އެމްޕީއެލްއިން އިމާރާތްކޮށްފައިވާ 15 ބުރީގެ ތިން ޓަވަރު: މި ތަންތަނުގައި 534 އެޕާޓްމެންޓް ހަދާފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 މެއި 2024 - 14:39
އަންނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފްލެޓްތަކުން ކުލި ނަގަން ފަށާނެ ކަން އަންގައިފި އެވެ.
އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމެންޓުން ފްލެޓް ލިބުނު މީހުންނަށް ފޮނުވި ލިޔުމުގައި ވަނީ ޕޯޓް ރެޒިޑެންސްގެ މަހު ކުލި އޮކްޓޫބަރު މަހުން ފެށިގެން ދައްކަން ޖެހޭނެ ކަމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލް އިން މުވައްޒަފުންނަށް ދޫކުރީ 534 ފްލެޓެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ.
އެ ތަނުގައި މިހާރު މީހުން ދިރިއުޅެން ވަނީ ފަށައިފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، ފްލެޓްތަކުން ކުލި ނަގަން ފަށާނީ، ހުރިހާ އެންމެން އެޕާޓްމެންޓްތަކަށް ވަދެ ނިމުމުން ކަމަށެވެ.
އެމްޕީއެލް އިން މީގެ ކުރިން ވަނީ ޑައުންޕޭމެންޓާއި ކުލި ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުޒޫގް
16 May 2024
މަހުރީ ކުލި ލަސްކުރަންދެން. ޢޭރު ހިޔެއް ނުކުރަން މިހާ ކުޑަކުރާނެ ކަމަށް. ޝުކުރިއްޔާ ވަރަށް ބޮޑަށް.
މަސްއޫދު އިބްރާހިމް
16 May 2024
ގިނަ ބަޔަކަށް މި ސަރުކާރުން ތިދިިނީ ލުއި. އެމްޕީއެލް އެކަންޔެއް ނޫން. އެހެން ފްލެޓްތަކުންވެސް.
މައުސޫމް
16 May 2024
އެކި ކެޓަގަރީން ފްލެޓް ލިބުނު ފަރާތްތަކަށް ލުއި ދީފި މިހާރުވެސް މިސަރުކާރުން. މިސާލަކަށް ވިނަރެސް ޑައުންޕޭމެންޓް ކުޑަކޮށްފި. ހިޔާގެ ކުލި ކުޑަކޮށްފި. އަދި ފޭސް 1 ގެ ފްލެޓްތަކުންވެސް. މިއީ ހަމަ ހަގީގަތުގައިވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާ އޮޣާތެރި ސަރުކާރެއް.
ސުނާ ޒާހިރު
16 May 2024
ރައީސް މުއިއްޒްއަށް ފަށްފަށުން ޝުކުރުވެރިން. ސަބަބަކީ އަދިވެސް ކޮވިޑްއިން ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން މިއުޅެނީ. ލުޔެއް މި ލިބުނީ އޮކްޓޯބާރ އާ ހަމަޔަށް.
އަހްމަދު ނޫމާން
16 May 2024
މިދިޔަ 5 އަހަރު ހިޔާ ފްލެޓްގެ ފީވެސް މާފްނުކުރޭ. ކުލިވެސް ލަސްނުކޮށް ދިޔައީ. މިޙާރު މިއޮތީ ނަމޫނާ ވެރިކަމެއް ލިބިފަ.
އަކްޝަމް އަލީ
16 May 2024
މިޔާއެކު އެމްޕީއެލް މީހުން ސެޓުލްވާން ވަރަށް ވަގުތު މި ލިބުނީ. މަރުހަބާ ފްލެޓް ވެރިން
ނިހާލް ސަލީމް
16 May 2024
ރައްޔިތުންނަށް މި ސަރުކާރުން ފެނިގެން މިދަނީ މުޅިންވެސް ލުއި.
ސީތާ
16 May 2024
ތިފުލެޓްތަކުގައި ހަމަޖެހިލައިގެން މީހުންނަށް ދިރިއުޅެވޭނީ ކިހާދުވަހަކުބާއޭ ހިތަށް އަރާ. އެސް.ޖޭ ކިޔާ ކުންފުނިން ސަބްކޮށް ނަގައިގެން ހިންގާފައިވާ ބޮޑުވެގެންވާ ޖަރީމާއެއްތީ. ހައެއްކަ އަހަރުވެސް ހަމަޖެހިގެން އުޅެވިއްޖިއްޔާ ރަނގަޅު. އެހާވެސް ދަށްފެންވަރަކަށް ހަދާފައިހުރި ތަނެއް އެއީ
އަބާނާ މުހައްމަދު
16 May 2024
މި ހަބަރު ފެނުމުން ބައްޕަ ހުރީ ވަރަށް އުފަލުން.
ހަސަން ނިހާމް
16 May 2024
މިސަރުކާރުން ކަންކަން ކުރާނީ ރައްޔިތުންނަށް ފައިދާވާނެ ހެން. އުދަގުލެއް ނުޖައްސާނެ
ދޫނި.
16 May 2024
ދޫންޏެއް ހަދާފައި ހުންނަ ހާއްޔަކަށް ބިސްއަޅަން އަނެއް ދޫންޏަށް ނިކަން ފަސޭހަވާނެ