ތޮއްޑޫގައި މޫދަށް އެރި އުޅެނިކޮށް ހާލުގައި ޖެހުނު ކުދިންތަކަކަށް ސްޓެލްކޯ މުވައްޒަފުން އެހީ ފޯރުކޮށްދެނީ --
21 މެއި 2024 - 23:34
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ހަވީރު އއ. ތޮއްޑޫއަށް އައި ކޮޅިގަނޑެއްގައި އެ ރަށުގެ ރައްޔިތުންނަށް ސްޓެލްކޯގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ސްޓެލްކޯއިން ބުނީ، މިއަދު ހަވީރު ކޮޅިގަނޑު އައި ވަގުތު އެ ރަށުގައި މޫދަށް އެރި ތިބި ކުދިންތަކެއް ސަލާމަތްކޮށްދިނީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ.
އެ ކުދިން ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވި އުޅުމުން އެ ކުދިން ސަލާމަތްކޮށްދީ އެއްގަމަށް ގެނައީ އެ ވަގުތު އެ ތަނުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންތަކެކެވެ.
މީގެ އިތުރުން ކޮޅިގަނޑުގައި އެ ރަށަށް ލިބުނު ބައެއް ގެއްލުންތައް ސަލާމަތް ކުރަން ވެސް މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
"ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށް ވެސް މި ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި،" ސްޓެލްކޯއިން ބުންޏެވެ.
ކޮޅިގަނޑުގައި ގެއްލުން ލިބުނު ގޭގެއަށް ސްޓެލްކޯގެ މުވައްޒަފުން އެހީ ފޯރުކޮށްދެނީ -- ފޮޓޯ: ސްޓެލްކޯ
އިޖުތިމާއީ ކަންކަމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ސްޓެލްކޯއިން ބުނީ، ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ތިބޭނެ ކަމަށެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށްފައިވާއިރު، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯހެވެ. މިއަދު ހަވީރުން ފެށިގެން މިރެއާ ހަމައަށް ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓު ވެސް އޮތީ ނެރެފަ އެވެ.
އޮރެންޖު އެލާޓް ނެރެފައިވަނީ ގަޑިއަކު 36 މޭލާއި 42 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް ލަފާކޮށެވެ.
މިދުވަސްވަރު މޫސުމަށް ރައްކާތެރިވެ، ސަމާލުވުމަށް އިދާރާތަކުން އިލްތިމާސް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލި
23 May 2024
ކޮންކަހަލަ ބައެއްތަ މިކަހަލަ ކުދިންގެ ބެލެނިވެރިންނަކީ. މިއޮތްވަރަށް މެޓުންނާ ސިފައިން އިންޒާރުތައް ދޭ އިރުވެސް ކުދިން މޫދަށް ފޮނުވަނީ ނޫނީ ކުދިންނަށް މިވަރުގެ މިނިވަން ކަމެއް ދީފަ އޮންނަނީ!؟
ގުޑް
22 May 2024
ގުޑް ޖޮބް ސްޓެލްކޯ ޓީމް.
ލޮލްޒ
22 May 2024
މިއީ އިހުސާންތެރި އިންސާނުންނަކީ. އައްސަރިބަހާ ސާބަސް.