ފޮރިން މިނިސްޓަރު ޒަމީރު ލަންކާގެ ރައީސް ރަނިލްއާ ސަލާމްކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ
05 ޖޫން 2024 - 22:45
ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހަ އާ ބައްދަލުކުރައްވައިފި އެވެ.
މިމަހުގެ 3 އިން 6 އަށް ޒަމީރު ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
ފޮރިން މިނިސްޓްރީން ބުނީ ރައީސް ރަނިލް އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ޒަމީރު މަޝްވަރާ ކުރެއްވި ކަމަށެވެ.
ފޮރިން މިނިސްޓަރު ޒަމީރު ލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ
ޒަމީރު ވަނީ މިއަދު ލަންކާގެ ފޮރިން މިނިސްޓަރާ ވެސް ބައްދަލު ކުރައްވައި، ރަސްމީ ވާހަކަތައް ބައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ އިގްތިސާދު ކުރިއެރުވުމާއި ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.
އޭގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ޣާއްޒާގައި ދެ ގައުމުން ވެސް ނަގާފައިވާ ސްޓޭންޑު ތަކުރާރުކޮށް، ވީއެންމެ އަވަހަކަށް ދާއިމީކޮށް ހަނގުރާމަ ހުއްޓާލައި، ޣާއްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ލިބޭނެ ކަމަށް ދެ ގައުމުން ވެސް އުއްމީދުކުރާ ކަމަށް ޒަމީރު ހާމަކުރެއްވި އެވެ.
FM @Moosazameer paid a courtesy call on the President of Sri Lanka, @RW_UNP. Reaffirmed commitment to further enhance the excellent bilateral relations between the two countries.
— Ministry of Foreign Affairs 🇲🇻 (@MoFAmv) June 5, 2024
Expressed appreciation for the enduring friendship & close cooperation between 🇲🇻 & 🇱🇰 pic.twitter.com/kmgl211Cxq
ޒަމީރުގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫނާ މުހައްމަދު
06 June 2024
ލަންކާ އުޅޭ ދިވެހިންނަށް ފަސޭހަވާނެ ގޮތަށް މިހާރުވެސް މިސަރުކާރުން ލަންކާ ސަރުކާރާ ވާހަކަ ދައްކައިގެން ހަމަ ޖައްސައިފި. ބުނެލީ ހަމަ
އަފްސަލް ހަމިދު
06 June 2024
އިދިކޮޅަށް ވަރަށް ހަޖަމް ނުވާނެ މި ސަރުކާރުން މިހާ ގައުމުތަކާ ގުޅުން ބަދަހި ކުރަންޔާ. ވަރަށް މޭ ކަރާނެ.
އިސްމާއިލް އުޝާމް
06 June 2024
ލަންކާ އާ އޮތް ޒަމާނީ ގުޅުން އިތުރަށް ބަދަހިވެގެން ދާތަން މި ފެންނަނީ. މީގެ ސަބަބުން ލަންކާއަށް ދާ ދިވެހިންނާ ދިރިއުޅޭ ދިވެހިންނަށް ނުހަނު ގިނަ ފަސޭހަތަކެއް ފަހިވެގެން ދާނެ
މޫސާ ޔައިޝް
06 June 2024
ފެނިގެން މިދަނީ މި ސަރުކާރުން ދޭދޭ ގައުކުތަކާ ގުޅުން ބޮޑުތަނުން ބަދަހި ކުރާތަން. މިއީ މިގައުމަށް އެއްމެ ފަހިވާނެ ގޮތަކީ
އަމީން މުހައްމަދު
06 June 2024
ވަރަށް ރަނގަޅު. އަބަދުވެސް އަހަރުމެންގެ އަހުންނާ އުހުތުން ކަމުގައިވާ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ވަކާލާތު ކުރާތި. އަހަރުމެންނަށް ވާނެ ކަންކަން ކުރަން ވާނެ
ހަސަން ނިހާމް
06 June 2024
އުފާވޭ ރާއްޖެ އިން ކޮންމެ ހައި ލެވެލް މީޓިންއެއްގަ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރާތީ