މަސްއޫދު ސަފީރު ކަމުގެ ފަތްކޮޅު އަރުވަނީ.--
05 ޖޫން 2024 - 18:43
ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މަސްއޫދު އިމާދުގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް އަރުވައިފި އެވެ.
މަސްއޫދު ސަފީރުކަމުގެ ފަތްކޮޅު ރަނިލް އަށް އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ކޮލޮމްބޯގައި ހުންނަ ރައީސްގެ ގެކޮޅުގަ އެވެ.
ފަތްކޮޅު އެރުވުމަށް ފަހު ބޭއްވި ބައްދަލުވުމުގައި، ލަންކާ އާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ އަދި ހާއްސަ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން، ރަނިލް އަށް މަސްއޫދު ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މަސްއޫދު، ސްރީ ލަންކާގެ ރައީސަށް ސަފީރު ކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަނބިކަނބަލުންނާ އެކު ބައިވެރިވެވަޑައިގަންނަވަނީ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ރަނިލް ވަނީ ރާއްޖެ އާއި ލަންކާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން މަސްއޫދަށް ދެއްވައިފަ އެވެ.
High Commissioner H.E Mr. @MasoodImadMv presented his Letter of Credence to the President of Sri Lanka @RW_UNP, today.
— Maldives in SriLanka (@MDVinSriLanka) June 5, 2024
High Commissioner Masood Imad reaffirmed the commitment of the Government of Maldives to strengthen the relations between 🇲🇻 & 🇱🇰. @MoFAmv @MFA_SriLanka pic.twitter.com/so5wMxcqqG
ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މަސްއޫދު ހަމަޖެއްސުމަށް ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
މިސްރުގެ އަޒުހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވި މަސްއޫދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ މީޑިއާ ސެކެޓްރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި އިސް މަގާމުތަކުގައި ހިދުމަތް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
06 June 2024
"...ރައީސް ރަނިލް ވިކްރަމަސިންހަ އަށް އަރުވައިފި...". ހޫނ، ކަލޭމެން ބީރަށްޓެހިންނަކަށް ނޭގެނީ ދޯ؟ ރަގަޅު ގޮތަކީ، "...ރައީސް ރަނިލް ވިކްރަމަސިންހަ އަށް ދެއްވައިފި..."
ޖާހިލު
06 June 2024
ނޭނގޭ ޙާލުގަ ވެސް ކޮމެންޓުކުރަންޖެހޭ ވިއްޔަ! ރައީސް އަކީ އިސް ބޭފުޅަކަށް ވާތީ، އެންމެ މަތީ ދަރަޖަ ބޭނުންކުރަން ވެގެން "އަރުވައިފި" އެ އޮތީ. އެނގޭ އަދިވެސް ކަލެއަށް ނޭނގޭނެ ކަން.
މުރަނގަ މާލިމީ
08 June 2024
ހެހެހެ ތިއޮތީ މާބޮޑަށް އެނގިފަ.