ފުލުހުންގެ ސައިކަލެއްގައި ފުލުހެއް: ފޭދޫގައި ހަށިވިއްކި ކަމުގެ ތުހުމަތުގައި ބަޔަކު ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: މިހާރު
02 މެއި 2024 - 13:16
ސ. ފޭދޫގައި ހިންގާ ސްޕާއަކުން ފަސް މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އައްޑޫ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލައި ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑުގެ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. އެ ފަސް މީހުންނަށް ކުރަނީ ކޮން ތުހުމަތެއް ކަމެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ހަށިވިއްކުން އާންމުންވެ އާންމުންގެ ފާޑުކިޔުން ކަމާބެހޭ އިދާރާތަކަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. ފުލުހުން އަންނަނީ އެކި ފަހަރު މަތިން އޮޕަރޭޝަންތައް ހިންގައި ހަށިވިއްކާ ތަންތަން ރެއިޑްކޮށް، މީހުން ވެސް ހައްޔަރު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަލޯ
03 May 2024
މަސާޖްކުރަން ހުއްދަދީފައިވާ ތަނަކުން މަސާޖްކުރުން މައްސަލައެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެނަސް އެތަނުގެ ތެރޭ ހަށިވިއްކުން ކުރިޔަށް ދާނަމަ ހުއްޓުވަންޖެހޭ. އަދި ގާނޫނުން ކަޑައެޅިގައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭ. މީގެ ފަހުން މަސާޖް ކުރާ ތަންތަން ހުންނަންޖެހޭނީ ބޭރުން އަންނަމީހުނަށްވެސް ގޯހެއް ނުހިގާކަން ކަށަވަރުވާގޮތަށް. އޭރުން މައްސަލަ ހައްލުވީ.
ބަހީ
02 May 2024
ދުވަހެއް އެބައޮތް ހަނދާން ބަހައްޓާތި
ޜީތި ބޯކޮށުން
02 May 2024
މި ތަނުން ވަރަށް ހެޔޮ އަގުގައި ދެ ޖިންސުގެ ބޯ ބޭލުމާއި ކޮށައި ދެމެވެ.ޖ
މަންނޫ ދައިތަ
02 May 2024
ވަރަށް ބޮޑަށް ބާރު އެޅިން އިބްރާހިމް ދީދީގެ ކެމްޕެއިންގަ ފާޅުކޮށް އުޅެން، ކެމްޕެއިންތެރޭގަ ތިތަނުގަ ވެރިޔާއަށް ތި އިންޒާރު ދީފަ އޮތީ. ކޮންމެއަކަސް ކަށިވިއްކީމަ ކިޔޭނެ މާބޮޑު އެއްޗެއްނެތް، ރަގަޅު ގޮތުގަ ފައިސާ ހޯދަން ދަސްކުރަންވީ.
ސްޕާ،
02 May 2024
އަނެއްކާޢުމުރު ހަމައުތަ؟
މަސާޖުފާލާ
02 May 2024
ދެފިރިހެނުންނަކީ، 1 އެތަނުގެ ވެރިމީހާ. 2 އެތަން ސާފުކުރާ މަސައްކަތުމީހާ، 3 އަންހެނުންނަކީ ބޯކޮށާ މީހުން. ފުޅަށްބުޑުންދެވޭވަގުތު ހަސަނަށް އެތަންފެނި އެއީ މަސާޖު ޕާލާއެއްހެންހީވެގެން ރެއިޑު ޖައްސާފައި އިސްތިހާރު ކުރަނީ.
ބަރުބާދު
02 May 2024
ކަލޯ ތީ މަސާޖުޕާލާގެ ސެއަރ ހޯލްޑަރެއްތަ؟.
ނަސްރުދީ
03 May 2024
ނޫނޭ އެއީ އެ ތިން އަންހެނުންނަށް ދީނަށް ގޮވާލަން އެތަނަށް ދިޔަ ދެ ފިރިހެން ދާއީން!
ދާދާ
02 May 2024
ދެން ތިކުދިން ޑިޕޯޓުކުރީމާ އެކަން އެނިމުނީ.
ފާނަކޮށި
02 May 2024
މިހާރަކަށްއައިސް މާލެތެރޭގައިއުޅޭ މަސާޖްކުރާކުދިންކޮޅު މަދުވެއްޖެ....
ކަށްބޯ
02 May 2024
ކިހިނެއް އެނގުނީ؟ ތަންކޮޅެއް އުނދަގުލީތަ ހޯދަން ؟
ސދފސދ
02 May 2024
ޔަގީނުންވެސް ތިބެނީ ހަތިމު ހިފައިގެން އެއްނޫން