ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ މީހާ.
12 މެއި 2024 - 10:33
ކެނެބިސް ޓްރެފިކް ކުރި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރެވިފައި ނުވާ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެ އިދާރާގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ އަމުރާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ ސ. ހިތަދޫ ހަޒާރުމާގޭ މުހައްމަދު އުބާދަތު ހުސައިން، 29، އެވެ.
ފުލުހުން ބުނި ގޮތުގައި، މުހައްމަދު އުބާދަތު ހުސައިން ހޯދަމުން އަންނަނީ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ އެވެ. އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރު ފަހު 1:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
މުހައްމަދު އުބާދަތު ހުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސްސްަ
12 May 2024
އައްޑޫ އިބްރާހިމްދީދީ ކިޔާ މީހަކު އުޅޭ ޔޫޓިއުބަށް ވީޑިއޯއެއް ލައިގެން. އޭނަ ބުނީ މީހަކު މާލެ އައީ ބޭހަކަށް އަފިހިމް ކޮޅެއް ގަންނަން ކަމަށާއި އޭނާ އެމައްސަލާގައި ޖަލަށްލައި އަނިޔާ ކުރީ ތިމަންނާގެ ކުރިމަތީގައި ކަމަށް.
އަބްދުﷲ ޖާދުﷲ
12 May 2024
ނަމައް ބަލާފަ ތިކަން ކޮއްފާނެ ކަމަކައް މަށެއް ގަބޫލެއް ނުކުރާނަން! މި ގައުމަކު، މިދުނިޔެއަކު ނުކުރާނެ! ލޯމަރާފަ، ކަންފަތައްވެސް އުގުރި ޖަހާފަ މިހުރީ ތި ހަބަރު ފެނިއަޑުއިވިދާނެތީވެސް!
ހުނިގޮނޑި
12 May 2024
ރަށުމީހުންނަށް އަފީފޫ ތިބޭފުޅާ ނަސޭހަތްދީބަލަ. ޚާއްސަކޮށް އުބައިދާއަށް.
އިބްރ
12 May 2024
ތަފާތަކީ މިމީހުން ތުނބުޅިއާއިއެކު މަތިމަސްވެސް ދިގުކުރާނެ.
ގާނާ ގެ ބޮޑުމީހާ.
12 May 2024
ތިއީ ކޮން އޮންޑިއެއްގެ ކުއްޖެއް. ކުރީގެ އޮނޑީގެ ނަން ބަދަލުވެފައިވާތީ އަހާލީ.
ރަދީފްއޮފިޝަލް
12 May 2024
އޭގެ ކުރިން މަނިކްފާނު އެބަޖެހޭ ނޫންތޯ ދިވެހި ބަހުން ދެއަކުރު ހިމަނައިގެން ބަހެއް ލިޔާނެ ރަނގަޅުގޮތް ދަސްކުރަން. (އޮނޑި ، އޮންޑި އެއް ނޫން ، ރަނގަޅުގޮތަކީ ''އޮޑި'') ވ.ވެދުން
ރަދީފްއޮފިޝަލް
12 May 2024
މިއީ ދެރަކަމެއް. އުމުރުން 29 އަހަރުގަ ކެނަބިސް ޓްރެފިކްކުރުމުގަ.އަހަރެން ބެލިއިރު ކެނަބިސް އެއީ ރާއްޖޭގަ ހެދޭ އެއްޗެއް ނޫން ، ހައްދާ އެއްޗެއް ނޫން.އެެހެންވީމަ މިކަމުގަ ވަރަށް ނުބައި ދޮރުތަކެއް ހުޅުވިފަ ހުރިކަން ކަށަވަރުވެ ޔަގީން.އިންޑޮނޭޝީޔާ ކަހަލަ ގައުމެއް ނަމަ މީނަ ސަލާމަތްވުން އެއީ ނާދިރުކަމެއް.މީގެ ހެއްކަކަަށް މަޝްހޫރު ''ބާލީ9'' ގެ ކޭސް ފުދޭނެ. ކިޔުންތެރިން ހަބަރު އަރުޝީފުތަކުން މިވާހަކަ ކިޔާލުން އެދެން.ވ.ވެދުން
މަތި
12 May 2024
މިކަންކުރާމީހުންގެ މަތިމަސްވެސް ދިގުކޮށް ބަހައްޓާކަން ފާހަގަވެފައިވަނީ.
ހަސަންރަހާ
12 May 2024
މިސޮރު ގެ ތުނބުޅި ރަނގަޅު ކަމަށް ފެނޭ. ފައިކުރި ހުރީ ކިހިނެއްބާ؟
ބަގސފ
12 May 2024
ހާދަ ވަރެއްތިވަނީ
ރަދީފްއޮފިޝަލް
12 May 2024
ތުނބުޅި ހުންނަ ކޮންމެ މީހެއް އެއީ ރަނގަޅު މީހެއް ވެސް ނޫން ، ތުނބުޅި ނެތް ހުރިހާ މީހުން ވެސް އެއީ ރަނގަޅު މީހުންނެއް ނޫން.އެހެންވީމަ ބޭރުފުށުން ފެންނަގޮތަށް ބަލައިގެން އެއްވެސް މީހެއްގެ މައްޗަށް ހުކުމެއް ނެރެގެން ނުވާނެ.
އޮޑިހަނު
12 May 2024
ހަސަންރަހާ، އެސޮރުގެ މަތިމަސްވެސް އެހުރީ ދިގުކޮށްފަ، އެހެންވީމާ ބޮޑަށް ތިބުނަން އުޅޭ އެއްޗެއް ނިސްބަތްވާނީ މަޖޫސީންނާ، ސިކުންނާ ހިންދޫންނާ، ވައިކިންގްސްއާ، ނޫނީ އެމެރިކާގެ 'ރެޑް ނެކްސް' އާ. ދެން ކީކޭތަ ބުނާނީ؟!! އަދިވެސް ކޮސްގޮވޭތޯ ބަލާތި ފަލީހަތްވާން.
ހުނާނަތުބިންސަމާނަހަތު
12 May 2024
އެވަރުކަމެއް ވެދާނެ ދޯ. އިންސާނެއްވިއްޔަ
ކަލޯގެޔާ
12 May 2024
ކަލޯ މިހާރު އެންމެން ވެސް ތުނބުޅި ހުރޭ
މަތި
12 May 2024
މަތި މަސް ހުރީ ތުނި ނުކޮށް އެހެންވީމަ ކަލެޔަށް 0
ބިރުވެރި.
12 May 2024
ގޭންގް މީހުން ދޫ ކޮއްލާފަ.ރައްޔިތުންނައް އެމީހުން ފެނޭ.ވަކިބަޔަކައް ނުފެންނަނީ.ނުފެންނަ ތާކިހާ އަޅައިގެން.ޕޮލިސް.