ޚަބަރު / ޕީޕަލްސް ނެޝަނަލް ކޮންގްރެސް

އެމްޑީޕީގެ ވިސްނުމަކީ ޔާމީން 10 އަހަރަށް ޖަލުގައި ބޭއްވުން: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

06 އޯގަސްޓް 2024 - 23:35

43 comments

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު އެމްޑީޕީ އަށް ކާމިޔާބު ކުރެވުނު ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދިވެސް ހުންނާނީ ޖަލަށް ލާފައި ކަމަށާއި އެމްޑީޕީގެ ވިސްނުމަކީ 10 އަހަރު ވަންދެން ޔާމީން ޖަލުގައި ބެހެއްޓުން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ ވާދަވެރި އިންތިހާބު މިދިޔަ އަހަރު ކާމިޔާބުވުމާ އެކު، އެ ދުވަހުގެ ރޭ ޔާމީން ނިދިކުރެއްވީ ޖަލުގެ ބަދަލުގައި އަމިއްލަފުޅު ގެކޮޅުގައި ކަަމަށެވެ.

"މިހާރު އެ ހުރީ [ޖަލުން] މިނިވަން ވެފައި. އެހެން ނޫން ނަމަ މިއަދު ވެސް އެމްޑީޕީ އަށް ވެރިކަން ލިބުނު ނަމަ އެ މަނިކުފާނު އޮންނާނީ ޖަލުގައި. އެމްޑީޕީގެ ވިސްނުމަކީ ކުރިއަށް އޮތް 10 އަހަރު ވެސް ރައީސް ޔާމީން ޖަލުގައި ބޭއްވުން،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވި އެވެ.

ރައީސް މުއިއްޒަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ވެރިކަން ކާމިޔާބު ކުރެއްވުމާ އެކު، އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ޖެހިގެން އައި ދުވަހު ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކުރި އެވެ. ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް އޭރު ތަންފީޒު ކުރައްވަމުން ގެންދެވި ޔާމީން މިދިޔަ އަހަރު އޮކްޓޫބަރު 1 ގައި ގޭ ބަންދަށް ބަދަލުކުރީ ސީދާ މުއިއްޒުގެ އެދިވަޑައިގަތުމަށް، އެ އިންތިހާބުން ނާކާމިޔާބުވި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޔާމީން ޖަލުން ގެ އަށް ބަދަލުކުރުމާ ގުޅިގެން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މުއިއްޒު ޝުކުރު އަދާކުރެއްވި އެވެ. އޭރުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން މުއިއްޒު ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ގައުމުގެ މަސްލަހަތަށްޓަކައި ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މިރޭގެ ޖަލްސާގައި ފަލާހު ވިދާޅުވީ، ޔާމީން ދިގު މުއްދަތަކަށް ޖަލަށް ލާން އެމްޑީޕީގެ ސަރުކާރުން ބޭނުންވި ސަބަބުތައް ވެސް ހުރި ކަން ފަހުން އެނގިވަޑައިގެންނެވި ކަމަށެވެ. އެ ސަބަބުތައް ފަލާހު ގުޅުވީ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ފައިސާގެ މުއާމަލާތްތައް ހިންގެވި ގޮތުގެ މިސާލު ޖައްސަވަ އެވެ.

ޔާމީންގެ ވެރިކަމުގައި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ސައޫދީ އަރަބިއްޔާ އިން ފަސް މިލިއަން ޑޮލަރު ލިބުނު ވާހަކަ ވެސް ވިދާޅުވީ، ސީދާ "ޔާމީންގެ ދޫފުޅުން" ކަން ފަލާހުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އޭރުގައި ތިއްބެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެކަމަށް ހެކިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ދޮގެއް ނޫން. އެހެން ނަމަވެސް ފަސް މިލިއަން ޑޮލަރު ވެސް، ދިވެހި ފައިސާ އިން ގުނާ ކަމަށް ވަންޏާ 77 މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. މި ވެސް ވީ ތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ރައްޔިތުން ސުވާލު އުފައްދަނީ ހަގީގަތުގައި 3،400 އަކަފޫޓުގެ ބިމެއް މާލޭގައި 12 ބުރިއަށް ނެގޭނީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އަށް،" ޔާމީންގެ ގެކޮޅު ހެދި ގޮތާ މެދު ސުވާލު އުފައްދަވަމުން ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެއްވެސް ލޯނެއް ނެގުމެއް ނެތި އެފަދަ ބޮޑެތި އިމާރާތްތައް ވެރިކަމުގައި ހުންނަވައިގެން ހެދުމުން ރައްޔިތުން އެ ކަމާ ސުވާލު އުފައްދާނެ އެވެ.

