ޚަބަރު / ރައްޔިތުންގެ މަޖިލިސް

ދަރަނި ބިލުގެ ބަހުސް: ގައުމު ބަނގުރޫޓު ކޮށްފައިވާ ކަމުގެ ތުހުމަތާއި މެނޭޖްކުރަން ނޭނގޭ ކަމުގެ އަރައިރުން!

މެންބަރުން މަޖިލީހުގެ ތަޅުމުގައި. --ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި މި ސަރުކާރުގެ މާލީ ސިޔާސަތުތަކާ ގުޅޭ ގޮތުން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތު އަޅުވައި ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީއާ ދެމެދު ހޫނު ބަހުސެއް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި ޕީއެންސީގެ މެމްބަރުން ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި މި ގައުމު ދަރަނިވެރިކޮށް، އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށެވެ. މި ހާލަތު ގައުމަށް ދިމާވީ ފަސް އަހަރުގެ ތެރޭގައި ފައިސާ ޗާޕްކޮށްގެން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ދަރަނި ނެގީ މަޝްރޫއުތައް ހިންގަން ކަމަށާއި މިހާރު ދިމާވެގެން އުޅެނީ މި ސަރުކާރަށް އިގްތިސާދީ ހާލަތު މެނޭޖްކުރަން ނޭނގޭ މައްސަލައެއް ކަމަށެވެ.

މަޖިލީހަށް ބިލް ހުށަހެޅުއްވި ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހް ވާހަކަ ފައްޓަވަމުން ވިދާޅުވީ، ބައެއް ސަރުކާރުތަކުން 40 އަހަރާ ނުބައްދަލު ދަރަނި އެންމެ ފަސް އަހަރު ތެރޭގައި ނަގައި ވެރިންގެ ޖީބުތައް ފުރަމުން ދިޔަ ކަމަށެވެ.

ދަރަނި މެނޭޖްކުރުމުގެ ގާނޫނެއް ގެނައުމުގެ ފުރުސަތު އެމްޑީޕީ ސަރުކާރަށް އޮތް ނަމަވެސް އެފަދަ ގާނޫނީ ބާރުވެރިކަމެއް ނުގެނެސް ދައުލަތް ހަލާކާ ދިމާލަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާ ކުރިން ފެށިގެން އައިއެމްއެފް އިން ދެމުން ދިޔަ ހުރިހާ އިންޒާރަކަށް ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ރާއްޖެ މި ދާ މިސްރާބުން ގޮސްފައި މިއޮތީ،" މަމްދޫހް ވިދާޅުވި އެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މަޖިލިސް

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލުގައި ދައުލަތުގެ ދަރަނި ނެގޭނެ ގޮތުގެ ތަފްސީލާއި މެނޭޖްކުރެވޭނެ ފަދަ ވަރަށް ގިނަ ކަންކަން ހިމަނާފައިވާ ކަމަށެވެ.

އޭގެ އިތުރުން ފުރަތަމަ ފަހަރަށް ދަރަނި މެނޭޖް ކުރާނެ އޮފީހެއް އުފެއްދުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށާއި އެ އޮފީހާ އެކު، ދައުލަތުގެ ދަރަންޏާ ގުޅޭ ސާފު މައުލޫމާތު އާންމުންނާއި ބޭރުގެ ފަރާތްތަކަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ އެންމެ ބޮޑު ފައިދާ އަކަށް ވާނީ ބޭރުގެ ބައިނަލްއަގުވާމީ ކެޕިޓަލް މޭކެޓްތަކުން ރާއްޖެ އަށް ފައިސާ ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ." އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ ދައުލަތުގެ ދަރަނި އޮތީ އަތް ނުފޯރާ ފަށަށް ގޮސް 120 ބިލިއަން ރުފިޔާ އިން ދަރާފައިވާ ކަމަށާއި އެއީ މި ސަރުކާރުން އުފެއްދި ހާލަތެއް ނޫން ކަމަށެވެ.

