ރަމީޒާއި ޝަމްނާޒް: އެ ދެ ބޭފުޅުން ވަނީ ސަސްޕެންޑް ކޮށްފައި
27 ޖޫން 2024 - 17:23
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު އަދި އޭނާގެ ކުރީގެ އަނބިކަނބަލުން، އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް މަގާމުން ސަސްޕެންޑްކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރަމީޒާއި ޝަމްނާޒް ސަސްޕެންޑް ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެއީ ކޮންމެ މައްސަލައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ނަމަވެސް، ޝަމްނާޒް ވަނީ ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދުކޮށްފަ އެވެ. އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ރަމީޒެއް ނުހިމެނެ އެވެ.
އަދި މި މައްސަލާގައި އޭނާއަށް ތުހުމަތެއް ކުރެވޭ ކަމެއް ވެސް ސާފެއް ނޫނެވެ.
ރަމީޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މާލެ ސިޓީގައި ކައުންސިލްގައި ވެސް މަސައްކަތް ކުރެއްވި އެ މަނިކުފާނުގެ އަރިސް ބޭފުޅެކެވެ. އެންމެ ފުރަތަމަ ރައީސް އޮފީހަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ރަމީޒު ހިމެނޭއިރު، ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ރަމީޒު ވަރަށް އިސްކޮށް ހަރަކާތްތެރި ވެސް ވި އެވެ. ނަމަވެސް، މިފަހުން ސަރުކާރުގެ ހަރަކާތްތަކުން ރަމީޒެއް ނުފެނެ އެވެ.
ޝަމްނާޒް އަކީ އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ރަމީޒު ވަނީ ޝަމްނާޒު ވަރި ކުރައްވައިފަ އެވެ.
މީގެ ކުރިން ޝަމްނާޒް ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މެންބަރަކަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުން އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. ޝަމްނާޒް އެންމެ ފުރަތަމަ އައްޔަން ކުރެއްވީ މުލީއާގެއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
30 June 2024
ތިޔައީ ފަންޑިތައިގެ އެއްވެސް ގުޅުންއޮތް ކަމެއްނޫން..........ތިޔައީ ސިޔާސީ ޖާދޫ ލޯބީގެ ކުޅިގަނޑެއް..... އެމަންޖެއެކަނި ކިހިނެއްތޯ ފަންޑިތަހަދަން އެނގޭނީ....މީ ބުއްދިހުންނަމީހެއް ނަމަ ޤަބޫލްކުރަންޖެހޭ ވާހަކައެއް....
ކަން ހިނގާ ގޮތް
29 June 2024
ސިޔާސީ މަސްރަހް ދައްކާ ގޮތުން، އަންނަ ވެރިކަމެއްގަ ވަރަށް މަތީ މަގާމެއް ލިބޭނެ ދެބޭފުޅުން.
ނިޔާޓު
28 June 2024
ވިޗް ހަންޓިންގެ ސަކަރާތްގަނޑު ކުރިއަރާފައިވާ ޤައުމުތަކުގައި ވަނީ 1700 ގެ އަހަރުތަކުގެ ތެރޭގައި ހުއްޓާލަފައި. ލައްކަ ދުވަސް އެބަ އޮތް އަހަރުމެން ދިވެހިން ތަހުޒީބުވެ އެހާ ހިސާބަށް ކުރިއަރައި ދާން.
ޗަކޮއި
28 June 2024
ޝަމްނާޒަކީ ތިޔަކަމުން ވ މަތީ ތައުލީމު ހާސިލް ކޮށްފަ ހުރި ކަނބަލެއްކަން ފާހަގަވެ..
ވައިކަރަދޫ ދާއިރާ
28 June 2024
ރަމީޒު މަގާމުތައް ވިއްކިމީހާ. ހަކުރުވިއްކި ކަމުގެ ކުށް ސާބިތުވެ ޖަލުހުކުމެއްކުރި މީހަކު ހދ ގެދާއިރާ ކުރިމަތީލީމާ އޭނަގެ ފަހަތުންބއުޅުނީ ރަމީޒުއާއި ހައްޖު ކޯޕަރޭޝަން ޝަކަިލު.
އަފާފް ސައީދު
28 June 2024
އެހާ ރަނގަޅަށް ރައީސް މުއިއްްޒް ކަންކަން ކުރީމަ އެކަން މި ރަމީޒް މެން ޝަމްނާޒްމެން ބަލައި ނުގަތް
އަދުހަމް ސަޢީދު
28 June 2024
ރައީސް މުއިއްްޒް ސިހުރުންނާއި ހަސަދަވެރިކަމުން ސަލާމަތް ކޮށްދެއްވާށި. އާމީން
އަމްޖަދު ތައުފީގް
28 June 2024
ރަމީޒްމެން ހާދަ ގޯހޭ. ރައީސް މުއިއްްޒް އެހާ ރަނގަޅުއިރުވެސް.
ހަސަން ނިހާމް
28 June 2024
ރައީސް މުއިއްްޒް ކޮންމެ ކަމެއްގައި ވެސް ދެކޮޅު ބަލާނެ. ހަގީގަތް ބަލާނެ. މިބާވަތް ބަލާފަ ފިޔަވަޅުތަކެއް މި އެޅީ
މަންދައްތަ
28 June 2024
ތި ލަވް ސްޓޯރީ ކިހާވަރަކުން ދާނެބާ؟