ވިހި ވަނަ މަޖިލިހުގެ ނައިބު ރައީސަކަށް ބޭފުޅަކު އިންތިހާބު ކުރުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު.---ފޮޓޯ: މަޖިލިހުގެ އިދާރާ
24 ޖޫން 2024 - 14:31
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖެހި ވެކްސިންތަކުގެ ސަބަބުން މަރުވި ކަމަށް އާއިލާތަކުން ތުހުމަތުކުރާ މައްސަލަތައް ތަހުގީގު ކުރަން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު މިއަދު ގޮވާލައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ސިއްހީ ހިދުމަތުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން އިބްރާހިމް ވިދާޅުވީ، ކޮވިޑް ފެތުރުނު ދުވަސްވަރު ވެކްސިން ޖަހައިގެން މަރުވި އާއިލާތަކާއި އެ މީހުންނަށް ހައްގު ހޯދައި ދޭން ޖެހޭ ކަމަށެވެ.
މަޖިލީހުގައި މެމްބަރު އިބްރާހިމް އެގޮތަށް ގޮވާލެއްވި ނަމަވެސް މިހާތަނަށް ވެކްސިންގެ ސަބަބުން އެއްވެސް މީހަކު މަރުވި ކަމަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައެއް ނުވެ އެވެ. ނަމަވެސް ކޮވިޑް ފެތުރު ދުވަސްވަރާއި އޭގެ ފަހުން ހިނގި ބައެއް ކުއްލި މަރުތައް އޭރު ޖެހި ވެކްސިންތަކާ ބައެއް ފަރާތްތަކުން ގުޅުވައި ވާހަކަ ދައްކަ އެވެ.
އިބްރާހިމް ވިދާޅުވީ ކޮވިޑް މަރުތަކާ ގުޅިގެން ވަކި ކޮމިޓީއެއް އުފައްދައިގެން ވެސް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"ވަރަށް ގިނަ އާއިލާތަކެއް އަދިވެސް ގިލަންވެރިކަމުގައި އެ ތިބީ ކޮވިޑުގެ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވި އޮތީމާ،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރިވެންޓިވް ހެލްތު ކެއާ އުސޫލުން މަސައްކަތް ކުރުމުގެ އިތުރުން ފާއިތުވި ތަނުގައި މީހުންގެ ފުރާނަ އަށް ގެއްލުންވާ ކަންކަން ކޮށްފައި ތިބި މީހުންގެ މައްސަލަތައް ތަހުގީގުކޮށް އެއީ އަދަބު ދެވެން ޖެހޭ ކަމެއް ކަމުގައިވާ ނަމަ އެކަމަށް އަދަބު ދީ ޒިންމާދާރުކުރުން މުހިންމެވެ.
ވެންޓިލޭޓަރުން "ވައްކަން" ކުރުމާއި ސިއްހީ ދާއިރާ އިން "ވައްކަން" ކުރި ފަރާތްތަކުގެ މައްސަލަތައް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެޔޮ އަގުގައި ލިބުނު ވެކްސިން ބޮޑު އަގުގައި ވިއްކި މީހުންގެ މައްސަލަތައް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާޖިހާ
25 June 2024
ކުރިޔަށް އޮތްތާ ރާއްޖޭގަ އެއްވެސް ބައްޔަކުން ރައްކާތެރިވާން ވެކްސިން ޖެހުން މަނާކުރަން މީނާ މަޖިލީހަށް ބިލެއް ހުށަނާޅައިފިއްޔާ ރަނގަޅު. އަދިވެސް މިކަހަލަ މީހުން ހޮވާތި ރައްޔިތުންނޭ..