ދަރަނި ނަގަން ޖެހޭނީ އާމްދަނީ ލިބޭ ފަދަ އިތުރު ކަންތައްތަކެއް އެ ފައިސާ އިން ކުރުމަށް ކަމަށާއި އޭގެ ބަދަލުގައި ކުރީ ސަރުކާރުން މައިގަނޑު ގޮތެއްގައި އެ ފައިސާ ހަރަދު ކޮށްފައި ވަނީ ރިކަރަންޓް ހަރަދު އިތުރުމާއި އިގްިތސާދަށް ފައިދާ ނުވާ މަސައްކަތްތަކެއް ކުރުމަށް ކަމަށް އަޒާން ވިދާޅުވި އެވެ.

"މިސާލަކަށް ފެނަކަ އިން ޒަމާނީ އިންޖީނުގެ ނަމުގައި ބޮޑެތި ބިލްޑިންތަކެއް އަޅައި އަސްލު އަގާ ނުބައްދަލު އަގުތަކެއް ކިޔައި ބަޔަކު މުއްސަނދިވިތަން ފެނުނު. އެކި ރަށްރަށުގައި މަލްޓި ޕާޕަސް ހޯލް ނަމުގައި ކޮރަޕްޓު ކަންކަން ހިންގިތަން ފެނުނީ." އޭނާ ވިދާޅުވި އެވެ.

ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ކުރީ ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު މިފަދަ ވާހަކަ ނުދައްކާ މިއަދު މި މައްސަލަ އަށް ފާޑު ކިޔަން އެ ޕާޓީގެ މެންބަރުން ލަދުގަންނަން ޖެހޭ ކަމަށެވެ.

ކުރީ ސަރުކާރުން "ރާއްޖޭގައި ފޮތް ޗާޕު ނުކުރާ ވަރަށް" ފައިސާ ޗާޕު ކުރަމުން ދިޔަ ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ދިން އިންޒާރުތަކަަށް ބެލުމެއް ނެތި މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ޑިސެމްބަރު 2023 އާ ހަމައަށް ފައިސާ ޗާޕު ކުރެވޭ ގޮތް ހެދި ކަމަށް އައިބީ ވިދާޅުވި އެވެ.

"ތިބޭފުޅުންގެ ވެރިކަމުގައި މިދިޔަ ފަސް އަހަރު މި ގައުމު ބަނގުރޫޓު ކޮށްލާފައި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު ޕީއެންސީގެ އިބްރާހިމް ޝުޖާއު ވެސް ވިދާޅުވީ މި ގައުމު ކުރިޔަށް ގެންދަންވީ ގޮތާ މެދު އެމްޑީޕީން މި ސަރުކާރަށް ފިލާވަޅު ނަގައިދޭނަމަ ގައުމު ދާނީ އިތުރަށް ހަލާކުވެގެން ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދަ ބިލެއް މަޖިލީހަށް ފޮނުވަން ޖެހުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަދަ ވެރިއަކު ގައުމުގެ ވެރިކަމަށް އަނެއްކާވެސް އައިސްދާނެތީ އެކަމުގެ ބިރަށް ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު-- ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިން ރާއްޖޭގައި ހަތަރު ރައީސަކު ވެރިކަން ކުރި އިރު ދަރަނި ހުރީ 56 ބިލިއަން ގައި ކަމަށާއި އެ މުއްދަތުގައި ތަރައްގީގެ މަޝްރުއުތަކާއި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަންކަން ރަނގަޅަށް ފުއްދެމުން އައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެކަނި ދައުލަތް 120 ބިލިއަނުން ދަރުވާލި ކަމަށާއި 1400 އަށް ވުރެ ގިނަ ސިޔާސީ މަގާމްތައް އުފައްދައިގެން ރައްޔިތުންނަށް ފައިދާ އެއް ނުކުރާ ބޭކާރު ހަރަދުތައް ކުރަމުން ދިޔަ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭގެ އިތުރުން ގައުމުގެ މާލީ ހާލަތާ ގުޅޭ ގޮތުން އޭރު ތިބި މިނިސްޓަރުން ރައްޔިތުންނަށް އޮޅުވާލަމުން ދިޔަ. ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރުގައި ވައުދުވީ 700 ސިޔާސީ މަގާމަށް ވުރެ އިތުރު ނުކުރާން. އެއަށް ވުރެ އިތުރެއް ނުވާނެ. އެއަށް ވުރެ ވެސް މަދު ކުރަން މިހާރު މަސައްކަތް މި ކުރަނީ." ޝުޖާއު ވިދާޅުވި އެވެ. "މިއީ ނުނިދާ ހޭލާ ތިބެގެން ނިންމަން ޖެހޭ ބިލެއް. މި ގައުމުގެ މާލިއްޔަތު ސަލާމަތް ކުރުމުގެ މަސައްކަތް ރައީސް ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުން އެބަގެންދަވާ،"

