ފުލުހުންގެ ވެހިކަލެއްގައި ފުލުހަކު މަގުމަތީގައި މަޑުކޮށްލައިގެން: މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ފަސް އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
10 ޖޫން 2024 - 15:45
މާލޭގެ މަގުމަތިން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގައި އެކަކު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޮގަސްޓް 2021 ގައި މަނީ އެކްސްޗޭންޖް ކުންފުންޏެއްގެ މުވައްޒަފުންތަކެއް މަގުމަތިން ދަނިކޮށް ދެ މީހަކު ވެގެން ގޮސް ވަޅިން ބިރު ދެއްކުމަށް ފަހު ނުވަ ލައްކަ ރުފިޔާ އާއި 27،000 ޑޮލަރު (ހަތަރު ލައްކަ ރުފިޔާ) ފޭރުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ހިޔަރޯދި މުހައްމަދު ޝަމްއާން ސަލީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޝަމްއާން އިތުރު މީހަކާ އެކު ސައިކަލުގައި ގޮސް ފައިސާ ދަބަސް ފޭރުނުއިރު، ސައިކަލް ދުއްވަން ހުރީ އޭނާ ކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން އެކަމަށް ބާރު ދޭތީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވަނީ އެ ކުށުގެ އަސްލު އަދަބަކީ 8 އަހަރަށް ޖަަލަށްލުން ކަމަށް ވިޔަސް، އޭނާ އެ މައްސަލާގައި ދެ އަހަރާއި 10 މަސް ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އެ ބައި ހުކުމުގެ މުއްދަތުން އުނި ކުރުމަށް ފަހު ފަސް އަހަރާއި އެއް މަހަށް އޭނާ ޖަލަށް ލާން ހުކުމްކުރީ ކަމަށެވެ.
އެ ފައިސާ ފޭރުނީ އެ ތަނުގެ ވެރިމީހާ އާއި މުވައްޒަފަކު ސައިކަލުގައި ދަނިކޮށް ބިންމައްޗަށް ވައްޓާލުމަށް ފަހު ވަޅިން ބިރު ދައްކައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
11 June 2024
ރިހާކުރުފުޅިއައް 1 އަހަރު، 1.3 މިލިއަން އައް 8 އަހަރު. އިންސާފު ކުޑަތެޔޮކޮޅަކުން މެކުހަށް.
ވެނީ
11 June 2024
އެއްވެސް މާނައެއް އޮތް އަދަބެއް ނޫން. 5 އަހަރު މަސައްކަތް ކޮށްގެންވެސް އެވަރު އަދަދެއް ސޭވް ކޮށް ނުލެވޭނެ.
ފާނަކޮށި
11 June 2024
އޭނާ އެ މައްސަލާގައި ދެ އަހަރާއި 10 މަސް ދުވަސް ބަންދުގައި ހޭދަ ކޮށްފައިވާތީ އެ ބައި ހުކުމުގެ މުއްދަތުން އުނި ކުރުމަށް ފަހު ފަސް އަހަރާއި އެއް މަހަށް އޭނާ ޖަލަށް ލާން ހުކުމްކުރީ ކަމަށެވެ. އެހެންވީމާ އެމީހައަކީ ބަންދުގައި ގޭގަތޯނޫނީ ޖަލުގައި ހުންނަމީހެއްތޯ ސުވާލު އުފެދޭ.....
އަތިރީ އާދަނު
11 June 2024
އަދި ފޭރޭމީހުން ދެރަވާކަށް ނުޖެހޭ. ފޭރޭއޭ މިބުނީ ވައްކަމަކީ ވަގުން ސިއްރުން ބިރުންތިބެ ކުރާކަމެއް ވީމާ. މަތީ ކޯޓުތަކުގައި ދަންނަވާލާ! ނެގި ފައިސާއިން ކުޑަ މުއްވަރެއް ދިޔަސް އޯކޭއެއްނު؟ މިހާރު ވައްކަމަކަށް ނުވެސްވާނެ މިލިޔަނަށް ނާރާ ނަމަ. ނިކަމެތިންގެ އެތިކޮޅު ގެންދިޔަޔަސް އަދި ހެއްދި ދަނޑު ކޮށާލިޔަސް ޕްރޮސެކިޔުޓް ވާވަރަށްވެސް ހެތްކެއް ނުލިބޭނެ. ހެކި އަހާނީ ފޮރެންސިކް ނަގާނީ އެ ނިކަމެތި މީހާކުރެން!!
މަދުބައެއްތަ
11 June 2024
"އެ ފައިސާ ފޭރުނީ އެ ތަނުގެ ވެރިމީހާ އާއި މުވައްޒަފަކު ސައިކަލުގައި ދަނިކޮށް ބިންމައްޗަށް ވައްޓާލުމަށް ފަހު ވަޅިން ބިރު ދައްކައިގެންނެވެ." އެހެންވީމާ އަދި މިޝަރީޢަތް އޮންނާނެތާ. ޏުނިމޭ ބައިގަ.
ބުޅާގޯނި
10 June 2024
ފޮޓޯ ޖަހާނީ ދެރަނިކަމެތި މީހާގެ ދަރީގެ ފޮޓޯ ޖަހަން ކެރޭނީ މަށަށް ހީވަނީ އެވާނީ ބޮޑު ގޭންގެއްގެ މީހަކަށް ވާނީ އެހެން ނޫނީ އެންމެ އަވަހަށް ޖަހާނީ ފޮޓޯއެއް
ޓެރޭދް
10 June 2024
ބައެއް މީހުންގެ ފޮޓޯ ޖަހާދޯ؟ މީނަގެ ފޮޓޯއެއް ނެތީބާ؟
ޖިމޯ
10 June 2024
ފައިސާ ލިބުނު ތޯ؟
މުންޝިދު
10 June 2024
ފައިސާ ނުލިބޭ، ޕޮލިހުން ފައިސާ ހޯދަދޭކަށްވެސް ނޫޅޭ