ޓްރިވަންޑްރަމްގެ މަގެެއް: ކެރެލާގައި ނުރައްކާތެރި ބައްޔެއް ފެތުރޭތީ ދިވެހިން ސަމާލުވާން ވަނީ އަންގާފައި.
12 ޖުލައި 2024 - 23:24
އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާތީ ދިވެހިން ސަމާލުވާން އެދިއްޖެ އެވެ.
ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނެއްގައި ބުނީ ސިކުނޑިއަށް ޖެހޭ އެ ބައްޔަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން ވެސް އިލްތިމާސްކޮށްފައިވާ ކަމަށެވެ.
ބްރެއިން އީޓިން އެމީބާ އިންފެކްޝަންގެ އަމާލާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ބޮލުގައި ރިއްސުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަމެވެ. މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ވެސް ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން އިލްތިމާސްކުރި އެވެ.
އެ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު އެރުން ރައްކާތެރިއެއް ނޫނެވެ. ސްވިމިން ޕޫލަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް އިޔާ ބަޑް ނުވަތަ ނޭސަލް ކްލިބް ބޭނުންކުރުމަށް ވެސް ކޮންސިއުލޭޓުން އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭ މޫސާ
13 July 2024
ނޭސަލް ކްލިބް އެއީ ކޮންއެއްޗެއްތޯއެވެ. މިގޮތައް ލިޔެފައި ވަނިކޮށް އެހެން ނޫހަކުން ވެސް ފެނުނެވެ. ނޫސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ ފައިދާ ކިޔުންތެރިންނަށް ކުރާނީ ކުށް ނުހިމެނޭ ލިޔުންތައް ނޫސްތަކުގައި ހުރެގެންނެވެ.
2024
13 July 2024
ޢޮނަރޭ ތިއޮތީ އަތަށްގޮވާފަ..... ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
13 July 2024
ތިރީގައި ދެންނެވިފަދައިން ހަނިމާދޫ، މާލޭ އަދި އައްޑޫ އެއަރޕޯޓުގައި ކޮންމެ އެއަރޕޯޓެއްގައި މަދުވެގެން 40މ ގެލަން ޖެޓްފިއުލް ސްޓޯރޭޖްހެދުން ރަނގަޅު. # އަދި ކ.ފޮނަދޫގެ އިތުރުން ހއ އުލިގަމު ނުވަތަ ހޯރަފުށީގައި އަދި ދެކުނުން ވާދޫ ނުވަތަ ފަރެސް މާތޮޑާގައި ޕެޓްރޯލާއި ޑީސަލް ތާނގީތައްހަދާ ރާއްޖޭގެ އުތުރާއިދެކުނުގެ މަސްވެރިންނާއި އިންޖީނުގެތަކަށްބޭނުންވާ ތެޔޮ ފަސޭހައިން އެސަރަޙައްދުތަކުން ލިބޭގޮތްހަމަޖައްސާދީ ތެލުގެއަގު އެއްވަރެއްގައި ބަހައްޓާންޖެހޭ.
ނުގުޅޭ ކޮމެންޓް
13 July 2024
އޮނަރޭ ދުވާލު ދާ ހަތަރުދަމު ކޮމްންޓް ލިޔެލިޔެ މިއޮތީ ބޯގޯސް ވެފައި ދޯ؟
ފަހުދު.
13 July 2024
އައްޑޫގައި މޮޔައިންގެ މަރުކަޒެއް ގާއިމުކުރަންޖެހޭ.
ޑރ ވާންޗޯ
13 July 2024
އޮނަރަބަލް އެންމެފަހުން ހަމަރަނގަޅައްވެސް ގޮވީތޯ؟.
ސައްބު
14 July 2024
ނަސީބެއް ކެރެލާއަށް މުޤައްދަސް ރަށްކޮޅޭ ނުކީކަން.