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުން މާ ބޮޑަށް ބިލުގެ ތަފްސީލްތަކަށް ވަޑައިނުގަންނަވައި ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވަމުން ދިޔަ އިރު އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި މެންބަރުން ވެސް ދިޔައީ ދަރަންޏާ ގުޅޭ ގޮތުން މި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް--ފޮޓޯ: މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ 2019 އިން 2023 އަށް ރާއްޖޭގެ ތާރީހުގައި ވެސް ނުދައްކާ ވަރަށް ދައުލަތުން ދަރަނި ދައްކަން ފައިސާ ހޭދަ ކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޕީޕީއެމްގެ ސަރުކާރުން ވާރުތަކުރި 24.7 ބިލިއަން ރުފިޔާ ވެސް ހިމެނޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި، އާ ޕާޓީއެއް އުފެއްދެވުމަކީ 2013 އިން 2018 އަށް ޕީޕީއެމް ވެރިކަން ނުކުރާ ކަމަކަށް ވާނެ ކަމެއް ނޫން،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން މުލީއާގެ މަރާމާތު ކުރަން 21 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި އަދަދު ނޭނގޭ ވަރަށް ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މަނިކުފާނު އެކަން ކުރެއްވީ ރާއްޖޭގެ މާލީ ހާލަތު އެނގިވަޑައިނުގެންތޯ ނުވަތަ ގަސްދުގައި ރާއްޖޭގެ ހާލަތު އަނދަވަޅަކަށް ވައްޓާލުމަށްޓޯ މީކާއިލް ސުވާލު ކުރެއްވި އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ | މަޖިލިސް

ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ދަރަންޏަށް ޒިންމާވާ ބިލަކީ ކުރީގެ ސަރުކާރުން ޑްރާފްޓުކޮށް އެއް ފަހަރު މަޖިލީހަށް ހުށަހަޅައި އަދި އޭގެ ފަހުން ދައުރު ނިމުމުން މި ސަރުކާރުން އަލުން ހުށަހަޅައިގެން ކުރިޔަށް ގެންދާ ބިލެއް ކަމަށެވެ.

މި ބިލު ކުރީގެ ސަރުކާރުން ޑްރާފްޓް ކުރި ގޮތަށް ފާސް ކޮށްފި ނަމަ ދަރަނިތައް އަދާ ކުރުމާއި މި މި ސަރުކާރުގެ ޕްލޭންތަކާ އެއް ގޮތަކަށް ކަންކަން ކުރަން ދަތި ވެދާނެ ކަމަށާއި މި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ބިލު ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަބަބަކީ މައުރޫފް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނީ ކުރީ ސަރުކާރުން ލޯނު ނަގައިގެން ފެއްޓި ގިނަ މަޝްރޫއުތައް ހުއްޓާލައިފަ އެވެ.

