ޚިޔާލު / ދީން

ކައިވެނި ހަރާމްވާ ބަޔަކު ތިބުމުގެ ހިކުމަތް

.

އިސްލާމްދީނުގައި އާއިލާ ބިނާކުރުމުގެ އުސޫލުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ކައިވެނި ކުރުމުގައި ކަނޑައެޅިފައިވާ ވަކި ބަޔަކާ ކައިވެނި ކުރުން ހަރާމް ވުމެވެ. މިކަން ކަނޑައެޅިފައިވަނީ މައިގަނޑު ތިން ގޮތަކުން އޮންނަ ގުޅުންތަކެއްގެ މައްޗަށެވެ. ނަސަބުގެ ގޮތުންނާއި ކައިވެނީގެ ގޮތުންނާއި ގާތުން ކިރުދިނުމުގެ ގޮތުން ކައިވެނި ހަރާމް ވާ ބަޔަކު ވެ އެވެ.

މަޙުރަމުންގެ ގޮތުގައި ހިމެނޭ ބައެއް ބާވަތް ކީރިތި ޤުރްއާނުގެ އައްނިސާއު ސޫރަތުގެ 23 ވަނަ އާޔަތުގައި ބަޔާންކޮށްފައި ވެ އެވެ.

އެއީ، "ތިޔަބައިމީހުންގެ މައިންނާއި އަންހެން ދަރިންނާއި އުޚުތުންނާއި ބަފައިފުށުގެ ބޮޑުދައިތައިންނާއި މައިފުށުގެ ބޮޑުދައިތައިންނާއި އަޚުންގެ އަންހެން ދަރިންނާއި އުޚުތުގެ އަންހެން ދަރިންނާއި ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި ކިރުބުއިމުގެ ގޮތުން ތިޔަބައިމީހުންގެ އުޚުތުންނާއި ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި ތިޔަބައިމީހުން އެކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ، (އެބަހީ: ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި (މިމީސްމީހުންނާ) ކާވެނިކުރުން ހަރާމް ކުރެއްވި އެވެ. އެކަނބަލުންގެ ގާތުގައި ތިޔަބައިމީހުން ރޭކޮށްފައި ނުވާ އަނބިންގެ އަންހެންދަރިންނާ ކާވެނި ކުރުމަކުން، ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި، ތިޔަބައިމީހުންގެ ބުރިކަށިތަކުން އުފެދިފައިވާ ތިޔަބައިމީހުންގެ އުފަން ދަރިން އިން މީހުން ވެސް ހަރާމް ކުރެއްވި އެވެ. އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ އުޚުތުން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ އުޚުތުންނާ އިނުން) ވެސް ހަރާމް ކުރެއްވި އެވެ. ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައިވެ އެވެ."

މި އާޔަތުގައި ނަސަބުގެ ގޮތުން ކައިވެނި ހަރާމްވާ ހަތް ބާވަތެއް އެވަނީ ބަޔާން ކޮށްފަ އެވެ. މިގޮތުން ފިރިހެނަކަށް އޭނާގެ އަސްލާއި ފަސްލާއި ފުރަތަމަ އަސްލުގެ ފަސްލާއި އެ އަށް ވުރެ މަތީ ކޮންމެ އަސްލެއްގެ ފުރަތަމަ ފަސްލު ގެ އަންހެނުން ހަރާމްވާނެ އެވެ. މިގޮތުން އަސްލުގައި ހިމެނޭ އަންހެނުންނަކީ މަންމަ އާއި މާމައިންނެވެ. އެއީ މާމަމެން (ދެ ފަރާތުގެ ވެސް) ކިތަންމެ މައްޗަށް ދިޔަސް މެ އެވެ. ފަސްލުގައި ހިމެނޭ އަންހެނުންނަކީ އަންހެންދަރީންނާއި ދަރިންގެ (ދެ ޖިންސުގެ ދަރިންގެ) އަންހެންދަރިންނެވެ. އެއީ މި ދަރިން ކިތަންމެ ދަށަށް ދިޔަސް މެ އެވެ. ފުރަތަމަ އަސްލުގެ ފަސްލުގައި ހިމެނޭ އަންހެނުންގެ އެއް ބަޔަކީ، އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އުޚުތުންނެވެ. ދެ ވަނަ ބަޔަކީ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަޚުންނާއި އުޚުތުންގެ އަންހެންދަރިންނެވެ. އެއީ މި ދަރިން ކިތަންމެ ދަށް ދިޔަސް މެ އެވެ. ފުރަތަމަ އަސްލަށް ވުރެ މަތީ ކޮންމެ އަސްލެއްގެ ފުރަތަމަ ފަސްލު ގައި ހިމެނޭ އަންހެނުންނަކީ ދެ ފަރާތުގެ ބޮޑު ދައިތައިންނެވެ. އެއީ މި ބޮޑުދައިތައިން ކިތަންމެ މައްޗަށް ދިޔަސް މެ އެވެ. މިތަނުގައި ފުރަތަމަ ފަސްލު އެކަނި ހިމެނޭތީ ބޮޑުދައިތަގެ ނުވަތަ ބޮޑުބޭބެ ގެ އަންހެން ދަރިންނެއް ކައިވެނި ހަރާމް ވާ ބައިގައި ނުހިމެނޭނެ އެވެ.

