އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ޕީޓް ޑޭވިޑްސަން.
02 އޯގަސްޓް 2024 - 06:16
އެމެރިކާގެ މަޝްހޫރު ކޮމީޑިއަން ޕީޓް ޑޭވިޑްސަން ނަފުސާނީ ފަރުވާ ހޯދަން ދާއިރާއާ ދުރަށް ޖެހިލައިފި އެވެ.
ޕީޕަލްސް މެގަޒިން އިން ރިޕޯޓްކުރި ގޮތުގައި، އުމުރުން 30 އަހަރުގެ ޕީޓް ނަފުސާނީ ފަރުވާ ހޯދަން މިހާރު ވަނީ ނަފުސާނީ ފަރުވާދޭ ސެންޓަރެއްގައި އެޑްމިޓްވެފަ އެވެ.
ޕީޓް އެޑްމިޓްވީ، މި އަހަރު އެމެރިކާގެ އެކި ތަންތަނުގައި 200 އަށް ވުރެ ގިނަ ސްޓޭޑްއަޕް ކޮމިޑީ ޝޯ ވެސް ދިނުމަށް ފަހުގަ އެވެ. ނެޓްފްލިސް އަށް ހެދި އޭނާގެ ދެވަނަ ކޮމެޑީ ސްޕެޝަލް "ޓާބޯ ފޮންޒާރެލީ" ވެސް މި އަހަރު ވަނީ ރިލީޒްކޮށްފަ އެވެ.
އޭނާ ވަނީ މިފަހުން ވަރަށް ގިނަ ފިލްމުތަކުގެ މަސައްކަތްތައް ވެސް ކޮށްފަ އެވެ.
ޕީޓް މިދިޔަ އަހަރު ވެސް ނަފުސާނީ ފަރުވާ ހޯދި އެވެ. އެ ފަހަރު އޭނާ ފަރުވާ ހޯދީ ޕީޓީއެސްޑީ އާއި ބޯޑަލައިން ޕާސަނަލިޓީ ޑިސްއޯޑާ އަށެވެ.
ޕީޓް އަކީ އޭނާގެ ނަފުސާނީ ސިއްހަތާ ގުޅޭ ގޮތުން ވަރަށް ފާޅުގައި ވާހަކަދައްކާ މީހެކެވެ. އޭނާ ކުރިން ބުނެފައިވާ ގޮތުގައި، ނަފުސާނީ ފަރުވާ ހޯދަން ޖެހުނީ މަސްތުވާތަކެއްޗަށް އެޑިކްޓުވެ، އެ ވަބާއިން ސަލާމަތްވާން ވެގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy