ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ.-- ފޮޓޯ: ރައީސް އޮފީސް
31 ޖުލައި 2024 - 18:18
އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވަޔަނާޑް ޑިސްޓްރިކްޓުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ހަމްދަރުދީގެ މެސެޖެއް މިއަދު ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލުނު ހަބަރާ އެކު، އެމަނިކުފާނަށް ފުން ހިތާމައެއް ލިބިވަޑައިގަތްކަން މޯދީއަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އެތައް ބައެއްގެ ފުރާނަ އާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ އެމަނިކުފާނުގެ ހިތްޕުޅަށް ގެންނަވަން ދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައިފަ އެވެ.
"އަދި އެމަނިކުފާނުގެ މެސެޖުގައި މީހުން ސަލާމަތްކުރުމުގައި އެ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ މަސައްކަތް ކާމިޔާބުކަމާ އެކު އަވަސް ފުރުސަތެއްގައި ނިމިގެން ދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ އެ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވަން އެދި ދުއާކުރައްވައި އަދި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވަން އެދިވަޑައިގަންނަވަމުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިންޑިއާގައި ސައިފަތް ހައްދާ އެ ސަރަހައްދުގައި ހިނގި މި ނުރައްކާތެރި ހާދިސާގައި މަރުވި މީހުން އަދަދު މިހާރު ވަނީ 150 އިން މައްޗަށް އަރައިފަ އެވެ.
އިންޑިއާގެ ދެކުނުގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި އެކި ތަންތަނުގައި ފެން ބޮޑުވެފައި ވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގި ޑިސްޓްރިކްޓަށް ދާން އޮންނަ ގިނަ މަގުތައް ވެސް ވަނީ ފެނުގެ ސަބަބުން ބަންދުވެފަ އެވެ. އެހެންވެ، އެހީގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހާޖީ
02 August 2024
ފުރަތަމަ ތި މޯދީއަކު އެކަމާ ހިތާމަ ފާޅު ކުރޭތަ؟ ހިޔެއްނުވޭ އެކަމާ އޭނަ ކަހާތަން ހިރުވާލާ ހެނެއް ވެސް.
އަބްޑޫޅް +
01 August 2024
ތިޔަ މެސެޖު ފޮނުވަންވީ މަރުވި މީހުންގެ ގޭ މީހުންނަށޭ.
މޫސާ އާޒިމް
01 August 2024
މި ފެންނަނީ ރައީސް އިންޑިއާ އާ އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަން. އަވަށްޓެރި ހުރިހާ ގައުމުތަކާވެސް ގުޅުން ބަދަހިކޮށް ބާއްވަން މަސައްކަތް ކުރާ ރައީސެއް މީ
އަޝްމަލް
31 July 2024
މުއިއްޒު މެން ތަފާތޭ. މަ ހީކުރި ގުޅުން ވަރަށް ގޯސްވާނެ ކަމެއް. އެހެން ނޫން އެކަމަކު.
މަހީހ
01 August 2024
އެހެންވީމައޭ ގަދަބަސް ނުބުނަންވީ ހައްހާ...
ތިހާމް އަލީ
31 July 2024
ބަލަބަލާ ތިއްބާ ރާއްޖެ އިންޑިއާ ގެ ގުޅުން މިދަނީ ބާރަށް ބަދަހިވަމުން
އަމްނު
31 July 2024
އެމްޑީޕީ ހީކުރީ ފިތުނަ އުފެެއްދޭނެ ކަމަށް މި ސަރުކާާރާ އިންޑިޔާ ޖައްސައިގެން. ހެހެ. އެޔަށް ވުރެ ރައީސް މުއިއްްޒް ސްމާޓް
އާބިދު ސައީދު
31 July 2024
ނިކަން. ޢުފާވެއްޖެ ރާއްޖެ އިންޑިއާ ގެ ގުޅުން ބަދަހި ވާތީ. މިއީ ދެގައުމަށް އަދި ހާއްސަކޮށް ރާއްޖެ އަށް ފައިދާ ވާނެ ކަމެއް
ކޮމެން
01 August 2024
ކޮމެންޓް ގުރޫޕް މިއުޅެނީ
ސޫދާ އިބްރާހީމް
31 July 2024
އެމްޑީޕީ ކުދިންނަށް ވަރަށް އުދަގޫ ވާނެ މި ހަބަރު ބަލަން.
އަފްޒަލް ހާމިދު
31 July 2024
މުއިއްޒު ގެ ހާރިޖީ ސިޔާސަތު އަސްލު ރަނގަޅު ކަން މި ފެންނަނީ. ހަގީގަތަކީ މިއީ
ހަސަން އަޝްފާގް
31 July 2024
ރައީސް މުއިއްްޒް އަކީ ނަމޫނާ ވެރިޔެކޭ ބުނަން ޖެހޭނީ މިހެންވެ. ގުޅުން ބާއްވާތީ އެއްމެނާވެސް