"އެފަދަ ވެރިންނެއް ރީއްޗެއް ނޫން ފާޑުފާޑުގެ ބޮޑު ސްކްރީން އަޅުވައިގެން ޖަމީލާއި މަލީހާ ދެ މީހުން ދެ ފަޅީގައި ބައިތިއްބައިގެން މިހެން ހަދާކަށް. އެއީ ހަޑިކަމެއް،" ޔާމީން އިސްވެ ހުންނަވައިގެން މިހާރު ބާއްވާ ޖަލްސާތަކުގައި ސަރުކާރަށް ފާޑުކިޔައި އަތްޖަހަމުން ދާތީ އެ ކަމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވި އެވެ.

މިއީ ދޮގެއް ނޫން. އެހެން ނަމަވެސް ފަސް މިލިއަން ޑޮލަރު ވެސް، ދިވެހި ފައިސާ އިން ގުނާ ކަމަށް ވަންޏާ 77 މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. މި ވެސް ވީ ތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. ރައްޔިތުން ސުވާލު އުފައްދަނީ ހަގީގަތުގައި 3،400 އަކަފޫޓުގެ ބިމެއް މާލޭގައި 12 ބުރިއަށް ނެގޭނީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އަށް،"--- ފަލާހު

އޭނާ ވިދާޅުވީ، މި ސަރުކާރުގެ އިސްވެރިން ޔާމީނަށް ފާޑު ވިދާޅުވެއްޖެ ނަމަ އެއީ "ނުކިޔަވާ" ތިއްބެވި ބައެއް ކަމަށް ވިދާޅުވެ، ޔާމީން ޖޯކު ޖައްސަވާ ކަމަށެވެ.

"އެ މަނިކުފާނުގެ ވެރިކަމުގައި އަޅުގަނޑުމެން ތިބީ ކިޔަވައިގެން. ޑރ. މުއިއްޒުގެ ވެރިކަމުގައި ނުކިޔަވާ. މިއީ އެއްގޮތަކަށް ވެސް ނޭނގޭ މިވާ ގޮތެއް. އެ މަނިކުފާނުގެ [ޔާމީން] ވެރިކަމުގައި އަޅުގަނޑު ވެސް ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވީ. އިންތިހާބު ވީތާ ނުވޭ އެއް އަހަރު [ޕީޕީއެމް] ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރަކަށް ލައިފި އަޅުގަނޑު. އެ މަނިކުފާނު ލީ،" ފަލާހު ވިދާޅުވި އެވެ.

"އެކަމަކު މިއަދު ޑރ. މުއިއްޒުގެ ސަރުކާރުގައި ޕީޖީ ގުރޫޕުގެ ލީޑަރަކަށް އަޅުގަނޑު ވީމާ ކަމަކު ނުދޭ."

އަނެއް މިސާލަކަށް ފަލާހު ނެންގެވީ ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ މެދު ޔާމީން އަމަލު ކުރެއްވި ގޮތެވެ. ޔާމީން ޖަލަށް ލުމުން ޕީޕީއެމާއި ޕީއެންސީ ވެސް ހިންގުން އަބްދުއްރަހީމާ އޭރު ހަވާލު ކުރައްވައި އެއީ ޔާމީންގެ އަރިހުގައި އޭރު ވަރަށް ގާބިލް ބޭފުޅަކަށް ވި ކަމަށް ފަލާހު ވިދާޅުވި އެވެ.

"މިއަދު ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ވީމާ ގާބިލެއް ނޫން. އެހެންވީމާ ހަގީގަތުގައި [ޔާމީން] ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ ނުދައްކަވާ. ރައީސް ޔާމީން ވިޔަސް ކުޑަކުދިން ކައިރީގައި ދައްކާ ކަހަލަ ވާހަކަ ދެއްކީމާ ކުޑަކުދިން ހޭ ގޮތަށް އަޅުގަނޑުމެން ކައިިރިއަށް އަންނާނީ ހިނި،" ޔާމީނަށް ޖޯކު ޖައްސަވަމުން ފަލާހު ވިދާޅުވި އެވެ.

43 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްބެ

17 August 2024

ތިޔަކަހަލަމީހުނަށްއަހުރެމެންކިޔަނީ ދެފުށްކެހެރިމީހުން

The name is already taken The name is available. Register?

ސަމިލްބެ

17 August 2024

ކަލޭމެން ތިވާހަކަ، ވޯޓުކުރިން ނުބުނީމަ ދެރެއީ، ކަލޭމެންވެސް އޭގައި ޝާމިލްވީމަ ދޯ ނުބުނީ، މިހާރު ވެރިކަން ލިބުނީމަ ރައްޔިތުން ތިބެންޖެހޭނީ ހަޅޭލަވަންތާ،

The name is already taken The name is available. Register?

