ޚަބަރު / މާފުށީ ޖަލު

މިންބަރަށް އަރައި އަޑުގަދަ ކުރި މީހާ ޖަލުގައި ނިޔާވެއްޖެ

މާފުށީ ޖަލު: ރިޔާސީ އިންތިހާބުގައި ޖަލުތަކުގައި ވޯޓުލީ މީހުން ވަނީ އެ މީހުންގެ ރަށްތަކަށް ރަޖިސްޓްރީ ބަދަލުކޮށްފައި -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެ އެވެ.

ކަރެކްޝަންސް އިން ބުނީ، ނިޔާވެފައިވަނީ ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45އ ކަމަށެވެ.

ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން މިއަދު ސީޕީއާރު ދީފައިވާ ކަމަށާއި އޭގެ ފަހުން ވެސް ބަދަލެއް ނައުމުން 12:13 ގައި މާފުށީ ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާ ދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ އޭނާ ހިތް ހުއްޓިގެން ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ 12:45 ގައި ކަމަށެވެ.

ނަފްސާނީ ބައްޔަކަށް ވެސް ފަރުވާ ކުރަމުން އައި ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އޭނާ ނިޔާވުމާ ގުޅިގެން އާއިލާއާއި ފުލުހުންނާއި އެޗްއާރްސީއެމްގެ އިތުރުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މި މީހާއަކީ އެންވައިރަަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް އަލީ ސޯލިހަށް ވަޅިން ހަމަލާ ދީގެން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި، އޭގެ ކުރިން ސަލްމާން މިސްކިތުގައި ހުކުރު ކުރަމުންދަނިކޮށް މިންބަރަށް އަރައި އަޑުގަދަކޮށް ނަމާދަށް ހުރަސްއެޅި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.

14 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވެންގަބޯ

28 June 2024

ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވީ ހިތް ހުއްޓިގެތޯ ބަލަންޖެހޭ އެބަ ހެނދުނު ސައި ބޯންވެސް ނުތެދުވީތޯ ކީއްވެބާއެވެ ނުބެލީ ހެނދުނު ހެނދުނު ސައިދެނީ 12:13 ގައިތޯ! އާއިލާއިން އެބަޖެހޭ މިކަމުގެ ހަގީގަތް ހޯދަންޖެހޭ އެބަ ނޫނީ ސަރުކާރުން ހަރަދުތައް ކުޑަ ކުރަން އެންގީމަ އެއްއިރު ކާންދެނީ ބާ ވާނުވާގައި ތިބޭމީހުން މަރުވެއްޖެނަމަ އަދި ނަފްސާނީ ބަލިމީހެއް މަރުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ އެބަ އާއިލާއަށް ގޮވާލަން މިކަން ބެލުމަށް

The name is already taken The name is available. Register?

ހށނ

28 June 2024

ކޮންމެ މީހަކީ އެމީހާ އުޅޭމާހައުލާ، ދަރިފަސްކޮޅުގެ އުފެއްދުމެކެވެ. އުފެދި ބައްޓަންވެ ހަރަކާތް ކުރާނީ މިދެފަރާތުން ލިބިގަނެވޭ އިރުޝާދު ތަކުގެ މައްޗަށެވެ. މިކަމުގައި އަމިއްލަ އިޚްތިޔާރެއް ނުވެއެވެ.

The name is already taken The name is available. Register?

ހޮޅިންގެ

28 June 2024

އެހެންޏާ އަދިވެސް ތިބޭނީ ހޮހޮޅައެއްގައި ކެހެރި އޮޅައިގެންތާ؟

The name is already taken The name is available. Register?

1828

28 June 2024

ނަފްސާނީވެގެން ދޫކުރަނީ ހަމައެކަނި ދީނަށް ފުރައްސާރުކޮށް މިސްކިތްތަކަށް ކުޑަކަމު / ބޮޑު ކަމުދާމީހުންނާއި ހަތިމަށް ކުޅު ޖަހާމީހުން. ދެން ތިބޭ މީހުން ނަފްސާނީއެއް ނުވާނެ. މިއީ ފުލުހުންގެ ލޮޖިކް.

The name is already taken The name is available. Register?

5

28 June 2024

ނަފްސާނީވެގެން މީހުންގަޔަށް ވަޅިޖަހާން ދިއުން ބަލައެއްނުގަނެވޭނެ.

The name is already taken The name is available. Register?

1828

28 June 2024

ނަފްސާނީވެގެން މިސްކިތަށް އަރައި ކުޑަކަމު އަދި ބޮޑުކަމުދިއުން ބަލައިގަނެވޭތޯ؟

The name is already taken The name is available. Register?

