ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފާއެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ސަލާމްކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
24 ޖުލައި 2024 - 11:46
ސަރުކާރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޑިމޮކްރެޓްސް ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު "މިހާރު" އަށް މިއަދު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަސައްކަތް ކުރައްވާ ކަމަށް ރައީސް އިއުލާން ކުރައްވާފައިވާތީ، އެކަމަށް އެ ޕާޓީން ސަރުކާރަށް އެއްބާރުލުން ދޭން ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން، ޑިމޮކްރެޓްސްގެ ސިޔާސަތުގައި ހިމެނޭ ރާއްޖޭގެ އިގުތިސާދު އަދި މާލީ ސިޔާސަތު ތަންފީޒު ކުރުމުގައި އެކަން އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ހާމަކޮށްފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމާއި އިގުތިސޯދީ ކަންކަމުގެ ތަޖުރިބާކާރުން ޑިމޮކްރެޓްސްގައި އެބަތިއްބެވި ކަމަށެވެ. އެ ދެ މަސައްކަތުގައި އެ ބޭފުޅުންގެ އެހީ ހޯދޭނެކަން ރައީސަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެކި ފަންނުގެ އެކްސްޕާޓުން އެބަތިބި، އަދި އެ ފަންނުގެ އެހީ ހޯދޭނެ ކަމަށް ދަންނަވާފައިވާނެ." ހަސަން ވިދާޅުވި އެވެ.
އެ ކަންކަމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުމާ އެކު ގުޅިގެން މަސައްކަތްކުރަން ބޭނުންފުޅުވާ ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް ހަސަން ފާހަގަ ކުރެއްވި އެވެ.
ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ވެސް ރައީސްއާ ބައްދަލުކުރައްވައިފަ އެވެ. އެކަމުގެ ތަފްސީލެއް ނުދިން ނަމަވެސް، ސިޔާސީ މަސްރަހުގައި ހުރި އެކިއެކި ކަންކަމާ ގުޅޭގޮތުން ރައީސް މުއިއްޒުއާ މަޝްވަރާ ކުރެއްވި ކަމަށް ހަސަން އޭރު ވިދާޅުވި އެވެ. އިއްޔެގެ ބައްދަލުވުމުގައި ޕާޓީން ބައިވެރިވެވަޑައިގެންނެވީ ހަސަން ލަތީފްގެ އިތުރުން ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންދީ
28 July 2024
ހުށިޔާރުވާތި ސިޔާސީ މީހުންނަކީ ވަރަށް އަޑިނުބައި ބައެއް. ކޮންމެސް މަންފާގަނޑަކަށްނޫނީ މުއިޒުއަށް ފާޑުކިޔާބަޔަކު މުއިޒު އަރިހަކަށްނުދާނެ.
ސާބަހޭކޭ
25 July 2024
ޟަޖިލިސްއަށް އެއްބާރުލުންދޭން މަޖިލީހުގައި އެކަކުވެސް އެބައިންބާ. ނެތީވިއްޔާ ތިޔަކުރާނކަމަކީ ރައްތުންނަށް އޮޅުވާލަން ކުރާ ކަމެއް.
ޒުގާ
24 July 2024
ރައީސް މިކަން ކޮށްގެން ނުވާނެ
އެދުރު1
24 July 2024
ތިއީ މައުލޫދު ޕާޓީއަކަށް ވުރެވެސް މަދު ބަޔަކުތިބި ގުރޫޕެއް ތިޔަށްވުރެ މީހުންގިނަވާނެ ކެންދޫ ބަނޑިޔާ ގްރޫޕާއި ކުޅުދުއްފުށި އޮޅުއަށިތަކުގައި ތިބޭ މީހުންވެސް
އާހިޒް އެންޑް އިލްޔާސް
24 July 2024
"އައި ނީޑް ސަމް ކޭޝް" ހާލަތަށް ޕާޓީ ވެއްޓުނީބާ؟
ޔަގީންޓާރ
24 July 2024
މަގާމު ތަކެއް ލިބިލެއްވީ ދެއްތޮ!
ޔަގީންބ
25 July 2024
ލިބޭތޯ މަރު ފަލި ޖަހަނީ
ހެޔޮނުވާނެ
24 July 2024
ތިއީ ގާތްކުރަން ހެޔޮނުވާވަރުގެ ބައެއް ނޫން. އިޤްސާދާއި ހިންގުންތެރިކަމާއި ތަޖުރިބާ ހުންނާނީ ދެ ލެޕްޓޮޕާއި ރިޒޯޓަކުން ދައުލަތް ހިންގޭވަރަށް. އެނގޭނީ ނަނާ ހުވަފެން ބަލަން. ފެންނާނީ އަވާމެންދުރު. އަބަދަކު ހަމައިގައި ތިބެން ޖެހޭ ކަމަށް ގަބޫލެއް ނުކުރާނެ. އެކަމަށް ރައްޔިތުން ހެއްލުމުން ލިބުނު ނަތީޖާ މިހާރު މިފެންނަނީ.
ގެދާނޯމޮސް
24 July 2024
ވެރިކަމުގައި އަތްނުފޯރާފަށުގައި އިން ކެޔޮގަނޑު އަތްފޯރާ ފަށައް ތިރިކޮށްލަން ރުހުމުގައި ދޭއެއްބާރު ލުމުގެ ނަތީޖާ ވަރައްހިތިވާނެއެވެ!
ސިސިލީ
24 July 2024
މަގާމެއް ބޭނުންވީތާ ދޯ
ޑރ ވާންޗޯ
24 July 2024
ތެލާ ފެނާ އެކުވެފަހުންނާނީ ފުޅިގަނޑު ހެލިހެލިހުރިހާ ދުވަހަކު.