލާފައި ހުއްޓާ ފެނިގެން، އެ ރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ފަހުން ރަށުގައި ރިސޯޓު ހެދުން އޮތީ ހުއްޓިފަ އެވެ.
އެ ކަންތައްތަކަށް ފަހު، ސަރުކާރުން ވަނީ އެ ރަށް ހަވާލު ކޮށްފައި އޮތް ބިޒްނާސް މޯލްޑިވްސްއާ އެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރިކަން ޖޫން 26، 2016 ގައި އަންގައިފަ އެވެ. އެ މައްސަލައިގައި ބިޒްނާސް މޯލްޑިވްސް އިން ކޯޓަށް ދިއުމުން، ރަށް އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.
އެ ކުންފުނީގެ މައި ހިއްސާދާރު މުހައްމަދު ރިޔާޒު (ލެޓްސްގޯ ރިޔާޒު) ވިދާޅުވީ، ހިބަޅިދޫގެ މައްސަލައިގައި ސުޕްރީމް ކޯޓުން ދައުލަތާ އެއްކޮޅަށް ހުކުމްކޮށްފައި ވަނީ އެ ރަށުގައި ރިސޯޓު ހަދަން ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ދެއްކިކަން ސާބިތުކުރަން ހެކި ނެތުމުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންރަހާ
30 April 2024
ބުރޯ ތިރަށް ދޫކުރާނެހެން ހިއެއް ނުވޭ! އަދި ތި ފިލްމު ތިޔަ ފެށެނީ!
އަޅި އަލީ
30 April 2024
ށ. ކަނބާލިފަރު، ށ. ދޮޅިޔަދޫ ވެސް އަތުލާ ރިސޯތް ހެދޭނެ ބަޔކަށް ދެއްވަ ބައްލަވާ! މިދެރައް ހަވާލު ކުރީ މައުމޫނު ވެރިކަމުގަ އަދިވެސް ހަދަނީ! ރައްޔިތުންނަށާއި ގައުމުމަށް ހާދަ ފައިސާއެކެ ހިފަހއްޓައިގެން އެތިއްބަވަނީ!
ގަދަފަދަކަންދައްކަނީތާ
30 April 2024
ބިޒްނާސް މޯލްޑިވްސްއާ އެކު އޮތް އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން ބާތިލުކުރީ ރަނގަޅަށްކަމަށް ހައިކޯޓާއި، ސްޕްރީމް ކޯޓުން ނިންމީމަވެސް ތިމީހުން އެރަށުން ނުފައިބާ ގަދަހަދާފަ ތިންހަތަރު އަހަރުވަންދެން ތިބުމުގެ ހައްގެއް ނޯންނާނެ. މިހުރިހާ ދުވަހު އެތާ ނުފައިބާ ތިބުމުގެ ސަބަބުން އެހެން ފަރާތަކަށް އެރަށް ނުދެވި އޮތުމުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ތިމީހުން އަތުން ހޯދަންވެސް ޖެހޭނެ. ތިމީހުންގެ ތަކެތިވެސް ތިމީހުންނަށް ދޫކުރާކަށް ނުޖެހޭނެ.
އަފްރާސިޔާބު
29 April 2024
އެގޮތަށް ފައިސާ ދެއްކިކަން އެގޭނެ ލިއުން ނެތް ބައިވަރު ރަށްތައް ރިސޯޓް ހަދާށާއި ދަނޑުވެރިކަން ކުރަން ޔާމީނުގެ ސަރުކާރުން ހުރީ ކުއްޔަށް ދީފައި. އަދި އިބޫގެ ސަރުކާރުން އެތަންތަން އަތުލާކަށް ނުއުޅެ އިތުރު ބިންތަކާއި ފަޅުތަކާއި ރަށްތައްވަނީ ކުއްޔަށް ދީ ނުވަތަ ހިނބައިން ދީފައި. މިރާއްޖޭގައި ބޭރު މީހުންނަށް 99 އަހަރަށް ކުއްޔަށް ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފީއެއް. ކުލިވެސް މާފު ކޮށްފައި ޓެކްސް މާފު ކޮށްފައިވާކަމީވެސް ބޭއިންސާފީއެއް.
ޖުހާނާ
29 April 2024
ތިން މިލިއަން ޑޮލަރު ހެއްކެތް ނެތި ދޫކޮށްލަން ކެރޭނީ އަތުގަ ހާދަ ފައިސާ ގިނަވީމަ ތާއެވެ.
އުދުހޭ
30 April 2024
ހިސާބަށްވުރެ ދަހިބޮޑުވީމަވެސް ވެދާނެ
އަޅި އަލީ
30 April 2024
ވަގުހަދަންވެސް ހެކި ނެތި ދޫކޮއްލާ ދެއްތޯ!
ކޮރަލް
29 April 2024
އެގްރީމަންޓް ތަކެއް ހުއްޓަސް މުއްދަތަށް ނުނިންމާ ރިސޯޓް ތައް ސަރުކާރަށް ނަގާފަ އެހެން ބަޔަކާ ހަވާލު ކުރަން ވީ އެވެ. ބައެއް މީހުން ނުހަދާ 10 އަހަރު ވެފަ ހުރި ރަށް ވެސް އެބަހުއްޓެވެ.
ޜާޒިން
30 April 2024
މިސާލަކަށް : ހދ. މުރާދޫ
އަޅި އަލީ
30 April 2024
ށ. ކަނބާލިފަރު އަދި ށ. ދޮޅިޔަދޫ ރިސޯތް ހަދަން ހަވާލުކުރީ 2005 ގަ އަދިވެސް ހދަނީ!
ބާބް
29 April 2024
ހެކި އެކަނިބާ ނެތީ؟ އެފައިސާ ދެއްކިންތޯ. އަދީބަށް ދޭ ކަޓަކީ ދައުލަތަށް ލިބޭ އެއްޗަކަށް ނުވާނެތާ.
ސީތާ
29 April 2024
46 މިލިޔަން ރުފިޔާ ދެއްކިކަމުގެ ހެއްކެއްނެތޭ؟؟ ސުބުޙާނަﷲ. މިދައްކަނީ ދިހަ ބާރަ ރުފިޔާގެ ވާހަކައެއްނޫން ދޯ ހެކި ނުހުންނާކަށް. ތިއިންވެސް އެނގެނީ ތީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ހިނގާފައިވާ މުޢާމަލާތެއްކަން. އެހެންނޫނީ ތިވަރުގެ ކަމަކަށް ހެކި ނެތިވެނުދާނެ.