ޝީނާޒް
25 June 2024
އަސްތާ!! ކުރިން މަ ހީކުރީ މީ ވަރަށް ހަމަޖެހޭ މީހެއް ކަމަށް
ބަޑިތަކުރު
25 June 2024
އެމީހުން ގައިމުވެސް އަނބުރާ ނާންނާނެއެވެ. އަދި އެއްވެސް ހޮސްޕިޓަލަކުން ގަސްތުގައި މީހަކު މަރާނެކަމަކަށްވެސް ނުދެކެން. ބުޅިކެނޑޭނީ ކެޔޮޅުންގެ އަތުންނޭ ބުނާހެން ވެފައިވާ ކަންކަމުގެ ބަދަލުދޭން އަނެއްކާ ދައުލަތުން އެތައް މިލިޔަން ރުފިޔާ ހޭދަކުރާނެ ހަކަތައެއް މާލިއްޔާގައި ނެތްކަމަށް މިއަދުވެސް މި ކިޔަނީ.
ފާނަކޮށި
25 June 2024
ޖަނާބު ތިޔައުޅެނީ ޑޮކްޓަރުންނާއި ނަރުހުންގެ ބޮލުގައި ޒިންމާއަޅުވަން......ހަމަޖެހޭ ވާހަކައެއް ދައްކަން އެނގޭ މީހެއްވެސްނޫން....
ކީކޭ
25 June 2024
ނޫސްތަކުގެ ހެޑްލައިނުން ޖާގަހޯދަން ތިޔަނޫން ވާހަކައެއް ދެއްކިނަމަދޯ!
ރަނާ
25 June 2024
ފާއިތުވި ތަނުގައި ހިގައިދިޔަ ކަންތައް ތަހުގީގު ކުރުމުގެ ނަމުގައި އެމްޑީޕީގެ ދެސަރުކާރުން ވެސް ވަރަށްބޮޑު ހޭދައެއް ކޮށްފަ ވަނީ އެއްވެސް ނަތީޖާއެއް ނުނެރެވުނު. ބަޔަކު ކުށްވެރިކޮށް ބަދަލު ހިފަން އުޅުމުގެ ބަދަލުގައި ގައުމަށް ފައިދާހުރި ކަމެއް ކުރެވޭތޯ ބެލުން މުހިއްމު. އަހުން ހީކުރީ އިބްރާހީމް އަކީ ތަޢުލީމީ މީހަކަށްވާތީ ގައުމަށް ފައިދާހުރި ޚިޔާލް ތައް ހުށައަޅާނެ ކަމަށް. ކުރިއަށް ދިއުމުގެ ބަދަލުގަ ފަހަތަށް ޖެހޭތަން މި ފެންނަނީ.
މުހައްމާ
25 June 2024
18 ގަޑިއިރު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރި މީހުންގެ އަގު ވަޒަންކުރަން ރަގަޅުގޮތެއް. ށުކުރިއްޔާ މުއިއްޒު
ދޮންޖަނާބު
25 June 2024
މިއީތަ އެކިޔާ ޖަނާބު އަކީ. ފައްކާ ވާހަކަ ދައްކާ މީހެއް. ސުނާމީގެ މަރުތައްވެސް ތަހުޤީގު ކުރޭ ދެން. މަޢުމޫނު ރާޅުގެ އެލާޓު ނުކުރީޔޯ ކިޔާފަ ބޯހަލާކު މި ޖަނާބު މެން އުޅޭ ގޮތަކުން.
ނަރިގިސް
25 June 2024
އުމަރު ގެ ފާނު އަލުން ދުނިޔެއަށް ފޮނުވީ ބާ! ސިޔާސީ އުރައްޕެއް ނެތްކަން ސާބިތު!
އިސްމާއިލް އަލީ
25 June 2024
މީނަ މަޖްލިހައް ހޮވި ބަޔަކުވެސް އުޅޭނެތާ! އެ މީހުންނައް ދަންނަވަންޖެހޭނީ ހަމަ ސާބަހޭ! ގައުމު ތިރާކޮއްލުމައް އެޅުނު ވަރައް ހަރުދަނާ ފިޔަވަޅަކޭ ތިއެޅީ!