"އަޅުގަނޑުމެން މި ބަލަނީ މުޅި ލިސްޓު. އެޕްލައި ކުރި ހުރިހާ ފަރާތްތައް ބަލައިގެން، އެ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުން ގޮސް 4،000 ފްލެޓް ހަމަކުރާނީ."
ހައުސިން މިނިސްޓްރީގެ އިސްވެރިންނާ އެކު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
29 ޖުލައި 2024 - 13:09
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 4،000 މީހުން ޔަގީން ކުރުމަށްޓަކައި، އެ ސްކީމަށް ފުރަތަމަ ބުރުގައި ހުށަހެޅި 20،000 ފޯމު ރިވިއު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ފްލެޓް ލިބޭ ފުރަތަމަ 4،000 މީހުން ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި ލިސްޓުގައި އެއްވެސް މައްސަލައެއް ނެތީ 825 މީހުންގެ ކަމަށެވެ.
އެ 825 މީހުންނަކީ އޭސީސީން މި ފްލެޓުތަކުގެ ލިސްޓުގެ މައްސަލަ ބެލުމަށް ފަހު، ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި މީހުންގެ އަދަދެވެ. އެއީ އެ ލިސްޓުގައި ހިމެނޭ އެންމެ 20 ޕަސެންޓް މީހުންނެވެ. އެ ލިސްޓުގައި ހިމެނޭ 60 ޕަސެންޓް މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ވެސް އޭސީސީން ކަނޑައެޅި އެވެ.
"އެކަމަކު އަޅުގަނޑުމެން ބަލާނަން، 20،000 އެތައް ހާސް އެޕްލިކޭޝަނެއް އައިސްފައި އެބައޮތް. ހުރިހާ އެޕްލިކޭޝަންތަކެއް ބަލައިގެން ހޮވާނީ 4،000 ފްލެޓް ލިބެން ޖެހެނީ ކޮން ބަޔަކަށްތޯ؟ ޝަރުތުތައް ހަމަވެ، އެންމެ ގިނަ ޕޮއިންޓް ލިބިގެން އެންމެ ބޭނުންވެފައި ތިބި ބަޔަކީ ކޮން ބައެއްތޯ ފާހަގަކުރެވޭ ގޮތަށް އިވެލުއޭޓްކޮށްގެން ލިސްޓު އެކުލަވާލާނީ،" ހައިދަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ މުޅި ލިސްޓު. އެޕްލައި ކުރި ހުރިހާ ފަރާތްތައް ބަލައިގެން، އެ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުން ގޮސް 4،000 ފްލެޓް ހަމަކުރާނީ."
ޕެޓިޝަން ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓު ރިވިއު ކުރުމަށް ފަހު، ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް ހައިދަރު ވަނީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 ގައި އަންނަނީ 17-18 ބުރީގެ 32 ޓަވަރު އިމާރާތްކުރަމުންނެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެ ހުރިހާ ޓަވަރެއްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު މެދުތެރެއަށް ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. އޭގެ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު، އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންވެ، މި ސަރުކާރުން ވަނީ އާ ފްލެޓް ކޮމިޓީއެއް ހަދައި، އެ ލިސްޓު ރިވިއު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާހިދުން
30 July 2024
ކޮބާހޭ ގުޅިފަޅުގޯތިތަށް. އަޅާވެސްނުލައޭ.
އައްސަދުު
30 July 2024
ޝަރުތު ހަމަވޭތޯ ބެލުން މައްސަލައެއް ނެތް. ޔަގީން ކަމެއް ނެތީ މިސަރުކާރުންވެސް އަނެއްކާވެސް ދޭނީ ބަލާފަ އިންސާފުން ކަން. ކުރިންވެސް ހިޔާ ފުލެޓްތަށް ވެސް ދީފަ ހުރީ އެހެން ނޫންތޯ. ރަނގަޅު ގޮތަކީ މިސަރުކާރުންވެސް ތި އެޅޭނެ ވަރަކަށް ފުލެޓް އަޅާފަ މިސަރުކާރުންގެ އިންސާފުން ރައްޔިތުންނަށް ފުލެޓް ދޭންވީ ނޫންތޯ
ދަގަތްފާނު
29 July 2024
ވަކިން ކަރަންޓުދޭ 50 ހާހަށްވުރެ ގިނަ ގޭބިސީ (1 ކޮޓަރިން ފެށިގެން ބޮޑެތި ހަވޭލީތަކާއި ދެމެދު) ކ.މާލޭގައި ހުރެފައި، މިބުނާ ގޭބިސީތަކުގައި ދޮޅުލައްކައެއްހާމީހުން ކުލިދައްކައިގެން އުޅޭއިރު އެގޭބިސީތަކުގެ މިލްކުވެރިންގެ ދޮޅަހަކަށްހާސް އާއިލާ ވަންނާނެތަނެއްނެތޭ ކިޔައިގެން އުތުރު ރަށްރަށުމީހުން ބޮލަށް ޕުރޮޕެގެންޑާ ވައްދާފަ ބައިތުލްމާލުން މިކުޅޭ ގަބީލާ ކުޅިގަނޑު ހުއްޓާލަންޖެހޭ.