އޭނާ ވިދާޅުވީ އާރުޓީއެލް މަޝްރޫއު އާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއު އާއި މިފްކޯ އެކްސްޓެކްޝަން މަޝްރޫ އާއި ގަން އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ލޯނު ނެގީ މި ދެންނެވި މަޝްރޫއުތައް ކުރިޔަށް ގެންދަން." މައުރޫފު ވިދާޅުވި އެވެ.

މި ސަރުކާރުން ހާލަތާ ނުބައްދަލު އެތައް ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި ރިކަރަންޓު ހަރަދުތައް ބޮޑުވެ ފިސްކަލް ރިފޯމް އެޖެންޑާ ފަހަތު ފަޔަށް ބުރަވަމުންދާ ކަމަށް މައުރޫފް ވިދާޅުވި އެވެ. ގިނަ މަޝްރޫއުތައް ހުއްޓިފައިވާ އިރު ވެރިންގެ ބަސްތަކުގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުންވެ ހިޔަނި އެޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރަށް ބޭރު ގައުމުތަކުން ލޯނެއް ނުދިނެވެ. އަދި ފައިސާއެއް ނުވަތަ ބަޖެޓް ސަޕޯޓެއް ވެސް ނުދިން ކަމަށާއި މި އަހަރުގެ އިގްތިސާދު ކުރި އަރާނެ އަންދާޒާ ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ފިޗުގެ ރޭޓު ދަށްވެފައިވާ އިރު ބަޖެޓް ފާއިނޭންސް ކުރަން ސަރުކާރުން ވަނީ ނުކުޅެދިފަ އެވެ.

"އާސަންދަ ކަނޑާލައިގެން ނުވާނެ، ޓެކްސް ބޮޑު ކޮށްގެން ނުވާނެ. ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ކަނޑާލައިގެން ގައުމު ހިންގާކަށް ނޫން ރައްޔިތުން މި ސަރުކާރާ ވެރިކަން ހަވާލުކުރީ،" މައުރޫފް ވިދާޅުވި އެވެ.

36 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޮދުރާާ

01 July 2024

މި ބިލްގެ ވާހަކަދެއްކީމާ އެމްޑީޕީ މެމްބަރުންގެ ލަނގޮޑިޔަށް ވަރަށްބާރުކުރާނެ. ސަބަބަކީ ރައްޔިތުންނަށް އެނގި ހާމަވެފަ އޮތްކަމެއް ފޮރުވާ އޮޅުވާލަން އުޅުނަސް އެކަން ވާކަށް ނެތީމަ.

The name is already taken The name is available. Register?

މުޖުތަބާާ

01 July 2024

ގައުމު ދަރުވާލިޔޭ ބުނަން ޖެހެނީ 60 ބިލިއަނަށްވުރެ އިތުރަށް އެންމެ ފަސްއަހަރުތެރޭ ދަރަނި ބޮލައްލައިގެން ކުރެވުނު ކަމެއް ރައްޔިތުންނަށް ފެންނާކަށް ނެތް. މިސަބަބައްޓަކާ ރައްޔިތުން އެމްޑީޕީމަތިން ހިތުނީ.

The name is already taken The name is available. Register?

ހުޝާމްް

01 July 2024

މި ގައުމުގެ ކުރިއެރުމަށް އެންމެ ބޮޑަށް ހުރަސް އެޅީ މިދިޔަ ސަރުކާރުން. ރައީސް ޔާމިންގެ ތަރައްޤީގެ މައްޗަށް ފަހަތަށް އެޅުނު ފިޔަވަޅެއް އެއީ 2018ގައި އެމްޑީޕީގެ ވެރިކަމެއް ގެނައުން. އެހެންކަމުން ގައުމު އަބުރާ ކޮޅަށްނަގާ މިގައުމުގެ ކަންކަން އިސްލާހުކޮށް ކުރިޔަށް ފިޔަވަޅު އެޅުމަށްޓަކާ މި ސަރުކާރުން ރައީސް މުއިއްޒު މަސައްކަތް ކުރައްވާއިރު އެކަންކަން ރައްޔިތުންނަށް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.

The name is already taken The name is available. Register?

