ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ގެންދިއުމަށް ހުޅުމާލޭ ސަހަރާގައި ފުލުހުން ހަރަކާތްތެރިވަނީ--
01 ޖުލައި 2024 - 14:02
ޝަރީއަތް ނިމެންދެން ޖަލު ބަންދު ކޮށްފައި ހުއްޓާ ނިޔާވި މުހައްމަދު ޖަމީލްގެ މަރުގެ މައްސަލަ ރިޕޯޓް ކުރުމުން ވަގުތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އިން ހަރަކާތްތެރިވާން ފެށި ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރުސީއެމުން ރޭ ބުނެފި އެވެ.
އެޗްއާރުސީއެމްއިން ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް މަރުވެއްޖެނަމަ އެކަން ހިނގާދިޔަ ގޮތް ބަލައި، އެ މީހެއްގެ ހަށިގަނޑު ބެލުމަށް ރެސްޕޮންސް ޓީމުން ވަގުތުން ހަރަކާތްތެރިވާން ފަށާނެ ކަަމަށެވެ.
އެ އުސޫލުގެ ދަށުން ޖަމީލުގެ މައްސަލާގައި ވެސް ރެޕިޑް ރެސްޕޮންސް ޓީމް ހަރަކާތްތެރިވެ، ޖަމީލުގެ ހަށިގަނޑު ބަލައި ފޮޓޯ ނަގައި ކަރެކްޝަންސް ސާވިސްގެ އޮފިސަރުންނާއި އާއިލާގެ ފަރާތުން މައުލޫމާތު ސާފުކޮށް އޭނާގެ މެޑިކަލް ފައިލް ބަލާފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން މާފުށީ ޖަލަށް ޒިޔާރަތްކޮށް، އެ ހާދިސާގެ ސީސީޓީވީ ފުޓޭޖާއި ޖަމީލު ހުރި ގޮޅި ބެލުމުގެ އިތުރުން އެ ޔުނިޓުގައި ތިބި މީހުންނާއި ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
"މީގެ އިތުރުން ވެސް މި މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ކޮމިޝަނުން ބަލަމުންދާ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ބުންޏެވެ.
އޭނާ މިދިޔަ ހުކުރު ދުވަހު ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމަށާއި ފަރުވާ ދިނުމުގައި ވެސް އިހުމާލުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޖަމީލުގެ މޫނުމައްޗާއި ބުރަކަށީގެ އެކި ތަންތަނުގައި ނޫފައިގެންފައިވާ ތަންތަން ހުރި ކަމަށާއި އެއީ އަނިޔާގެ ނިޝާންތަކެއް ކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް މައްޔިތާ ހިނެވި ފަހުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އާއިލާގެ ހުއްދައާ އެކު ޕޯސްޓްމޯޓަމް ހަދައި މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އަންގަވައިފަ އެވެ. އެކަމަކު، އާއިލާ ބޭނުން ނުވުމުން ޖަމީލްގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
01 July 2024
ބަލައިގެން ފެންނާނެބާ؟
އުދުހޭ
01 July 2024
އާއިލާއިން ވަކިގޮތަކަށް ބޭނުންވުމުން އެކަމަށް އެންމެންވެސް އިޚްތިރާމްކުރަންވާނެ. ޖަމީލުގެ ހައްގުތަށް އާއިލާއަށްވުރެ ބޮޑަށް ސަރުކާރަކަށްވެސް އަދި ގޮނޑިހޫނުކުރާ ކޮމިޝަނަކަށްވެސް އަދި އާންމު ރައްޔިތުންނަކަށްވެސް ނޯންނާނެ.
ވެންގަބޯ
01 July 2024
ކިހާދެރަކަމެއް ތީ ދެން މައްޔިތާ ކައްވަޅުގާ އޮތަދީބަލަ އާއިލާ އިން އުބުނަނީ ބޭނުމެއްނޫނޭ ދެންވެސް ބަލަންވާވަރައް ގައިދީ ން ބެލޭތޯ ބަލާބަލަ އިހުމާލުން ވިޔަސް ނުވިޔަސް ތީގައި ކުރެވޭނޭ ކަމެއް ނޯންނާނެ ކޮންމެ ގޮތަކަށް ދިޔައަސް ނިމޭނީ ބާރުއޮންނަ ކޮޅަށް
ދޯދި
01 July 2024
އަނެއްކާ އަނެއްވާހަކަ. އެމައްސަލަ ބަލާ ސީސީފުޓޭޖާއެއްޗެހި ޢާންމު ކުރުމަށްފަހު އަނެއްކާވެސް ދެން އޮތީ ކޮން މައްސަލައެއްތޯ ބަލަން. ތިމައްސަލަ ބަލަން ވުޒާރާއެއް އުފައްދަންފެނޭ