ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: އޮޅުވާލައިގެން ޑޮލަރުގެ ވިޔަފާރިކުރާ ދިވެއްސަކު ވަނީ ހައްޔަރުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖުލައި 2024 - 21:45
މަކަރާއި ހީލަތުން އޮޅުވާލައިގެން ޑޮލަރުގެ ވިޔަފާރިކުރި މައްސަލައެއްގައި ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން އޮޅުވާލައިގެން ޑޮލަރުގެ ވިޔަފާރިކުރި މި މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އެ މީހާ ތަހުގީގުގެ ބޭނުމަށް 10 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ހުއްދަ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި މަކަރާއި އޮޅުވާލައިގެން ދޭތެރެދޭތެރެއިން މީހުން ހައްޔަރުކުރެ އެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަތަކުގައި ވެސް ފަހަކަށް އައިސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
20 July 2024
އެ އޮންނަ ޤަވާއިދަކުން އުސޫލަކުން ޑޮލަރެއް ލިބޭނެމަގު ހަމަނުޖައްސާ މިއުޅެނީ ކީއްވެގަނެގެންތަ؟ ވިޔަފާރިއެއް ކުރެވެނީކީ ނޫން، ކްރެޑިޓް ޑެބިޓް ކާޑެއް ބޭނުން ކުރެވެނީކީ ނޫން. ބްލެކްމާކެޓުގަ އެނބުރޭ ފައިސާ ސިސްޓަމްތެރެއަށް ވައްދަން ކުރަނީ ކޮން މަސައްކަތެއް؟ އެެއްވެސް ތަފުސީލެއްވެސް ނުދޭ މިކަން ހައްލުކުރާނީ ކިހިނެތްކަމެއްވެސް ބުނެނުދެވޭ!
ރަބަރޭ މޭން
20 July 2024
ކަޅެއް ހުދެއް ކިޔާނެ ކަމެއް ނެތް. އަހަރެން ބުރި ބިނދެންދެން ރިސޯޓުގަ މަސައްކަތް ކޮށްގެން ހޯދާ ޑޮލަރު ވިއްކާނީ އަހަންނަށް ފެންނަ އަގެއްގަ. ގަންނަންޏާ ގަނޭ ނުގަންނަންޏާ ނުގަތަސް އޯކޭ.
ތުނޑުހަސަނު
20 July 2024
ކަލޭގެ ވިސްނުން ތިޔަހެން ހުރެއްޖެއްޔާ ކަލެއަށްލިބޭ މުސަަރަ ދިވެހި ރުފިޔާއިން ލިބޭގޮތް ހަދާލުމަކީ ވެސް ކުރެވެން އޮތްކަމެއް.
ބުރި ބިނ
20 July 2024
ކަލޭ އެކަނި ތަ ބުރި ބިންދަނީ، ތި އަގުބޮޑުކޮށް ގަންނަ މީހާ ލާރި ހޯދަނީ އިލޮށި ބިންދާގެން ތަ؟
ރަބަރޭ މޭން
20 July 2024
ތުނޑު ހަަަސަނާ ނުކެރޭނެ އެހެން ހަދާކަށް. އަހަރުމެން ކުރާ މަސައްކަތުން ވައްދާ ޑޮލަރުންނޭ ކަލޭމެންނަށް ހަނޑޫކޮޅުވެސަ ގެންނަނީ ބޭރުން.
1
19 July 2024
ޑޮލަރު ހޯދައިދޭނެކަމަށް ބުނެ ލާރިނަގާފާ ފިލާމީހުން ހައްޔަރުކޮށް އެމީހުންނަށް ހަދާގޮތެއް ހަދާންވީ. އެކަމަކު ބުލެކްމާކެޓުމީހުން ހައްޔަރުކުރާނެކަމެއްނެތް. ކިރިޔާވެސް ޑޮލަރެއް ލިބޭންމިއަންނަނީ ބްލެކްމާކެޓުން.
އެމްސް
19 July 2024
ކަޅުބާޒާރު ނޫންް އަދި ހުދުބާޒާރަށްވެސް އެންމެ ގިނައިން ޑޮލަރު ނެރެނީ ރިސޯޓްވެރިންނެވެ! އެއްވެސް ފިޔަވަޅެއް އެޅިދާނެތޯއެވެ؟