ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް 15 މިލިއަން ރުފިޔާ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޖަޕާނުން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މޮދޮރި އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައި ފޮޓޯއަކަށް ހުއްޓިގެން.
30 ޖުލައި 2024 - 17:48
ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް 15 މިލިއަން ރުފިޔާގެ ހިލޭ އެހީ މިއަދު ހަދިޔާކޮށްފި އެވެ.
ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފައިވާއިރު، ފޮރިން މިނިސްޓްރީން ބުނީ ޖޭޑީއެސްގެ ދަށުން މި އަހަރަށް ހަ ސްކޮލާޝިޕްގެ ފުރުސަތު ދޭނެ ކަމަށެވެ. އެކަމަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނުން 161 މިލިއަން ޖަޕަނީސް ޔެން (15.9 މިލިއަން ދިވެހި ރުފިޔާ) ދޭން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ތަކެއުޗި މޮދޮރި އެވެ.
Japan provides a Grant Aid of 161 million Japanese Yen to the Maldives to the Project for Human Resource Development Scholarship
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 30, 2024
📃 Press Release | https://t.co/1E7lA2vhkO pic.twitter.com/KPTqbpYGOU
އެއީ ޖަޕާނު ސަރުކާރުން 2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެހީއެކެވެ. އެ ފުރުސަތުގެ ދަށުން ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީތަކުގައި މާސްޓަސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި ސްކޮލާޝިޕަކީ މުސްތަގުބަލުގައި އިޖުތިމާއީ، އިގްތިސޯދީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ގާބިލު އަދި ގައުމު އާރާސްތުކުރުމަށް މުހިއްމު ރޯލެއް އަދާކުރާނެ ފުރުސަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔުނާން
31 July 2024
މި ސަރުކާރު މިއުޅެނީ އެޑިއުކޭޝަން ދާއިރާގަ ފިޔަ ޖަހާފައެއްނު. އެއްޗަކީ 2020 އިން ފެށިގެންވެސް ލިބުނު އެއްޗެއް. ހަރާން މީގެން އެއްވެސް ކަމެއް މީހަކަށް އިނގުނު ނަމަ. އެވެސް ކާލީ.
އައިހަމް މުއީދުA
31 July 2024
ކަމުގެ ސަބަބުން ދަރިވަރުންނަށް ޖަޕާނުގެ ސަގާފަތާއި ތައުލީމީ އުސޫލުތައް އަމިއްލައަށް ތަޖުރިބާކޮށް، ދެފަރާތުގެ ވިސްނުމާއި ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރެވޭނެ.
ގަފޫރް
31 July 2024
މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި އިޖްތިމާޢީ އިޤްތިޞާދީ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ފައިދާހުރި ގޮތެއްގައި ޙިއްޞާކުރުމަށް ކުރިއަށް އޮތް ލީޑަރުން ތައްޔާރުވޭ. ސަޅި ސަޅި
ހުމާމް
31 July 2024
ޖަޕާނުގައި ކިޔެވުމުން، ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންކުރެވޭނެ ތަޖުރިބާތަކެއް އިލްމުވެރިން ތަރައްޤީކޮށް، ޤައުމުގެ ކެޕޭސިޓީ ބިލްޑިންގ މަސައްކަތްތަކަށް އެހީތެރިވެސް ވެދޭ
ރިފްއަތު ޒުބެއިރު
31 July 2024
ދިވެހި ދަރިވަރުންގެ މުސްތަގްބަލް ވަރަށް އުޖާލާކޮށް ފެންނަމުންދަނީ
ޝާހިލް މޫސާ
31 July 2024
މި ހިލޭ އެހީގެ ސްކޮލަރޝިޕްތަކުން ދިވެހި ދަރިވަރުންނަށް އެންމެ މަތީ ފެންވަރުގެ ތަޢުލީމު ހާސިލުކުރުމުގެ ދޮރު ހުޅުވިގެންދާނެ. ސަރުކާރަށް މަރުޙަބާ!
ރަފްޝާ މުހައްމަދު
31 July 2024
މީ އަވައްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ މުހިންމު ކަމަކީ. މިކަހަލަ އެހީތަކަކީ އަބަދުވެސް ލިބޭނެ އެހީތަކެއްގެ ގޮތުގައި ބަހެއްޓުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުން.
ބާޕޭ
31 July 2024
"ސްކޮލާޝިޕަށް 15 މިލިއަން ރުފިޔާ ހޯދުމަކީ އަޅުގަނޑުމެންގެ ތައުލީމީ ދާއިރާއަށް ލިބުނު ކާމިޔާބީއެއް. ވެލް ޑަން
ހަލީލް ބާއި މަލީލް
31 July 2024
އަޅުގަނޑުމެންގެ ސަރުކާރުން ތަޢުލީމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދަމުންދާތަން ފެނުމަކީ ވަރަށް އުފާވެރި ކަމެއް!
އަހްމަދި
31 July 2024
ސުރުޚީއަށް ބަލައިފަ އަހަރެންގެ ހިތަށް މިއަރަނީ ޖަޕާނުން ކިހިނެއްހޭ ރުފިޔާ ދޭނީ؟؟