ރައީސް ޑރ. މުއިއްޒު، ބަންގްލަދޭޝް ސަފީރުކަމަށް އައްޔަންކުރެއްވި ޝިއުނީން، ތުރުކީ ސަފީރު އަބްދުއްރަހީމް (މ) އަދި ޕާކިސްތާނުގެ ސަފީރަކަށް އައްޔަންކުރެއްވި ތޯހާއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
03 ޖުލައި 2024 - 14:41
ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ގައުމަކަށް މިއަދު ސަފީރުން އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުން ބުނީ، އެންމެ ފަހުން ސަފީރުން އައްޔަންކުރެއްވީ ބަންގްލަދޭޝް އާއި ތުރުކީ އަދި ޕާކިސްތާނަށް ކަމަށެވެ.
ރާއްޖެ އިން ބަންގްލަދޭޝް އަށް އައްޔަންކުރެއްވީ ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދެވެ. ތުރުކީ އަށް ހަމަޖެއްސެވި ފުރަތަމަ ސަފީރަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީން އަބްދުއްލަތީފެވެ. ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރަކަށް ރައީސް އައްޔަން ކުރެއްވީ ނ. ހޮޅުދޫ އުފަންވެލި މުހައްމަދު ތޯހާ އެވެ.
މި ތިން ބޭފުޅުންވެސް ސަފީރުކަމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.
ފޮރިން ސާވިސްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޝިއުނީން، ބަންގްލަދޭޝްގެ ސަފީރުކަމަށް އައްޔަންކުރުމާ ހަމައަށް ހުންނެވީ ޖޮއިންޓް ސެކްރެޓަރީއަކަށެވެ.
ސިފައިންގެ ހިދުމަތުން މިދިޔަ އޭޕްރީލް މަހު އަބްދުއްރަހީމް ރިޓަޔާކުރެއްވިއިރު ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.
ތޯހާއަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ނ. ހޮޅުދޫ ދާއިރާ އަށް ޕީއެންސީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި އޭނާ ވާދަކުރެއްވި އެވެ. ނަމަވެސް، އެ އިންތިހާބުން ނާކާމިޔާބުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
04 July 2024
ރައީސުލްޖުމްހޫރިއްޔާގެ ފެންވަރުގަ ސަފީރުކަމަށް ފޮނުވާ ދުވަހަކުން، ވަޒީފާޔަށް އެދި، ސިޓީ ވައްޓާލާނަން.
ފޭލިވި ސަރުކާރު
03 July 2024
ސަރުކާރުގެ އިޙުލާސްތެރިކަމެއް ނެތީތާ! ބޭކާރު ސަފީރުން! ގައުމަށް ތިޔައިން މީހަކު ކުރާކަމަކުން ވާ ފައިދާއެއްނެތް!
އާދަނު33
03 July 2024
ތުރުކީގަ ކީއްކުރާ އެމްބަސީއެއްތޯ؟!
އަފްރާސިޔާބު
03 July 2024
އިސްލާމީ ގައުމަކަށްވެފައި ވިޔަފާރި ގުޅުން އޮންނާތީ. އެއީ ފަސޭހަކަމެއް ވިޔަފާރީގެ ގުޅުން އޮންނަ ނަމަ.
އެމްބެސެޑަރު
03 July 2024
ނެއްތަ އެންބަސީ ޖޮބެއް. ކޮންމެ ރަށަކަށް ސްލޮޓެއް ދެއްވަިފިއްޔާ ވަރަށް ރަނގަޅު. އޭރުން މަމެން ރަށު މިީހުން ޗުއްޓީ އަށާ ބޭސް ފަރުވާ އަށް ގޮސް ހިލޭ ސްޓޭ ލިބޭނެ
އަފްރާސިޔާބު
03 July 2024
އެމްބަސީ ޖޮބަކީ ބޭރުގައުމުތަކުގައި އެގައުމެއްގެ މަސްލަޙަތު ހިމާޔަތް ކުރަން އުފައްދާ ޖޮބެއް. ދެން މި ރާއްޖޭގެ ސަރުކާރު ތަކުން އެކަން ކުރަނީ ގުޅުން ބޮޑު މީހުންނަށް ވެދުން ކުރާ ދީލަތި އެހީއެއްގެ ގޮތުގައި.
ހުސެއިން ޝާމް
03 July 2024
ތީ ޤައުމީ ވަރަށް ބޮޑު މަސްއޫލިއްޔަތެއްކަން ހަދާންކޮށް ﷲ އަށް ބިރުވެތިވެ ތިބެ މަސައްކަތް ކުރުމަށް ގޮވާލަން. ހައްދަވާ ބޮޑު ކުރެއވި ﷲ މިބޭފުޅުންނަށް ފުރިހމަ ސިއްހަތަކާ ބާއްޖަވެރި އުމުރެއް ދެއްވާށިއެވެ.އާމީން.
ޠާހާ
03 July 2024
ތޯހާއަކީ ކާކުކަން ވަރަށް ރަނގަޅަށް އިނގޭ. ތީ ރަނގަޅު ނިންމުމެއް ނޫން
ޚުރާފަތު އިސްމާއީލް
03 July 2024
ޚަރަދު ކުޑަ ކުރަން މަށަށް ވަރަށް ފެނޭ އިނގޭ 100 މިލިޔަން ޑޮލަރުގެ ލޯނެއް ނަގާފަ ގާތްމީހުނާ އެމީހުންގެ ޅިޔަން ފަހަރިންނާ ގޭ ދޮށު ކުދިންނަށް އެމްބަސީ ތަކުން އަދި 2000 ވަޒީފާ ހަމަ ޖައްސަން.
ކެކެކެކެކެކެކެ
03 July 2024
ހަރަދު ތިންގުނަ ކުޑަވީއެވެ.