ޚަބަރު / ރާއްޖެ-އިންޑިއާ

ޖައިޝަންކަރު ދެއްކެވީ ރާއްޖެ-އިންޑިއާގެ ގުޅުމުގެ ވަރުގަދަކަން!

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިރޭ ބޭއްވި ބައްދަލުވުމުގައި ޒަމީރު ވާހަކަ ދައްކަވާއިރު، ޖައިޝަންކަރު އަޑުއައްސަވަނީ.--- ފޮޓޯ: ފޮރިން މިނިސްޓްރީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ އަށް މިއަދު ރަސްމީ ދަތުރު ފެއްޓެވުމުގެ ގޮތުން މިރޭ އިރާކޮޅު ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ދެ ގައުމުގެ ގުޅުމުގެ ވަރުގަދަ ކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، އަނެއްކާވެސް ރާއްޖެ އަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރަށް ވާތީ، މިއީ ދެ ގައުމުން ގުޅިގެން ހާސިލް ކޮށްފައިވާ ކަންކަން ރަނގަޅަށް ބަލައިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ މި ގާތް ގުޅުން ބައްޓަން ކުރާނެ ގޮތުގެ މައްޗަށް ވެސް މަޝްވަރާ ކުރެވޭނެ،" ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ދެ ބޭފުޅުން އެކުގައި ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ޖައިޝަންކަރު ވިދާޅުވި އެވެ.

"ރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ވަރުގަދަ ކުރުމަށްޓަކައި އަދި އިޖުތިމާއީ ތަރައްގީގައި ދިވެހި ސަރުކާރަށް އިންޑިއާ އިން ފޯރުކޮށްދީފައިވާ އެހީގެ ރަނގަޅު ނަތީޖާ، މި ދަތުރުގެ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ފެންނާނެ."

ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު ޒަމީރު މަރުހަބާ ދަންނަވަނީ: މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ރަސްމީ ދަތުރު.-- ފޮޓޯ: އިންޑިއަން ހައިކޮމިޝަން

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެކެވެ. އޭނާ ރާއްޖެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ކަމާބެހޭ އެކި އިދާރާތަކާ ބައްދަލު ކުރައްވައި، އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ހޯއްދަވާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

"އިންޑިއާ އިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބަ އާއި މަންފާއަށްޓަކައި. މި ވަރުގަދަ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެއް. އަދި މި ވަރުގަދަ ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންތެރި، ނުހަނު ގިނަ ފައިދާތައް ވެސް ކުރޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ އިން މިރޭ ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، އޭނާ ތިން ދުވަހަށް ކުރައްވާ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ވެސް ބައްދަލު ކުރައްވައި މަޝްވަރާތައް ކުރައްވާނެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

މިރޭގެ ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އެއްބަސްވުމުގެ މިދިޔަ އަހަރުތަކުގެ ތެރޭގައި ހިންގި ބައެއް މަޝްރޫއުތައް ހިމެނެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ

އިފްުތިތާހުކުރި މަޝްރޫއުތައް

- ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒާއި ލ. ގަމުގެ އިހައްދޫ ސްކޫލާއި ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލުގައި ގާއިމުކުރި "އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް".

- ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޖިސްމާނީ އަދި ނަފުސާނީ ފަރުވާދިނުމަށްޓަކައި ގާއިމްކުރި "ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު".

- ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރި މެންޓަލް ހެލްތު ޔުނިޓް.

- ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި މަގުބައްތި ޖެހުން.

