31 ޖުލައި 2024 - 08:05
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ރާޖިއާ ސަބާގެ ޖަލްސާއެއްގައި ބޮލީވުޑްގެ އެކްޓަރު އަދި އެ މަޖިލީހުގެ މެމްބަރު ޖަޔާ ބައްޗަންގެ ނަމަށް އޭނާގެ ފިރިމީހާ އަދި ސުޕަސްޓާރު އަމީތާބު ބައްޗަންގެ ނަން އިތުރުކޮށްގެން މުހާތަބު ކުރުމުން އޭނާ ހިތްހަމަނުޖެހިއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި ރާޖިއާ ސަބާގެ ޑެޕިއުޓީ ޗެއާމަން ހަރިވަންޝް ނަރަޔަން ސިންގް ޖަޔާއާ މުހާތަބު ކުރައްވަމުން ވިދާޅުވީ "ޝްރީމަތީ ޖަޔާ އަމީތާބް ބައްޗަން" އެވެ.
ޖަޔާގެ ނަން އެގޮތަށް ކިޔުމުން އޭނާ ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހި، އޭނާގެ ނަމުގައި "އަމީތާބް" ނުހިމެނޭ ކަމަށް ބުނެފަ އެވެ.
އޭނާގެ ނަމަކީ "ޖަޔާ ބައްޗަން" ކަމަށާއި އެ ނޫން ގޮތަކަށް އޭނާގެ ނަން ކިޔައިގެން ނުވާނެ ކަމަށް ބުންޏެވެ.
"އަހަންނާ މުހާތަބު ކުރާ އިރު ޖަޔާ ބައްޗަން ކިޔަނިކޮށް ފުދޭނެ،" ޖަޔާ ބުންޏެވެ.
"މިހާރަކަށް އައިސް އާ ކަމެއް ތައާރަފުވެއްޖެ، ފިރިމީހާގެ ނަމުންނޭ އަންހެނުން ފާހަގަވާން ޖެހެނީ. އަންހެނުންގެ އެއްވެސް އައިޑެންޓިޓީއެއް ނެތް."
ޖަޔާ އަކީ އަބަދުވެސް އޭނާ ހިތްހަމަނުޖެހޭ ކަންކަމުގައި ވަރަށް ފާޅުގައި ފާޑުކިޔާ މީހެކެވެ. އޭނާގެ އެ ސިފަޔާ ގުޅިގެން ބޮލީވުޑްގައި ވެސް އޭނާ ލޭބަލް ކޮށްފައި ވަނީ ވަރަށް ރުންކުރު މީހެއްގެ ގޮތުގަ އެވެ.
ޖަޔާ އަކީ 2004 ވަނަ އަހަރުން ފެށިގެން ރާޖިއާ ސަބާގެ މެމްބަރެކެވެ. އޭނާ ތަމްސީލުކުރަނީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރު ޕްރަދޭޝް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
31 July 2024
ދެން ޖަޔާ ބަދޫރީ ނޫނީ ޖަޔާ ބާދުރީ ކިޔަމާ! އޭރުން އޯކޭ ވާނެ!
ފާދަރު
31 July 2024
ފިރިމީހާގެ ނަމުން މިހާރުވެސް ފާހަގަވަނީ . ނަމުގެ ފަހަތަށް މިހާރުވެސް ތި ބޭނުންކުރާ ބައްޗަން އަކީ އަމީތާބުގެ ނަމުގެ ބައެއް. ތިބާގެ ބައްޕައަކީ ބައްޗަން އެއް ނޫން.