މިނިސްޓަރު ޝިޔާމް: ކުޅުދުއްފުށީ މަށިމާލި ޕެރޭޑުން ފެނުނީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއް ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
18 ޖޫން 2024 - 17:53
މިއަހަރުގެ އަޟްހާ އީދާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި މަށިމާލި ޕެރޭޑުން ފެނުނު މެސެޖުތަކަކީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދާ ގުޅިގެން ކުޅުދުއްފުށީގައި އޮންނަ މާލި ޕެރޭޑުގައި އެ ދުވަސްވަރެއްގެ ސިޔާސީ ކަންކަމާއި އަދި ގައުމީ މައްސަލަތަކާ ގުޅުވައިގެން ތަފާތު މެސެޖްތަކެއް ގެނެސްދޭ މާލިތައް ހިމަނަ އެވެ.
އެހެންވެ، މިއަހަރުގެ ޕެރޭޑުގައި ވެސް މަސްވެރިންގެ ކަންބޮޑުވުންތަކާއި އެ ނޫން ވެސް ސަރުކާރުގެ ވައުދުތަކާ ގުޅޭގޮތުން ތަފާތު މެސެޖްތަކެއް ގެނެސްދީފައިވެ އެވެ. އެހެންވެ، އެ ޕެރޭޑަށް މިއަހަރު ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
އެކަމާ ގުޅިގެން މިނިސްޓަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ޕެރޭޑުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމާއި ސަރުކާރުގެ ވައުދުތައް ހަނދާންކޮށް ދިނުމަކީ ބިނާކުރުވަނިވި ފާޑުކިޔުންތަކެއް އަދި މެސެޖްތަކެއްގެ ގޮތުގައި ބަލައިގަންނަ ކަމަށެވެ.
"ވައުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖްތަކެއްގެ ގޮތުގައި." މިނިސްޓަރު ޝިޔާމްގެ ޓްވީޓްގައިވެ އެވެ.
މަސްވެރިންނަށް ފައިސާ ނުލިބި ލަސްވުމުން އެކަމާ ދެކޮޅަށް މަސްވެރިން ދާދިފަހުން މުޒާހަރާ ކޮށްފައި ވަނިކޮށް، އެކަމާ ގުޅޭގޮތުން އެ ޕެރޭޑުގައި ގިނަ މެސެޖްތަކެއް ދީފައިވެ އެވެ. އަދި އެ ނޫން ވެސް އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ މެސެޖްތައް ހިމެނޭ މާލިތަކާއި ފުޅަނދުތައް ޕެރޭޑުގައި ބައިވެރިކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
19 June 2024
ބިނާ-ކުރުވަނިވި ފާޑު ކިޔުމަކީ އަދި މުޅިން އެހެން އެއްޗެއް! ކުޅުދުއްފުށީ ގެ ޢީދު ޕެރޭޑު ގައި ދައްކުވާދީފަ މިއޮތީ ސަރުކާރުން ކަންތައްތައް ކުރަނީ ބަހާ ޢަމަލާ ދިމާ-ނުވާ ގޮތަށް-ކަމުގައި. އެއީ ޙަޤީޤަތަކީ! ޝިޔާމް އެގޮތަށް އެ ވިދާޅުވީ، "އަނގައިން ދެރަ-ނުވާން"!
ރަބަރޭސް
19 June 2024
މަށައް އެންމެ ކަމުދަނީ " ރިޔާސަތު"
މަސްވެރިޔާ
19 June 2024
މަސްވެރިން ބާނާހާ މަހެއް ސަރުކާރުން ގަންނަންޏާ، ހުސްނޫގޭ ގައި ހަދާހާ ބަޖިޔާވެސް ސަރުކާރުން ގަންނަންޖެހޭނެ. ނަޝީ އަޅާހާ ކޭކުވެސް ގަންނަން ޖެހޭނެ. ދިއްގަރުގައި ކައްކާހާ ރިހާކުރުވެސް ގަންނަން ޖެހޭނެ. އަޅެ ފަހެ އަރަތެއް ނޫންތަމީ. ސަރުކާރުން މިކަން ހުއްޓާލާފަ ޕްރައިވެޓައިޒް ކުރަންވީ. އޭރުން ތި ލޭ ނާރުގައި ރަނގަޅަށް ފަލަކޮށް ސަބްސިޑައިޒް ނުކޮށް ލޭ ހިނގާނީ.
ހޯރަބޭ
19 June 2024
ލަދެއްނުގަނޭތަ. ކޮބާ ސިޔާމް މަޖިލިހުގަ ދެށްކިވާހަކަ މިއަދު ކީއްވެ ޗަކޮއި ނުގޮވަނި
ދުއްލިސާ
18 June 2024
ތިޔަހެން ވީމާ، ބައެއް މީހުން ބުނާނެ ރާޑިވީއޭ ވެސް.
ޢުއްތަމަ އުސްތާޛް
18 June 2024
މިނިސްޓަރު މާކޫލްވެލަައްވަން ކޮންމެހެން ކުޅުދުފުށީ މާލިޕެރޭޑުގެ އާންމު އިޖްތިމާއީ މިންގަނޑާއި ޚިލާފް އަމަލަށް ހިތްވަރު ދެއްވާނެ ކަމެއް ނެތް. ޢެއީ ދަށު ދަރަޖައިގެ ނާތަހުޒީބު ފީކަޅާ ގޮތެއް ފޮތެއް ނެތް ހުތުރު އަމަލެއް...
ގުލްކަނދު
18 June 2024
އާނ، އެންމެ ބިނާކުރަނިވި ފާޑު ކިޔުމަކީ ރިޔާސަތު ގޮނޑި.
ގެދާނޯމޮސް
18 June 2024
ގަސްތުގަ އެކަނިވެރިންނަށް ވުމާއި އޮޑިއެހެލާފަ ލާރިލިބޭނެ ގޮތްތަށް ހެޔޮފުޅުކަމުން ސަރުކާރުން ފެށީމާ ލިބޭނެ ލަނޑުތާއަބަދަށް ދެމިހުންނާނެއެވެ. މިފަދަ ސިޔާސަތުތަށް ދިރާސާ ނުކޮށް ރިޔާސީ ވައުދުތަކުގެ ތެރެއަށް ވެރިން ވެއްދުން މީ އެއްގޮތުން ސަރުކާރަށް ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. ޚަރަދުތަށް ބޮޑުވާވަރަކަށް އެބަޔަކަށް ދޭންޖެހޭ ބައި ބޮޑުވެ ނުލިބޭނެހެން ހީވީމާ ސަރުކާރަށް ކުރާނީ ފާޑަކަށް މަލާމެތެވެ.
އެމީލިއޯ
18 June 2024
އެންނެ ސަޅީ ރިޔާސަތު ފުލޯޓް
ކިމް
18 June 2024
އޭގެ ފޮޓޯއެއް ނެތްތަ