އެ ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއްގައި ވެސް ރާއްޖެ އާއި އިންޑިއާއ އިން ސޮއިކުރި އެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށްޓަކައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު ސޮއިކުރި އެމްއޯޔޫ އެވެ. ދެ ވަނަ އެއްބަސްވުމަކީ ސިވިލް ސާވިސްގެ އިތުރު 1،000 މުވައްޒަފަކު ތަމްރީނު ކުރުމަށްޓަކައި ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދު ވި އެއްބަސްވުމެކެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. ގުޅުން ގޯސްވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ސިޔާސަތަކަށް ހައްދަވައި އެކަން އަމަލީ ގޮތުން ތަންފީޒު ކުރައްވަން ނިންމެވުމުންނެވެ. އެކަމަކު، އިންޑިއާ އިން ވެސް ފަހުން ގޮތް ދޫކޮށް، ދެ ގައުމުން އެއްބަސްވި ގޮތަށް، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން އިންޑިއާގެ އަސްކަރީ މީހުންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ގެނައީ އެވެ.

13 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 70%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގިޔާސް

10 August 2024

ރާއްޖޭގައި އިންޑިއާގެ ޔޫޕީއައިތައާރަފް ކުރުމަކީ އަޅުގަނޑުމެންގެ މާލީ ނިޒާމުތައް ޒަމާނީ ކުރުމަށް އެޅޭ ބޮޑު ފިޔަވަޅެއް. މިކަހަލަ ޓެކްނޮލޮޖީގެ ކުރިއެރުމަކީ މިގަޑީގަ އަހަރުމެން ބޭނުންވާ އެއްޗެއްސަކީ.

The name is already taken The name is available. Register?

ޒައިން ޒާހިރު

10 August 2024

ހުރިހާ އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރުމަކީވެސް މުހިންމު ކަމެއް. ދެބަސްވެ ޖެހިގަނެގެން އުޅެން ހަދައިފިއްޔާ ފަހުން އެކަމުގެ ނޜދެވޭ އަސަރު ކުރާނެ. އިންޑައާއާ ރާއްޖޭގެ ހީނަރުވެފައި އޮތް ގުޅުން ރަނގަޅުވަމުން އަންނަތަން ފެންނާތީ އުފާކުރަން.

The name is already taken The name is available. Register?

މާޒިން ސައީދު

10 August 2024

އައުޓް ޖެހީ އިންޑިއާ ސިފައިންނަށް މުޅި އިންޑިއާ އަކަށް ނޫން. އިންޑިއާ އާ ރާއްޖެއާ ދެމެދު ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު އެކަން ވަނީ ކޮށްފަ. އިންޑިއާ އެއީ އަބަދުވެސް ރާއްޖެއަށް އެހީވާ ގައުމެއް ޖެހިގަނެގެން އުޅުމުގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

ރަފްހާން ރަޝީދު

10 August 2024

އިންޑިޔާ އާ ގުޅުން ބަދަހި ކުރާނެ ޖެހޭ. އޭރަށް ފައިދާ ވަނީ މި ގައުމަށް އެކި ގޮތްގޮތަށް.

The name is already taken The name is available. Register?

އިސްމާއިލް އުޝާމް

10 August 2024

ގައުމުގެ މިނިވަންކަން ކޮމްޕްރިމައިޒް ނުކޮށް ގައުމަށް ފައިދާ ވާނެ ގޮތް ހޯދުމަކީ މިއީ

The name is already taken The name is available. Register?

ހޮޅިބެ

10 August 2024

ސުއްބުނާ، އިސްތިޤްލާލު އޮޅާލީތޯ؟ މިނިވަންކަންވެސް ތިދިޔައި، ޤައުމު އިންޑއާޔަށް ހިބަކުރީ!!.. މީ ބަޔަކު ދެެއްކިވާހަކަ، މިަދު އެއީ ދޮގުކަން އަމިއްލަޔަށް ތި ސާބިތު ކޮށްދެނީ

The name is already taken The name is available. Register?

ހަންނާން މުހައްމަދު

10 August 2024

އުފާވެެރި ހަބަރެއް. އިންޑިޔާ އާ ގުޅުން ބަދަހި ވުމަކީ އަހަރެމެން އެދޭ ގޮތަކީ

The name is already taken The name is available. Register?