ޖާސިމްް

01 July 2024

ދަރަނި ބޯ އިބޫއަކަށް އަދި އެމްޑީޕީއަކަށް ދުވަހަކުވެސް މި ރާއްޖޭގެ ވެރިކަމަށް ނާދެވުމަކީ އަޅުގަނޑުމެންގެ އަބަދުމެ ދުއާ.

The name is already taken The name is available. Register?

ރާޝިދްް

01 July 2024

ކޮންމެ ވާހަކަޔެއް ކޮންމެގޮތަކަށް އަނބުރައިގެން އެމްޑީޕީ މެމްބަރުން ދެއްކިޔަސް ހަގީގަތަކީ މިގައުމު ދަރުވާލާ ހުލިކޮށްފަކަން އިބޫ ފައިބައިގެންދިޔައީ.

The name is already taken The name is available. Register?

އަމީރުގެ އަވާމެންދުރު

01 July 2024

ކޮވިޑަށް ދަރަނި ނަގައިގެން ޖެހި ސަކަރާތް ވެސް އަމީރު ކިޔާދިންނަމަ، ވެންޓިލޭޓަރު ވައްކަން، މެޑިކަލް މާފިޔާ އަދި ސަރުކާރާއި ގުޅުން ހުރި މެޑިކަލް ކުންފުނިތަކަށް ނު އަގުގަ ބިލް ކޮށް ވައްކަން ކުރީ. މާގިރި ހޮޓެލް ނަގައިގެން އަލީ ވަހީދުމެން ޖެހި ސަކަރާތާއި، އިންކަމް ސަޕޯޓް ގެ ނަމުގައި އެ ހައްގުނުވާ އެތައް ބަޔަކަށް ލާރި އެޅުން. ކޮވިޑް މެނޭޖު ކުރި ގޮތުގެ ކުރު ހުލާސާއެއް

The name is already taken The name is available. Register?

އަލީ މޯޑު

01 July 2024

ބަނގުރޫޓް ވެގެން މިއުޅެނީ ކެމްޕެއިނަށް ލާރިގަނޑު ތަޅާލި ހިސާބުން ދޯ. ވެރިކަމަށް 8މަސް ވުމާއި ގާތްވި އިރު އަދި ރެއަކާ މިލީ

The name is already taken The name is available. Register?

އަސް

01 July 2024

ވަރަށް ބޮޑު ތެދެއް ކަމަށް ބެލެވޭ

The name is already taken The name is available. Register?

އެންޓައިޓަލްޑް ދިވެހިން.

30 June 2024

ޤައުމު ބަނގުރޫޓުވީ ހަމައެކަނި ވެރިންނާ ހެދިއެއްނޫން. މިތާ މީހުންވެސް ހަމަ ކަންނެތީ. އަމިއްލަ އުފެއްދުންތެރިކަމެއް ނެތް ޤައުމެއް. ރިސޯސް ހުއްޓަސް ބޭނުންކުރާކަށް ނޭނގޭ. ލިބޭހާ ޑޮލަރެއް އެގެންދަނީ ބިދޭސީ މުވައްޒަފުން. އެކަމަކުވެސް ތިބޭނެ މަބޮޑޭވެފަ.

The name is already taken The name is available. Register?

ބޮއިހަލާކު

30 June 2024

ދެން ބަނގުރޫޓް ކޮއްލާފައޮތް ގައުމަކާ ހަވާލްވީ ކިއްކުރަންތޯ. ނުވާވަރު ކަންތަކާ ހަވާލްވީމަ ވާނީ ތިހެން. އަބަދު ކުރީ ސަރުކާރޭ ކިޔަންތަ ހަވާލްވީ.

The name is already taken The name is available. Register?

123456789

30 June 2024

އަމީރު ހަގިގަތް ހާމަކުރީމައި ހާދަހާ ފޯރިއެއް އެބަހުއްޓޭދޯ މިސަރުކާރު މަޖިލިސް ބޮޓުންގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454