ސާކްގެ ސެކްރެޓަރީ ޖެނެރަލް ތައާރަފް ވުމުގެ ގޮތުން ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުން.
04 އޯގަސްޓް 2024 - 18:18
ސައުތު އޭޝިއަން އޭސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނަރަލް، އެމްޑީ ގޮލަމް ސަރުވާރު ރާއްޖެ ވަޑައިގެންފި އެވެ.
ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ގޮލަމް ސަރުވާރުގެ މި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާ ވެސް ބައްދަލު ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގޮލަމް ސަރުވާރު ރާއްޖެ ވަޑައިގަތީ މިދިޔަ އޮކްޓޫބަރު މަހު އެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ތައާރަފްވުމުގެ ދަތުރުފުޅެއްގައި ކަމަށް ފޮރިން މިިނިސްޓްރީން ބުންޏެވެ.
ގޮލަމް ސަރުވާރާ އެކު އޭނާގެ އަނބިކަނބަލުން ތަސްލީމާ ސަރުވާރާއި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރު ޝާހިޔާ އަލި މަނިކާއި ބަވެޝް ރ. ޓްރިވެޑީ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ބޭފުޅުން ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
04 August 2024
ސާކަކީ އަޑިއަޅާލީ މިސަރަހައްދުގެ ބާރު އިންޑިޔާއިން ނަގަން ހަދައިގެން. ހުރިހާ ގައުމެއް ތިބެންވީ އިންޑިޔާގެ ފައިބުޑުގާ. އެހެންވީމާ ގައުމުތަކަށް ހަމަހަމަފުރުސަތު މިހާރު ގެއްލިއްޖެ.