ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން (މ) އަދި މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
27 ފެބުރުއަރީ 2017 - 10:12
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ސަރަހައްދީ ފެންވަރުގެ "ހިތްގައިމު" އާ ވީއައިޕީ ޓާމިނަލެއް އަޅައި، މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެއާޕޯޓުގެ އާ ރަންވޭގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވީއައިޕީ ޓާމިނަލްގެ އިތުރުން ސީ ޕްލޭންގެ ޓާމިނަލްގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށެވެ. އަދި ޑޮމެސްޓިކް ޓާމިނަލާ ދިމާލުން މޫދަށް ވާ ގޮތަށް ހަދާ ރެސްޓޯރަންޓް އިމާރާތުގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތައް ގެނެސް އަންނަ ޖޫން މަހު ހުޅުވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ވިއައިއޭގެ އާ ވީއައިޕީ ޓާމިނަލް ހަދަނީ އިންޓަނޭޝަނަލް ޓާމިނަލާއި މިހާރުގެ ވީއައިޕީ ލައުންޖާ ދެމެދު އޮންނަ ސަރަހައްދުގަ އެވެ. އެއީ ކުރިން އަކުއާ ރެސްޓޯރެންޓް ހިންގި ބިމެވެ.
ރާއްޖެ އަކީ ދުނިޔޭގެ އެންމެ މުއްސަނދިން ވެސް ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ވާތީ އެ ފެންވަރުގެ މީހުންނަށް ޚިދުމަތް ދެވޭނެ ވީއައިޕީއެއް އެއާޕޯޓަށް މުހިންމުކަން، ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ.
ސައީދު ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށައި، ޝެޑިއުލާ އެއްގޮތަށް ނިންމާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދާ ހަމަޔަށް އެ އެއާޕޯޓުގެ ތަރައްގީއަށް ދުވާލަކު 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ. އެއީ އެއްވެސް ލޯނެއް ނުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ހޭދައެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު މިތަނަށް އެންމެ ފަހުގެ މަތިންދާބޯޓެއް ނުޖެއްސޭ. ބައެއް އެއާކްރާފްޓްތައް ޑައުންގްރޭޑް ކުރަން ޖެހުނު. ރައީސް ނިންމެވީ ކިތަންމެ ބޮޑު ހަރަދެއް ހިނގިޔަސް މިހާރު ބޭނުންކުރަމުން އަންނަ ރަންވޭ އަލުން މަރާމާތުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިހާރުގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ނިންމާލީ އެއްވެސް އެއާލައިނަކަށް އުނދަގުލެއްނުވެ އަދި އެއާޕޯޓުގެ އޮޕަރޭޝަނަށް ވެސް ދަތިކަމެއް ކުރިމަތިނުވާ ގޮތަށް ކުރިއަށް ގެންގޮސްގެންނެވެ.
"ހިނގަމުންދާ އެއާޕޯޓެއްގައި މިވަރުގެ ބިޔަ މަޝްރޫއެއް ހިންގުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އެއްވެސް ކަހަލަ ދަތިކަމެއް ނައިސް ތިޔަ ބޭފުޅުން [އެމްއޭސީއެލްގެ މުވައްޒަފުން]ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" މިދިއަ އަހަރު ނިންމާލި މަސައްކަތާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
GAN Island
27 February 2017
އައްޑޫ ސިޓީ ގެ Equatorial Convention Centre ވީރާނާ ކޮށްލާ އެތަނުގެ ބޭރުގައި ޖަހާފައިހުރި ބިއްލޫރިތަށް ތިޔަ VIP ބޭނުންކޮށްފައި ހުންނަ އިރު ތިބޭފުޅުންގެ ހިތަށް ވަރަށް ފިނިކަން ލިބޭނެ.
މަހަށްދޭބަލަ
27 February 2017
ވެލާނާ އެއާޕޯޓުގައި އާ ވީއައިޕީ ޓާމިނަލެއް އަޅައި، މި އަހަރު ހުޅުވާނެ ކަމަށް މަމެންގެ ޓައިޓޭނިއަމް ޕްލޭޓެޑް މިނިސްޓަރަކު ވިދާޅުވާނަމަ ދެން އެކަން އެމަގުން ހިނގާނެއެވެ. އެއީ އެކަން އޮންނާނެ ގޮތަކީ. ދެން މިކަމާއި ޖޭވެގެން އިންޑިއަން ސްޓޭންޑަރޑް އަށް މަސައްކަތް ކުރާ ރަންރީނދުލޭ މެން ރޫރޫ އަޅައިގަތަސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާއެވެ. ރަންރީނދުލޭ މެން ތެޅުނު ވަރަށް ދާނީ ހުޅުނބެވެ. ތަމެން ރަންރީނދުލޭ މެން ދެން ރަނގަޅު ވާނީ ރާއްޖޭގެ ސިޔާސީ ދާއިރާ ދޫކޮށް މަހަށް ދިއައިއްޔާ އެއް ނޫންތޭ މަމެން ބުނަން ނެތީމު އިނގޭ. މަހަށް ދޭ ބަލަ މަހަށް ދޭ ބަލަ ދޯ.
ކަލޯ
27 February 2017
ކައްވަޅުގައިވެސް މިވެރިން އޮންނާނީ ވީއައިޕީ ޓާމިނަލެއްގައި ބާ
ނަފީސާ
27 February 2017
ކިތަންމެ ނުރުހުނަސް، ކިތަންމެ ރުޅިއެއްއަޔަސް ހަގީގަތަކީ ރައީސް ޔާމީންގެ ވެރިކަމުގައި ދެކެމުންމިދާ ހަލުވި ތަރައްގީ މިރާއްޖެ މީގެކުރިންދެކެފައިނުވާކަން. 2018 ކީއްކުރަން 2022 ވެސް ވެގެންވަންޔާ ދޭންބޭނުމީ ރައީސް ޔާމީނަށް. !!
އައްޑޫ ރަދުން
27 February 2017
ތިބޭފުޅުންގެ އާ ވީއައިޕީ ޓާމިނަލް ބަލަން އާންމުން ތިބެން ތިތާ ކާރީގަ ޕްލެޓްފޯމެއް ހަދާތި...
ދޫނި ރާއްޖެ
27 February 2017
މިވޭތުވެދިޔަ 3 އަހަރުގައި ތި އެއާޕޯރޓަކަށް މާބޮޑު ބަދަލެއް އައިސްފައި ނެތް. ހަމަ ސަނާކިޔުން އޮތީ!
ސައްތާރު /މހއ
27 February 2017
ހައްތަހާވެސް މޮޅުމީހާއަށް މޮޅުގޮތް . ވީ.އައި.ޕީ ކިތަންމެ ރީޗަށް އެޅިއަސް އާމުންނަަކަށް ވާނެ އެއްވެސް މޮޅެއް ނެތް. ރައްޔިތުމީހާއަށް ރަގަޅުވާނީ ރަގަލު ޚިދުމަތް ދެވުނީމާ. މިހާރުވެސް ފުރާމީހުންބޭނުންކުރާ ލިފްޓް ހަލާކުވެފާ ހުންނަތާ މަސްތަކެއް ވެދާނެ. ފެންނަމީހަކު ހުރިހެންނެތް ހިޔެއް ނުވޭ. ކަމުވޮށިގެންވާ އެންމެން ވީ.އައި.ޕީ ފުރީމާ ވާނީ މިހެން.