އުސްތާޒް

28 June 2024

ނަފްސާނީ ބައްޔަކީ އެބަލީގައި އެމީހަކަށަ ހަމަވިސްނޭ މީހުންގެ ވިސްނުމުން ބޭރަށް ޖިހި އޭނާއަށް ރަގަޅުނުބައި ނުވިސްނޭފަދަ ހާލަތެއް މެދުވެރިވާ ބައްޔެކެވެ، ވީއިރު ހަމަވިސްނޭ ނީހިން އެކަން ގަބޫލު ކުކުރުމަކީ ހިތާމަ ހުރިކަމެކެވެ، ތިމާ ނުވަތަ އާއިލާގެ މީހެއް އެފަދަ ކަމެއްގެ ޝިކާރަޔަކަށަ ވެގެންދާހިނަދު ވިސްނޭނެއެވެ. ޙެޔޮވިސްނުން ދެއްވާށި

The name is already taken The name is available. Register?

އަޙްމަދު މުސްތޮ

29 June 2024

ނަފްސާނީވެގެން ކުރެވެނީ ބައެއްކަހަލަ ކަންތައްތައްތޯއެވެ؟ ނަފްސާނީ ބަލި ޖެހޭ ބައެއް މީހުންނަށް ހެޔޮ ނުބައި ވަކި ނުވެ، އަޑުއަޑު އިވޭ ގޮތްވެއެވެ. އެ ފަދަ މީހަކު ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެއެވެ.

The name is already taken The name is available. Register?

ކެނެޑީ

28 June 2024

ޑޮކްޓަރު ނުބުންޏަސް އެނގޭ މީހަކު މަރުވާނީ ހިތްހުއްޓިގެންކަން އަދި ނޭވާނުލާތީކަން

The name is already taken The name is available. Register?

ބަފަލޯ

29 June 2024

ކަލޯ ކަރަންޓު ކެނޑުނީމަވެސް އެބުނަނީތާ ޓެކްނިކަލް މައްސަލައަކާހެދި ކަރަންޓު ކެނޑުނީއޭ. އެކަމަކު އެންމެނަށްވެސް އެނގޭނެތާ ނަފުސާނީ މައްސަލައެއްގަ ކަރަންޓު ނުކެނޑޭނެކަން.

The name is already taken The name is available. Register?

މެދު ފަނޑިޔާރު

28 June 2024

ކޯޓުތައް އެކަންޏެއްނޫން ސަރުކާރުވެސް އިސްލާހުކުރަން ޖެހޭ.

The name is already taken The name is available. Register?

ކުޑަވަކީލު

28 June 2024

ޝަރީއަތް ނިމެންދެން ބަންދުކޮށް ބާއްވާ އިންސާފުވެރި ޝަރީއަތެއް ނުލިބި ދުނިޔެދޫކޮށް، ހަޔާތުގެ ދުވަސްތައް އާއިލާއާ ވަކިން ހޭދަކުރަނީ ކިތައް މީހުންތޯ. ޔަމަނު މީހެއްވެސް މިހެން އޮވެ ދުނިޔެ ދޫކުރީ. ކޮންމެ ބަޔަކު ސިޔާސީ ބޭނުމަށް ވޯޓު ހޯދަން މިކަން ހައްލުކުރާނެ ވާހަކަ ދައްކާ. އެކަމު އަމަލީ ނަތީޖާއެއް ނުނެރޭ. އެހަށް ދުވަހު އޮތީ 27 ހާސް ރުފިޔާ ބޮލަކަށް މަހަކު ހޭދަކުރެޔޭ. ޝަރީޢަތް އަވަސްކޮށްގެން ކިހާ ފައިސާއެއް ސަލާމަތްވާނެ. ކޯޓުތައް އިސްލާހުކުރަންޖެހޭ

The name is already taken The name is available. Register?

1828

28 June 2024

މަރަށް މަރުގެ ހުކުމް އިއްވާފައި އިސްތިއުނާފް ނިންމިފައި ތިބި މީހުންގެ ހުކުމްވެސް ތަންފީޒްކޮށް ނިންމަން ޖެހޭ

The name is already taken The name is available. Register?

ދިއްދޫމީހާ

28 June 2024

ޔަމަނުގެ ޔަޙްޔާގެ ވާހަކަ އެއްމެގިނައިން ދެއްކީ އިމްރާންއާ އިބޫއާ އެކަމް އެވެރިކަމުގައި ހުޅުމާލޭ ޖަލުގައި ނިޔާވީ…

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454