ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ލަންކާގެ ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރު ޓިރަން އަލެސްއާ ސަލާންކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
06 ޖޫން 2024 - 20:49
ސްރީ ލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް މިހާރު ވެސް އޮތް ގޮތަށް އެއްވެސް ދަތިކަމެއް ނެތި ވިސާ ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ދީފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިނިސްޓަރު މޫސާ ޒަމީރު ލަންކާ އަށް މިހާރު ކުރައްވާ ދަތުރުގައި މިއަދު އެ ގައުމުގެ ޕަބްލިކް ސެކިޔުރިޓީ މިނިސްޓަރު ޓިރަން އަލެސްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި، ލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ލަންކާގައި އޮން އެރައިވަލް ވިސާ ދިނުމުގެ އުސޫލަށް ދާދި ފަހުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ ދަތިތައް ޒަމީރު ހިއްސާކުރައްވައި އެކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
"އެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަ އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސް ވަނީ ދެ ގައުމުން ސޮއިކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް، އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގުފަހިކޮށްދެއްވައި، އެކަން ލިޔުމުން ޔަގީން ކޮށްދެއްވައިފަ އެވެ،" އެ ބަޔާނުގައިވެ އެވެ.
I had a very productive meeting with the Minister of Public security, Hon. @TiranAlles.
— Moosa Zameer (@MoosaZameer) June 6, 2024
I expressed my gratitude to the Minister for his commitment to resolving the visa challenges that the Maldivians face due to the recent changes to #SriLanka's visa policy. pic.twitter.com/wbCOftm1JO
ލަންކާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަން ޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ލަންކާ ސަރުކާރުން ދިން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީގެ ދައުވަތަކަށް ތިން ދުވަހަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށް ޒަމީރު މިރޭ މާލެ ވަޑައިގަންނަވާނެ އެވެ.
ޒަމީރުގެ މި ދަތުރުގައި ވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާ އާއި ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވައިފަ އެވެ. ލަންކާ ސަރުކާރުގެ އެހެން ބައެއް އިސް ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް ޒަމީރު ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮސްބެހާ
08 June 2024
ޒަމީރު ދޭ ލަންކާ އަށް މަމެން ތިތަނަކަށް ނުދާނެ.
ޢަލިދީޑި
07 June 2024
ލަންކާ ވިސާ ލިބުން އުދަގުވީ ކޮންދުވަހަކު.. މިދިޔަ ހަފުތާގައިވެސް މިއައީ ލަންކާ އަށް ގޮސްފައި. ހަމަ ކުރިން ވެސް ދާ ގޮތަށް އިމިގްރޭޝަން ކައުންޓަރަށް ދިޔައީމަ ވިސާ ޖަހައިދިން. ފައިސާ އެއް ނުނަގާ
އަބްޑޫޅް +
07 June 2024
މާ ގިނަ އެހެން ތަނަކުން ދެން، ދިވެހީންނަކަށް ވިސާއެއް ނުލިބޭނެ. އިސްރާއީލު ގެ ރައްޔިތުންނާ ދެކޮޅަށް އަޅާ ނުއެއްގާނި ފިޔަވަލު ތަކުގެ ބަދަލުގަ، ދިވެހިރާއްޖެ އާއި ދެކޮޅަށް ސެންކުސަނު ގެ ތަފާލު ޖަހަން އެމެރިކާގެ ރައްޔިތުންގެ މަޖިލީހުން އެބަ ތައްޔާރު ވޭ. ދެން ކަލޭމެންނަށް ތިޔަ އޮތީ ކޮން ޖޫހެއް ބޮވިފަތަ؟ ޕޮސް ޕޮސް ޕޮޕޮސް.
ޕާސްޕޯޓް
08 June 2024
ބަލަ ރާއްޖެއިން އެކަންޏެެއް ނޫނޭ އިޒްރޭލް ޕާސްޕޯޓު މަނާ ކުރަނީ. މެލޭޝިޔާއިން ވެސް މާ ކުރިންސުރެ މަނާކޮށްފަ އޮންނަނީ. އެކަމަކު އެމީހުންގެ ޕާސްޕޯޓް ރޭންކް އުޅެނީ ވަރަށް މަތީގަ. ދެން ކޮންމެހެން ރާއްޖެއާ ޖައްސާލައިގެން ގައުމުތަކަކަށް ނޫޅެވޭނެ