ޚަބަރު / މަޖިލީހުގެ މާލިއްޔަތު ކޮމިޓީ

ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް ބޮޑުކުރަން ޖޭއެސްސީން އެދުމުން މެމްބަރުންގެ ނުރުހުން

ފަނޑިޔާރުންތަކެއް: ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުކުރަން އެދުމުން މާލިއްޔަތު ކޮމެޓީގެ ބައެއް މެމްބަރުން ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވާފައި --- ފޮޓޯ/މިހާރު

ފަނޑިޔާރުންނާއި ރިޓަޔާޑް ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ދައްކާ އަދަދު ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅުމުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައެެއް މެމްބަރުން ކަންބޮޑުވުން މިއަދު ފާޅު ކުރައްވައިފި އެވެ.

މިދިޔަ މެއި މަހު ޖޭއެސްސީ އިން މަޖިލީހަށް ފޮނުވި ސިޓީގައި އެދިފައިވަނީ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖްތައް ބޮޑު ކުރުމަށާއި އަދި އިންޝުއަރެންސަށް ފަނޑިޔާރުން އަމިއްލައަށް ދައްކަންޖެހޭ 10 ޕަސެންޓް ވެސް ދައުލަތުން ދައްކާ ގޮތަށް ހަމަޖެއްސުމަށެވެ. އެގޮތަށް އެދުނީ ފަނޑިޔާރުންގެ ކަންބޮޑުވުން ހުރުމުންނެވެ.

ޖޭއެސްސީން އެދުނީ ހައި ކޯޓުގެ ފަނޑިޔާރުންނާއި އެ ބޭފުޅުން އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 14،500ރ. އިން 18،500ރ. އަށް ބޮޑު ކުރުމަށާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 12،000ރ. އިން 16،750ރ. އަށް ބޮޑު ކުރުމަށާއި މެޖިސްޓްރޭޓުންނާއި އެ ބޭފުޅުންގެ އާއިލާއަށް ދޭ އިންޝުއަރެންސް ޕްރިމިއަމް 9،000ރ. އިން 14،000ރ. އަށް ބޮޑު ކުރުމަށެވެ. އަދި ރިޓަޔާޑް ފަނޑިޔާރުންނަށް ވެސް ދޭ އިންޝުއަރެންސް ބޮޑުކުރަން ޖޭއެސްސީން އެދުނެވެ.

މިކަމަށް އިތުރު 5.7 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވެ އެވެ.

އެ ފައިސާ ހަމަޖައްސައިދޭން ޖޭއެސްސީއިން އެދިފައިވާއިރު، މިއަދު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިކަމާ މެދު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ކޮމިޓީގައި ވާހަކަ ދެއްކެވި މެންބަރުންގެ ވަނީ އެގޮތަށް އިންޝުއަރެންސް ބޮޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ފަނޑިޔާރުންގެ އިންޝުއަރެންސް އެންމެ ފަހުން މަޖިލީހުން ބޮޑުކޮށް ދިނީ އޭގެ ތެރެއިން 10 ޕަސެންޓް ފަނޑިޔާރުން އަމިއްލައަށް ދައްކާ ގޮތަށް އެއްބަސްވުމުން ކަމަށެވެ. ނަމަވެސް މިހާރު އެ 10 ޕަސެންޓް ވެސް ދައުލަތުން ދައްކާ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިގޮތަށް އިންޝުއަރެންސް ބަދަލު ކުރާނަމަ އެހެން މުއައްސަސާތައް ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެނެއް މިކަމެއް ނުވާނެ. އަނެއްކާވެސް މުޅި ސިސްޓަމަށް ގެންނަން ބަދަލެއް ގެންނަން ޖެހޭނީ." ސަލީމް ވިދާޅުވި އެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ފަނޑިޔާރުންނަށް މިހާރު ވެސް އިންޝުއަރެންސަކީ މަޖިލިސް މެމްބަރުންނަށް ވުރެ ފުޅާކޮށް ދެމުން އަންނަ އިންޝުއަރެންސެއް ކަމަށެވެ. އިންޝުއަރެންސް ދިނަސް، އެކަން ކުރަން ޖެހޭނީ އެއް އުސޫލަކުން ކަމަށާއި އަދި ދައުލަތުގެ މިހާރުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، އިންޝުއަރެންސްގެ މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ވިސްނުން މަޖިލީހުން ހޯދަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ލިބިވަޑައިގަންނަވަނީ އަޅުގަނޑުމެންގެ 18 އަހަރުން ދަށުގެ ދަރިންނާއި އަނބިންނަށް ލިބޭ އިންޝުއަރެންސް. މިއަށް ޕްރިމިއަމް ބެއާ މިކުރަނީ ރައްޔިތުންގެ މަޖިލީހުން. އެހެން ނަމަވެސް ދެންމެ އިދާރީ މޭޒުން އެ ފާހަގަ ކުރެއްވި ގޮތަށް ފަނޑިޔާރުން ވިއްޔާ އެ މީހުންގެ މައިންބަފައިންނަށް ދާންދެން އެބަ ކަވާ ކުރޭ. ހަމަ ދައުލަތުން ބެއާ ކުރަން މި ޖެހެނީ." ޝުޖާއު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން އިގުތިސާދީ ރީފޯމް އެޖެންޑާއަކަށް ދާއިރު، ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިތުރު އިންޝުއަރެންސްތައް ފޯރުކޮށްދޭ ދިނުން ރިވިއު ކުރަން ޖެހޭ ކަމަށެވެ. އެކަމަކީ ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ ސަރުކާރުން މި ވަގުތު ދަނީ ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަމުން ކަމަށާއި މި ހާލަތުގައި ޖޭއެސްސީއިން އެދިފައިވަނީ އިތުރު ފަސް މިލިއަން ރުފިޔާ ހޯދަން ކަމަށެވެ. އިންޝުއަރެންސް ސްކީމްތައް މަސައްކަތް ކުރާ ގޮތަކީ ވެސް އަމިއްލައަށް ވެސް ކޮންމެވެސް އަދަދެއްގެ ފައިސާ ދެއްކުން ކަމަށާއި ނަމަވެސް، ކޯޕޭމަންޓް ދައްކަން ފަނޑިޔާރުން ބޭނުން ނުވާ ކަން ޖޭއެސްސީގެ ސިޓީއިން އެނގޭ ކަމަށް އަޒާން ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ މެންބަރު އަޒާން: ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއަށް އިތުރަށް ފައިސާ ދޭން ނުފެންނަ ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު

