ކުޅިވަރު / އެފްއޭއެމް

އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފައަކަށް ސަރުކާރުން އެދެނީ

ސްޕޯޓްސް މިނިސްޓަރު ރާފިއު (ވ) އަދި ސްޕޯޓްސް ކޮމިޝަނަރު ތޮލާލް: އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފައަކަށް ސަރުކާރުން ވަނީ އެދިފައި --- ފޮޓޯ/މިހާރު

އެފްއޭއެމަށް މިހާރު ކުރިމަތިވެފައި އޮތް ހާލަތުގައި އަމަލު ކުރާނެ ގޮތަކާ މެދު ފީފާގެ ލަފައަކަށް މިއަދު އެދޭނެ ކަމަށް ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން އެފްއޭއެމްގައި ވެރިޔަކު ނެތް ނަމަވެސް އެ އެސޯސިއޭޝަންގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވެފައިވަނީ ފީފާއިން އަންގާ ކަމެއް ކުރަން އޭނާއާ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެކަން އެންގީ ލިޔުމަކުން ނޫން ކަމަށް ޖައުޝަން ވިދާޅުވެފައިވެ އެވެ.

ހިންގާ ކޮމިޓީގެ ދައުރު ހަމަވުމުން ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ވަގުތު އެފްއޭއެމް އޮތީ ހަރަކާތެއް ނުކުރެވި. ޕެރަލައިޒްވެފަ އެވެ. އެހެންކަމުން މިހާލަތުގައި އަމަލުކުރާނެ ގޮތަކާ މެދު ފީފާގެ ލަފައެއް ހޯދަން މިއަދު ފީފާއަށް ސިޓީ ފޮނުވާނެ ކަމަށް ސްޕޯޓްސް ކޮމިޝަނާ ތޮލާލް "މިހާރު" އަށް ވިދާޅުވި އެވެ.

"މިހާރުގެ ހާލަތުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތެއްގެ ލަފަޔަކަށް، ފީފާގެ އެޑްވައިސްއެއް ހޯދަން އަޅުގަނޑުމެން އެދޭނަން،" ތޮލާލް ވިދާޅުވި އެވެ.

އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ އިތުރުން މިހާރު އެފްއޭއެމްގައި ތިއްބެވި ބޭފުޅުން ވެސް އެ އެސޯސިއޭޝަންގެ ކަންކަން ރަނގަޅުކޮށް ހަރުދަނާ ކުރުމުގެ ރޫހެއްގައި މަސައްކަތް ކުރަމުންދާ ތަން ފެންނަ ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އެ ޔަގީންކަން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ މެމްބަރުން ދީފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި ފުޓްބޯޅައިގެ ކުރިމަގު ފެންނަނީ އުޖާލާކޮށެވެ.

އޭނާ ވިދާޅުވީ އެފްއޭއެމުން އެންމެ ފަހުން ބޭއްވި 19 އަހަރުން ދަށުގެ މުބާރާތާއި އިއްޔެ ނިމުނު ސޮކަ ވެޓަރަންސްގެ އެކަޑަމީ މުބާރާތުން ވެސް ފުޓްބޯޅައިގެ ފޯރި އޮތްތަން ފެނިގެން ދިޔަ ކަމަށެވެ.

"ކުލަބުތަކުގެ އިތުރުން އެފްއޭއެމްގައި ތިއްބެވި ބޭފުޅުން ވެސް އަދި އެހެނިހެން ސްޓޭކް ހޯލްޑާސްއިން ވެސް ފުޓުބޯޅަ ރަނގަޅު ކުރުމުގެ ރޫހުގައި ގުޅިގެން މަސައްކަތް ކުރާކަމީ ފުޓުބޯޅަ ހިންގުން ހަރުދަނާ ކުރެވޭނެ އަދި ފުޓުބޯޅައިގެ ފޯރި އަނބުރާ ގެނެވޭނެ ކަމުގެ ހެއްކެއް." ތޮލާލް ވިދާޅުވި އެވެ.

"އެކަން ކުރުމަށް އެންމެން ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން."

ފީފާއިން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުން: ތޮލާލް ވިދާޅުވީ ފީފާގެ ނިންމުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެ ވަފުދަށް ދީފައި ވާނެ ކަމަށް --- ފައިލް ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފީފާގެ ވަފުދާ، ތޮލާލް ވެސް ބައްދަލު ކުރެއްވި އެވެ. މެއި މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ބައްދަލުވުމާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވެފައިވަނީ އެފްއޭއެމާ މެދު ފީފާއިން ގޮތެއް ނިންމާނެ ކަމަށް ވަފުދުގެ ބޭފުޅުން ވިދާޅުވެފައިވާތީ އެކަމުގައި ސަރުކާރުން ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

މިއަދު ވެސް އޭނާ ވިދާޅުވީ ފީފާ އާއި އޭއެފްސީއާ ގުޅިގެން ނަގާ ކޮންމެ ނިންމުމެއް ސަރުކާރުން ބަލައިގަންނާނެ ކަމަށެވެ.

"ފީފާ އަދި އޭއެފްސީ އިން ރާއްޖެ ޒިޔާރަތް ކުރި ޓީމާއެކު އޮތް ބައްދަލުވުމުގައިވެސް ބުނެފައި ވާނެ، ފީފާ އޭއެފްސީ ގުޅިގެން ނަގާ ކޮންމެ ޑިސިޝަނެއް އަޅުގަނޑުމެން ބަލައިގަންނާނެ ވާހަކަ. އަދި ނިންމާ ކޮންމެ ގޮތެއްގައި އެއްބާރުލުން ދޭނެ ވާހަކަ ވެސް ދަންނަވާފައި ވާނީ،" ތޮލާލް ވިދާޅުވި އެވެ.

"އެފަރާތުގެ [ފީފާގެ] ޑިސެޝަނެއް ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ލިބޭނެ ކަމަށް އުންމީދު ކުރެވޭ."

އެފްއޭއެމްގެ އެކްސްކޯގެ ދައުރު ހަމަވީރު އިރު ވެސް ފީފާ އިން އެކަމުގައި ފިޔަވަޅެއް އަޅާފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ފީފާއިން "މިހާރު" އަށް ފޮނުވި އީމެއިލްގައި ބުނީ އެފްއޭއެމްގެ ހާލަތު އޭއެފްސީއާ ގުޅިގެން ގާތުން ބަލަމުންދާ ކަމަށެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަގި

09 July 2024

ތޮލާ ވީއެއް ނޫން އެތއލެޓިކްސް އެސޯސިއޭސަން ކްންތައް ރަގަޅު ކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454