ހިބަރު ވަދު

13 August 2024

ސާބަހޭ ފަލާހު ..ކުރީގެ ރައީސް ޔާމީން މަޖިލީހަށް ހާޒިރުކޮށް މި ސުވާލު ކުރަންވާނެ ....ރައްޔިތުން ސުވާލު އުފައްދަނީ ހަގީގަތުގައި 3،400 އަކަފޫޓުގެ ބިމެއް މާލޭގައި 12 ބުރިއަށް ނެގޭނީ ގާތްގަނޑަކަށް 80 ވަރަކަށް މިލިއަން ރުފިޔާ އަށް މިފައިސާ ހޯދީ ކޮންތާކުންތޯ ؟

The name is already taken The name is available. Register?

އެލްމާން ޔޫސުފް

11 August 2024

ހާދަ ހުތުރު ވީޑިއޯއެކޭ ބުރޯ

The name is already taken The name is available. Register?

ފައްކަލޭ

08 August 2024

ވެރިކަމަށް އިންތިހާބުވުމާއެކު ގައިދީއަކު ގެއަށް ބަދަލުކުރެވުނު މީހަކު ވެރިކަމަށް އެރުމުން އެތައް މަހެއްވަންދެން ގައިދީގެ ޝަރީއަތް ނުބާއްވައި ބަންދުގަ ހުންނަންޖެހުނީ ކާކުގެ ކުޅަދާނަކަމުންބާ؟ ޖުޑީޝަރީއަށް އަތްނުބާނާ ގެއަށް ބަދަލުކުރުމުގެ ބާރު ހޯދިގޮތަށް ވެރިކަމަށް އަރާ މިނިވަންކުރާނެ ގޮތް ނުހޯދުނީ އެކަމަށް ހަމަ ގާބިލްކަމުންބާ؟

The name is already taken The name is available. Register?

ހަސަން އަލީ.

07 August 2024

މިނިވަން ވުމުން މުއިއްޒްއަށް ޝުކުރު އަދާ ނުކޮށް އެއްޗެހި ގޮވަނީ ޔާމީން. ލަދު ހަމަ ނެތީ

The name is already taken The name is available. Register?

ކާކަށްކުރަންވީ

08 August 2024

އަސްލަމް އުޅެގެން މިނިވަންވީމަ ކާކަށްތަ ޝުކުރުއަދާކުރަންވީ؟

The name is already taken The name is available. Register?

އަބްސަލް މުހައްމަދު

07 August 2024

މިއަދު ވެސް ގޮޅީގަ އޮންނަން ޖެހޭނީ. ރައީސް މުއިއްޒްގެ އޯގާތެރިކަމާ އިހްސާންތެރިކަމުން ސަލާމަތުން އެހެރީ

The name is already taken The name is available. Register?

އަބްދުﷲ މަޝްއޫދު

07 August 2024

ނިކަން ފޫހިވޭ ތި ޔާމީންގެ ނަން ބުންޔަސް މިހާރު

The name is already taken The name is available. Register?

އަވަހަށް

08 August 2024

ނަފްސާނީ ކްލިނިކް އަދިވެސް އެބަ ހުރި

The name is already taken The name is available. Register?

އަފާފް ސައީދު

07 August 2024

މަ ހިތައް އަރާ ކީއްވެހޭ މިހާ ދެން މީހުން ކުރި ކަންތައް ޔާމީންމެން ހަދާން ނެތުނީ. ރައީސް މުއިއްޒް ކިހާ މަސައްކަތެއް ކޮށްގެން މީނަ މިނިވަން ވީ. ކިހާ މުޒާހަރާއަކާ އެއްޗެސް ކޮށްގެން. ކިހާވަރަކަށް އިބޫ ކައިރީ ދަންނަވައިގެން

The name is already taken The name is available. Register?

އަނެއްކޮޅުން

08 August 2024

ޔާމީން ޖަލުގަ ހުރީތީ ކިހާ ވޯޓެއް ލިބިގެންތަ ހޮވުނީ. އަޅެ ކީއްވެތަ އެކަން ހަނދާންނެތުނީ

The name is already taken The name is available. Register?

އަހްލަމް ރަޝީދު

07 August 2024

ހަމަ ރަނގަޅަށްވެސް މުއިއްޒްމެން ގެ މަސައްކަތުން އޭނަ ސަލާމަތް ވީ. އެހެން ނޫންނަމަ މިއަދުވެސް އޮންނާނީ ގޮޅީގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454