ހިސާބު

10 August 2024

ސަރުކާރު ތިއޮތީ އިންޑިޔާގެ ދަށުވެފައިތަ؟ ދައުރު ނިމުމުގެ ކުރިން ޔުނިފޯމު ބޭލި އިންޑިޔާ ސިފައިން އަލުން ޔުނިފޯމު ލައިގެން ހަރަކާތްތެރިވާނެ ކަމަށް ހިތްބުނަން ފަށައިފި. ބޮޑު މަންޒަރު އަދި އޮތީ ކުރިޔަށް.

The name is already taken The name is available. Register?

ކިހިނެއްދޭނީ

10 August 2024

ހަޖަމުކޮއްލާ. ގުޅުން ނުބޭއްވިޔަސް ބުނާނެ އަވައްޓެރިގައުމަކާ ޖައްސާކައިގެނޭ އުޅެނީ. ގައިމު އިންޑިޔާ ނޫސްތަކުގަ ވެސް އެބައޮތް ސިފައިން ބާލާ ސިވިލް މީހުން ހަވާލުވި ވާހަކަ ވެސް

The name is already taken The name is available. Register?

ލޮލްް

10 August 2024

ސަރުކާރުން އަވަށްޓެރި ގައުމުތަކާ ގުޅުން ބޭއްވުމަކީ ހަމަ އެންމެ ރަނގަޅުކަމެއް. އެކަމަކު ސުވާލަކީ މޭމަތީ ހެޔޮކޮށް ބޮޑުކޮށް އިންޑިޔާ އައުޓު ޖަހައިގެން ނުކުމެ މުޒާހަރާކޮށް ވެރިކަންހޯދި ބަޔަކު ރަށްރަށުގެ މަގުބައްތިޖެހުމާ ބަނދަރުހަޓުހެދުމަށް ދިވެހިންނަށް ފުރުސަތު ނުދީ އިންޑިޔާއަށް އެފަދަ ކުދި ޕުރޮޖެކްޓްތައް ދޭންވީ ކީއްވެހޭ؟ އަނެއްކާ އިންޑިޔާއިން ހަދިޔާކުރި އުޅަނދުތައް ދިވެހިންއަތަށް ލިބުނީއެއްވެސް ނޫން. ތިކަމުން ބޮލުގައި ދަރަނިއެޅުން ނޫންކަމެއް ނުވާނެ.

The name is already taken The name is available. Register?

ތަމީމު

09 August 2024

އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އަދިވެސް ދުއްވަނީ، އިންޑިއާގެ އަސްކަރީ މީހުން! އެ ގައުމުގެ ސިފައިންގެ ގާނޫނު ބުނާގޮތުން، ސިފައިންގެ ހުވާކޮށްގެން މެނުވީ، ސިފައިންގެ އެއްވެސް އެއްޗެއް ނުދުއްވޭނެ!

The name is already taken The name is available. Register?

މިހެން ވެގެން

10 August 2024

އެގައުމުގެ ގާނޫނުގަ ނޯވޭ ރާއްޖެއައް ހަދިޔާކޮއް އަދި ރާއްޖޭގެ ދިފާއީ ބާރުގެ ނަން ޖަހާފަ ހުރި އެއްޗެހި ދުއްވާނީ އިންޑިޔާ ސިފައިންނޭ

The name is already taken The name is available. Register?

ލޮލްް

10 August 2024

ހޫނ!! އެހެންވެ އެއުޅަނދުތައް ދުއްވަން އިންޑިޔާއިން ގެނެސްފައި އެތިބީ ދިވެހީން. ކަލޯ ދެލޯކަނުވިޔަސް ތީ ބޮޑުވަރު. ރަނގަޅަށް ވިއްޔާ މިވެސް ސިސްޓަމުގައި ނަންނެތް ބޮޑު މުސާރައާއެކު ސިޔާސީ މަގާމެއްދީފައި މީސްމީޑިޔާގައި ކާޅު ގޮވާހެން ގޮވަން ހަވާލުކޮށްފައިހުރި ބޮޓެއް ތޯއްޗެއް. މުސާރަ ހަލާލު ވާވަރު ކޮށްލާތި ކޮއްކޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454