4000
29 July 2024
ތިލިސްޓުގައި ސާބިތު ކޮށްދީފާނަން 6 މީހުން އެބަތިބި މާލެއިން 1 ގޯތި،ފޭސް 1 ން 2ފްލެޓް ދެމަފިރިންނަށް،ލޮޓްނަންބަރު ----10،ހިޔާ ފްލެޓުން 2 ފްލެޓް ދެމަފިރިންނަށް ތިބި ދަންނަ މީހުން،4000 ގަވެސް 77 ޕޮއިންޓް،ލިސްޓްގައި އެބައިން،ހަސަދަ ވެރި ވަނީ އަކީނޫން،ސުވާލު އުފެދެނީ އެވެސް ހަމަ ޙައްގު އެއްޗެއްތޯ؟؟ރޒނ އާއި އަކްރަމ އަށް ބަލދު އަރާފަ ތިބި ބައެއްތޯ؟؟؟ބަލާނެ ކަމަށް ހީކުރަން
ސޯދިގުބެ
29 July 2024
އޭސީސީގެ ރިޕޯޓްގަނެތް 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަ ނުވާމީހުންނޯ, ލިއުމުގަ ކުޑަ ކުޝެއް ހުއްޓަސް ޝަރުތު ހަމަ ނުވަނީ ތިކިޔަނީ ކޮންގޮތަކުންތޯ ތި ބެލިގޮތް ބުނެދީ, އަދި ކޮބާ އޭސީސީން ހެދި މިސްޓޭކުތަށް, ނިމުނީ އޭސީސީން އޮޅުމަކުން މިސްޓޭކެއް ހެދި ހައްގުވާމީހެއް ކަޓާފިއްޔާ.
އެދުރު1
29 July 2024
އަނެއްކާވެސް ހަމަ ތިބަލަނީ ކުރިން ދޮގު މައުލޫމާތު ދީގެން ހުށައަޅާފައިވާ ހަމަ އެލިޔުންތަށް ތީގެން ހަމަ ނުކުންނާނީ އެއް ނަތީޖާއެއް
ކިނާރީ .
29 July 2024
ގެދޮރުވެރިކަން ބޭނުންވެފަ ތިބިހާ ބަޔަކަށް ޕޮއިންޓެއްދީގެން ދުވަހަކު ވެސް ، މިކަމެއް ނުވާނެ . ހަދާންނައްތާލުން ނޫން ގޮތެއް ނެތް . އެންމެ ހަތަރު ހާސް ފުލެޓަށް ހިފާ ފަސާދަ ވުން ނޫން ކަމެއް ނުވާނެ . ނިމުނު ސަރުކާރުގެ ފުލެޓް ގެ ވާހަކަ ނުދައްކާ ދޫކޮށްފަ ހުރި ލިޔުން ތަކުގެ ވާހަކަ ދައްކާނަމަ ،މޫނަށް ކަދުރާ އަށް ނުބަލާ ދިވެހިރައްޔިތުން ނަށް ވާއިރު . އިބްރޭ ނުނިއްމާ ފުލެޓް ނުލިބޭނެ ކަމަކަށް .
ފްލެޓް ކަމަނަ
29 July 2024
ކެންޕޭން ކޮށްދިން މީހުނަށް ދީ ނިންމާލާ.
ކިނާރީ
29 July 2024
ވޯޓް ބޭނުންވީމަ ނަމާ އެޑްރެހާ ގުޅޭ ނަމްބަރު ވެސް އެގޭ . މެސެޖް ވެސް ކުރޭ . ފުލެޓް ދޭންވީމަ އެނގޭކަމަށް ވެސް ނުވޭ ދިވެއްސެއް ކަން ވެސް . ކިތަށްމެ ފަހަރަށް ގުޅާ ވޯޓް ކަށަވަރު ކުރަން . ކެމްޕޭނެއް ކުރި ބައެއްގެ ސަބަބަކުން ނޫން ވޯޓް ދެނީ . ރައިސް ކަމަށް ގެންނަށް ބޭނުން ވާ މީހެއްގެ ވާހަކަ ތަކަށް ވެވޭހާ ވައުދު ތަކަށް .
މަކަރޭ
29 July 2024
20000 އެތައް ފޯމެއްގެ ތެރެއިން، 13000 މީހުން ޝަރުތުހަމަވާކަމަށް ކަނޑައަޅައި ގެޒެޓްކޮށްފައި އޮތްވައި، އެ ފޯމްތައް އަލުން ރިވިއު ކުރުމުގެ ބޭނުމެއް ނެތް. ނުވިތާކަ އެއީ ޝަކުވާ އަށް ހުށަހަޅައި ފައިނަލްކޮށްފައި އޮތް ލިސްޓެއް. ކޮން ސަކަރާތެއް ޖަހަން ތިއުޅެނީ ؟ ދެން ތި 20000 ފޯމުގެ ތެރެއަށް ފޯމު ނުވެސް ލާ ބަޔަކު ވުޖޫދުވާނެ. އޭރުން ޕާޓީން ބޭނުން ބަޔަކަށް ފްލެޓް ދެވޭނީ.
ވަސް
29 July 2024
ތި އިއުލާނުގައި ހުރި ޝަރުތު ފުރިހަމަވާ 4000 މީހުންގެ އެޕްލިކޭޝަނެއް ތި 20000 ފޯމު ތެރޭގައި ނުވާނެ. ދެން ޝަރުތު ފުރިހަމަ ނުވާ މީހުން ގިނަކަމުން ދީފަ ނުދޭނީ ކާކަށްކަން ނޭގިގެން މިސްޓޭކު ހެދެނީ. ޝަރުތުތައް ބަދަލުކޮށް އަލުން އިއުލާން ކޮށްގެން ޝަރުތުހަމަވާ މީހުން ލިބިދާނެ. އެންމެ ބޭނުން ޖެހިފަތިބި މީހުންނަށް ދެވޭގޮތަކަށްނޫން ޝަރުތުތައް ހުރީ.