"މި ދަނޑިވަޅުގައި އެ ބޭފުޅުން ކޮންޓްރިބިއުޓް ކުރަމުންދާ އެއްޗެއް ވެސް ހުއްޓާލާފައި އަޅުގަނޑުމެން އާންމު ރައްޔިތުން އަތުން އެ ފައިސާ ދައްކަން މި ޖެހެނީ. އަޅުގަނޑަކަށް ނުފެނޭ މި ފައިސާ ހަމަޖައްސާކަށް ސަޕްލިމެންޓްރީ ބަޖެޓެއްގެ ތެރެއިން ވެސް. ރައްޔިތުންގެ ބޮލުގައި އެޅޭ އިތުރު ދަރަންޏަކަށް އަނެއްކާވެސް ވާނީ،" އަޒާން ވިދާޅުވި އެވެ.

މި މައްސަލާގައި ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރަން މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ. އަދި ޖޭއެސްސީއިން އެދިފައިވާ ފަސް މިލިއަން ރުފިޔާ ދިނުމާ މެދު އޭގެ ފަހުން ގޮތެއް ނިންމަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

29 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހްމަދީ

10 July 2024

ބަލަ ކޮން އިންޝުއަރެންސެކޭ ކިޔާކަށް؟؟ ސަރުކާރުގެ ހުސްނުވާ އާސަންދަ ސްކީމު ފިޔަވާ މިގޮތަށް ވަކިބޮނޑި ޖަހައިގެން ތައްޔިތުންގެ ފައިސާ މަޅަން ހަދައިފަ ހުރި ހުރިހާ އިންޝުއަރެންސް ސުކީމުތަކެއް ހުއްޓާލަން ޑރ. މުއިއްޒުުއަށް ގޮވާލަން. މުޅިންވެސް ދިވެހި ރައްޔިތުން، ވަކިބަޔަކުވީމަ އާއިލާއާ އެއްކޮށް ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ރާއްޖޭން ބޭރުންނާއެއްކޮށް އިންޝުއަރެންސް ލިބުމަކީ ބޭއިންސާފު! ހުއްޓާލާ! އިޖުތިމާއީ އަދާލަތު ގާއިމުކުރޭ!

The name is already taken The name is available. Register?

މަޖުދާރުގެ ބައްޕަ

10 July 2024

ޕޮލިހުންނާއި އެމްއެންޑީއެފްގެ އިންޝުއަރެންސްގެ ތެރެއިން ދަތްޕިލަ ދޮވުމާއި ނަރުގަނޑު ހިލޭ އެޅުވޭ. އެމީހުންގެ އަތުން އެއްވެސް އެއްޗެއް ދައްކާކަށް ނުޖެހޭ. މަޖިލީސް މެމްބަރުންވެސް އަމިއްލަ އަތުން އެއްވެސް ރުފިޔާއެއް ދައްކާކަށް ނުޖެހޭ. ކޮންމެ ރަށެއްގަ ހުރި އެންމެ ފަނޑިޔާރަކު ބަލިވެއްޖެއްޔާ އަތުން ރުފިޔާ ދައްކަންޖެހޭގޮތަށް އިންޝުއަރެންސް ފަރުމާކޮށްފަ އޮތީ.

The name is already taken The name is available. Register?

ޢަލީ ހަމީދު

10 July 2024

ގިނަ ރަށްރަސުގަ ފަޑިޔާރުން ކުރާނެ ކަމެއް ނެތިގެން އަގަ މަށްޗަށް ނަގާއިން ތިބެނީ. ބޮޑު މުސާރައެއް ދީފަ އިންސިއުރެންސް ދޭކަށް ނުޖޭހޭ

The name is already taken The name is available. Register?

