މެލޭޝިއާގައި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް ހިންގަނީ: އައިސިސްއާ ގުޅުން ހުރި ބަޔަކު ހަމަލާތަކެއް ރާވަނިކޮށް ހައްޔަރުކޮށްފައިވާ ކަމަށް ވަނީ ބުނެފައި. -- ފައިލް ފޮޓޯ: އޭއެފްޕީ
25 ޖޫން 2024 - 05:58
މެލޭޝިއާގެ ރަސްގެފާނާއި ބޮޑުވަޒީރަަށް ހަމަލާދޭން ރޭވި، އައިސިސްއާ ގުޅުން ހުރި އަށް މީހަކު އެ ގައުމުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ސައިފުއްދީން ނެސިއުޝަން އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާ ބަންދު ތެރޭ ގައުމުގެ އެކި ހިސާބުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ރަސްގެފާނާއި ބޮޑުވަޒީރާއި ސަރުކާރު އިސް އެކި މަގާމުތަކުގެ ބޭފުޅުންނަށް ނުރައްކާ އޮތްކަން އެނގެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ދެ އަންހެނުން ކަމަށާއި މީގެ ތެރޭގައި ވަޒީފާއެއް އަދާ ނުކުރާ މީހުންނާއި ކިޔަވައިގެން ތިބި ޕްރޮފެޝަނަލުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މެލޭޝިއާގެ ޖޯހަރް ސްޓޭޓްގައި މިދިޔަ މާޗް މަހު ވަނީ އަލްގައިދާއާ ގުޅުން އޮންނަ މީހަކު، ބޮޑު ވަޅިއެއް ހިފައިގެން ޕޮލިސް ސްޓޭޝަނަކަށް ވަދެ ހަމަލާދީ ދެ އޮފިސަރަކު މަރާލައިފަ އެވެ. ފުލުހުން ބުނީ ހަމަލާދިން މީހާ އެއް ފުލުހުންގެ ކަރުގައި ވަޅިން ޖަހައި މަރާލުމަށް ފަހު އެ ފުލުސް މީހާގެ ބަޑި އަތުލައިގަނެ އެހެން ފުލުހަކަށް ހަމަލާދީ މަރާލީ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަސް
25 June 2024
މުޅީ ދުނިޔެއަށް ފެތުރެމުންދާ ވަބާއެއް.
ފުރެސްކަޯ
27 June 2024
ރާއްޖޭގައި ވެސް.