ކ. ގުރައިދޫ ގެސްޓްހައުސްއެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި ރޭ މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ 57 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ގެސްޓްހައުސްގެ ކޮޓަރިން ކުނި ވަސްދުވާތީ ކަމަށެވެ. ފެނުނުއިރު ހަށިގަނޑު އޮތީ ކުނިވާން ފަށައިފަ އެވެ.
އަންހެން މީހާގެ ހަށިގަނޑު ފެނުނީ ފުލުހުން ގޮސް ބެލިއިރު އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.