އިސްމާލު2.0

09 July 2024

އާސަންދަ އަލުން އިންޝުރަންސް މޮޑެލްއަށް ބަދަލުކޮށް، ހުސްނުވާ އުވާލާފައި، ދައުލަތުގެ ހުރިހާ މުވައްޒަފުން ހުސްވާ އާސަންދައަކަށް ފައްތަންވީއެވެ. މީގެ އިތުރަށްދޭ އިންޝޫރަންސްތަކަށް ނިމުން ގެންނަން ލަސްވެއްޖެއެވެ. މަގާމުގެ ގޮތުން އިތުރު ޕްރިވިލެޖްތަކެއް ދޭން ޖެހޭނަމަ އާސަންދަ ތެރެއިން އެބައި ހަމަޖައްސާނީއެވެ. އިންޝޫރަންސް މޮޑެލްއެއް ގައި ހުންނަން ޖެހޭ ސިފަތަކާއި އެއްގޮތަށް މިކަން ކުރުމުން ސަބްސިޑީގެ ބުރަ ދުރު ރާސްތާގައި ލުއިވާނެއެވެ.

The name is already taken The name is available. Register?

ޟުއިސޖޖް

09 July 2024

ފަޑިޔާރުންގެ މުސާރަވެސް ބޮޑު. ޢިހައް އެކުޑަ ކުރަންވީ.

The name is already taken The name is available. Register?

ޞަލަހަހ

09 July 2024

ތިޔަ ފަޑިޔާރުންގެ މުސާރަ ކުޑަކުރޭ އޭރަށް. މިހާރުވެސް ކުރާ މަސައްކަތާ ނުބައްދަލު މުސާރަ ދޭ. މަސައްކަތް ކުރަނީ 4 ވަރަކަށް ގަޑިއިރު. ޢެކަމް 60000 ޙާސް އެބަދޭ. ޜަށް ރަށުގަ ކަމެއް ނުކޮށް ތިބޭ މެޖިސްޓްރޭޓުންނަށް އެބަދޭ 450000

The name is already taken The name is available. Register?

މަ ބުނީ

09 July 2024

މަ ބުނީ ފައިސާ ބޭކާރުގޮތުގައި އުކާލުން ތިޔައީ އެމީހުންގެ މުސާރަ ތިންހާހަށް ކުޑަކުރަށްވީ އެދުވަހަކުން މިޤަޢުމު ހަމަމަގަށް އެޅޭނީ ! .

The name is already taken The name is available. Register?

ދަލޭކަ ދައިތަ

09 July 2024

މިބައިމީހުންގެ އިވުމާ ފެނުމުގެ ޓެސްޓް ހަދަންޖެހެނީ. އެހެންނޫންނަމަ ޚަރަދުކުޑަނުވެގެން ނޭވާނުލާ ގޮވަމުންދާއިރު އެއްޗެއް ވިސްނެންވާނެއެއްނު. ނޫހެއް އެއްޗެއް ބަލާބައެއްވެސް ނޫންހެން މަށަށްހީވަނީ! އިންސާފުވެރި ހުކުމެއްކުރެވޭ ބައެއްނޫން. މޭޒު ދަށުން ކުޅުން ކަމަކީ. އާސަންދަނޫން އެއްޗެއް ހައްގުވާ ބައެއްނޫން.

The name is already taken The name is available. Register?

ވަކީލްް

09 July 2024

މެންބަރުންނަށް ނޭގޭ އެމީހުން އަމިއްލައަށް ގާނޫނެއް ހަދާފައިވާކަން ފަނޑިޔާރުންނަށާއި އާއިލާއަށް 100 ޕަސެންޓް އިންސޫރެންސެއް ދޭން. 10 ޕަސެންޓް އަމިއްލައަށް ދައްކަން އެއްބަސް ވީނަމަ އެވާނީ ގާނޫނާއި ހިލާފަށް ކަމަށް. ގާނޫނު ބަދަލުކުރޭ ތިޔައޮތީ ބާރުތައް ލިބިފަ.

The name is already taken The name is available. Register?

އެމްޑީޕީ

09 July 2024

އެމްޑީޕީން ތިއުޅެނީ އަނެއްކާ ވެސް މިސަރުކާރަށް ލަނޑެއް ދޭން ހޭލާ ތިބޭތި. ދައުރުގެ މިހާކުރިން ނަޝީދަށް ލިބުނު ލަނޑު ލިބިގެންނުވާނެ. އަދިވެސް މިޤައުމުގެ މަތީ ފަޑީގައި ތިބީ ޑީއާރުޕީ މީހުންނާއި ފެއިލްޑް އެމްޑީޕީން.

The name is already taken The name is available. Register?

ފޑޔރ

09 July 2024

ކޮންމެ ބަޔަކުވެސް ބަލަނީ ދައުލަތް ދަވާލައިގެން ހުރިހާ ކަމެއް ކުރަން. ބަލަދުއަރާފަ ތިބި ބައެއްތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454