ކުއްޖާ ދަތުތުކުރި ލޯންޗު.--
02 މެއި 2024 - 11:40
ލޯންޗެއް ވަގަށް ނަގައިގެން މ. އަތޮޅުން މާލެ އަށް އައި ކުޑަ ކުއްޖާ ހޯދައި އާއިލާ އާ ހަވާލު ކޮށްފި އެވެ.
އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު، މާލޭގައި ދިރިއުޅޭ އޭނާގެ ލޯބިވެރިޔާ އަނިޔާ އިން ސަލާމަތް ކުރަން ކަމަށް ބުނެ، އެ ރަށުގެ ބަނދަރުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި މާލެ އައިސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު އެވެ.
އެ ކުއްޖާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ އިރު އެ ރަށު ބަނދަރުގައި އަޅާފައި އޮތް ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗު ގެއްލިގެން ވެސް ވަނީ ފުލުހުންނަށް ރިޕޯޓު ކޮށްފަ އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި ލޯންޗެއް ވަގަށް ނަގައިގެން މާލެ އައި ކުއްޖާ މިހާރު ވަނީ އާއިލާ އާ ހަވާލު ކޮށްފަ އެވެ.
ކުއްޖާ އެ ރަށުން މާލެ އައީ ދަބަހަކަށް ހެދުން އަޅައިގެން ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އަޅާފައިވާއިރު، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ލޯންޗުގެ ފަޅުވެރިއަކު ކޮށްފައިވާ ޕޯސްޓެއްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯމިއޯ އޮންދަ ލޫސް!
03 May 2024
ލެޖެންޑް! ހީރޯ! ސްޓާރ! ރޯމިއޯ ތި ކުއްޖާގެ ހުނަރު ފާހަގަ ކުރަން ޖެހޭ! ފަސޭހަ ދަތުރެއް ނޫން ތިއީކީ! ކޮންމެ އަކަސް ވަރަށް މޮޅު ކައްޕިތާނެއް! އަދި ކޮބާ؟ ތިކަހަލަ ދެތިން ކުއްޖަކު އުފަންވަނިކޮށް ރާއްޖޭގެ ޑިވޯސް ރޭޓުވެސް ވެއްޓިދާނެ. ސާބަހޭ ކޮއްކޯ! ހަދާންވޭތަ އިބްތިޝާމް؟
ލާމަސީލު
03 May 2024
އެކުއްޖާ އެޖައްސާ ސްޓޯރީ ބަލަން އެބަޖެހޭ. ލޯންޗްގަ އަގުބޮޑު ގޮތްނޭގޭ އެއްޗެއް ހުރީބާ؟ ނޫނީ މާލެއަށް އަގުބޮޑު އެއްޗެއް ޓްރާންސްޕޯރޓް ކޮށްލީބާ؟ ބުއްދީގެ ގޮތުންބަލާއިރު މިކަހަލަ ކަމެއް ހިނގައިގެން އުޅޭއިރު މިހުންނަނީ މިޒަމާނުގަ ވިސްނާލުން ރަނގަޅު ކަންކަން.
މަނޮކު
02 May 2024
ފޮލޯމީ ޓްރެކިން ޑިވައިސްއެއް ހަރުކޮށްފައިން ނަމަ ގެއްލިގެން ހޯދާކަށް ނުޖެހޭނެ.
ކޮބާ ޖެންޑާ މިނިސްޓްރީ
02 May 2024
އަންހެން ކުއްޖާއަށް ގޯނާކުރާތީ މިކުއްޖާއައީ. އެހެންކަމަށްވާނަމަ ޖެންޑާ ބަލަންވާނެދޯ ހަމަ ހަޤީޤަތުގަވެސް އަންހެންކުއްޖާ ސަލާމަތުންތޯ ހުރީ. ގޭގެ ހާލަތު ރަނގަޅުތޯ. އެންމެންވެސް ފިރިހެެންކުއްޖާގެ ވާހަކަ މިދައްކަނީ.
ސީޒަން ޖެކްޝަން
02 May 2024
ލޯންޗު ވަގަށްނެގި ކުއްޖާ 18 އަހަރުވުވޭތޯ ބަލަބަލާ ތިބޭންވީ. 18 އަހަރުވުމާއެކު ރިހިބިލިޓޭޓުކޮށް ކޯސްޓުގާޑަށް ނުވަތަ މެރިންޕޮލިހަށް ވައްދާންވީ. އެއޮށް ދައްކާލި ކުޅަދާނެކަމެއް ބައްލަވާ!
އާދަންކުމާރ
02 May 2024
ތިހާދިސާގެ ވަށައިގެން ހޯދަންއެބަޖެހޭ. ގިނަކަންކަން މިހާރުވެސް އެބަފެނޭ. ހިތްވަރާފަންވަރު.. ހުނަރު.. ޗައިލްޑްރޮމެންސް. އަދިވެސް.. މިއީ ބޮލީވުޑް ސްޕަހިޓެއްތަ؟ ޔަންގް އަޖޭތަ؟
ދާދާ
02 May 2024
ހައްލަކީ އުމަރު.
ކޮސް
02 May 2024
މިކުއްޖާ އެހާއަވަހަށް އާއިލާއާއި ހަވާލުކުރުމުން އެނގެނީ ކަންކުރަންތިބި މީހުންގެ ނާގާބިލުކަން. ދެން ރައްޔިތުން މިވާހަކަ ދައްކަން ފަށާއިރަށް ބުނާނެ މޮޅު ވާހަކައެއް. އެކުއްޖާ އުމުރުން ކުޑަޔަކަސް މިކުރީ , ބޮޑެތިމީހުންވެސް އެމީހުންގެ ލޯބިވެރިން ހޯދަން ނުކުރާވަރުގެ ކަމެއް. 90 ގެ އަހަރުތަކުގެ ހިންދީ ފިލްމުތަކުގަ މިކަހަލަ ކަންތައް ކޮށްއުޅެނީ.!! !
އަމަރު އަކުބަރު އެންތަނީ
02 May 2024
މި ޢިޝްޤު ލޯބީ ގެ ކުޅިގަނޑު މައިންބަފައިންނަށް އެކަން އެނގިތިބެ ނުހުއްޓުވާ އޮތުމުގެ ސަބަބުން ބޮއްސުންލައިގެން ދިޔައީމާ ލޯންޗުން މާލެ އަށް ދިޔަކަމަށް ބެލެވެނީ
ސސސއަ
02 May 2024
ތީ ހީރޯއެއް..ގައުމަށް ބޮޑު އެސެޓެއް..ތި ކުއްޖާގެ ހުނަރު ކޯސްޓްގާޑަށް ވަރަށް ބޭނުންވާނެ..