މިދިޔަ ބޮޑު އީދުގައި މާލޭގެ މަގުމަތީގައި ސަގާފީ ހަރަކާތެއް ކުރިއަށް ގެންދާއިރު ކުޑަކުއްޖަކު ނަށަނީ: މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކަށް ޖާދަ ދިނުމަށް އެ ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައި.-- ފޮޓޯ: މިހާރު
24 ޖުލައި 2024 - 11:11
މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފުން އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހިނގާލުން ކުރިއަށް ގެންދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖް ކުރުމަށް ދަތިވާނެތީވެ، ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ގައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފުން އަންނަނީ އެ ދުވަހު ހަވީރު މާލޭގައި ޕެރޭޑެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަނީ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިޔުންތެރިންނަކީ ރިޗެކް ކުރާ ބައެއް،
24 July 2024
މި ލިޔުމުގައި "ޖާގަ" މި ބަހުގެ މޮޑަން ލަފްޒެއް ބޭނުންކޮށްފައިވޭ. އެ ބަހަކީ "ޖާދަ" އިނގޭތޯ