މިއިން ދޭހަވަނީ އަހަރެމެންނަށް ނޭނގޭ އެތައް ކަމެއް އަދި އަހަރެމެންނަށް ނޭނގޭ މުހިންމު ހިކުމަތްތަކެއް މިކަމުގެ ފަހަތުގައިވާނެ ކަމެވެ. ވީމާ އެ ހިކުމަތްތައް ބަޔާން ނުކުރެއްވިޔަސް އިލްމީ ހަގީގަތްތަކާއި އިންސާނީ ދިރިއުޅުމުގައި ހިނގާ ކަންކަމުގެ ތަޖުރިބާގެ އަލީގައި ބަލާއިރު މިގޮތަށް ކައިވެނި ހަރާމްވާ ބަޔަކު ކަނޑައެޅިފައި ވުމުގައި މުހިންމު ހިކުމަތްތަކެއް ވާކަން އެނގެ އެވެ.

ގާތުން ކިރުދިނުމުގެ ސަބަބުން ކައިވެނި ހަރާމްވާ ދެ ބާވަތެއް އާޔަތުގައި ބަޔާންވެފައި ވެ އެވެ. އެއީ ކިރުދިން މައިމީހާ އާއި ކިރުބުއިމުގެ ގޮތުން އުޚުތުންނެވެ. މި ދެ ބާވަތް ނޫނަސް ނަސަބުގެ ގޮތުން ކައިވެނި ހަރާމްވާ ހަތް ބާވަތް ކިރުދިނުމުގެ ސަބަބުން ހަމަ ހަރާމް ވާނެކަން ސައްހަ ހަދީސުން އެނގެ އެވެ. އެހެންކަމުން ކިރުބުއިމުގެ ގޮތުން އަންހެން ދަރިންނާއި ބަފައިފުށުގެ ބޮޑުދައިތައިންނާއި މައިފުށުގެ ބޮޑުދައިތައިންނާއި އަޚުންގެ އަންހެން ދަރިންނާއި އުޚުތުގެ އަންހެން ދަރިން ވެސް ކައިވެނި ހަރާމް މީހުންގެ ގޮތުގައި ވާނެ އެވެ. އެކަމަކު މި ތަނުގައި ވެސް މިއީ ބާވަތްތަކެކެވެ. އެހެންކަމުން ނަސަބުގެ ގޮތުން ހަރާމްވާ މީހުންގެ ބާވަތްތައް ކުރިން ޝަރަހަކުރި އިރު އޭގައި ބަޔާން ކޮށްފައި އެވާ އެންމެން ވެސް މިތަނުގައި ވެސް ހިމެނޭނެ އެވެ.

ދެން އާޔަތުގައި ބަޔާންކޮށްފައި ވަނީ ކައިވެނީގެ ސަބަބުން ކައިވެނި ހަރާމް ވާ ހަތަރު ބާވަތެއްގެ މީހުންނެވެ. އެއީ އަނބިންގެ މައިންނާއި އަނބިންނާ އެކު ރޭކޮށްފައިވާ ނަމަ ދޮންދަރިންނާއި އުފަންދަރިން އިން މީހުންނާއި އަނބިންނާ އެކު އެއްފަހަރާ އޭނާގެ އުޚުތުންނެވެ. މި އާޔަތާ ޖެހިގެން އޮތް އާޔަތުގައި އިތުރު އެއްބާވަތެއްގެ މީހުންގެ ވާހަކަ ބަޔާންކޮށްފައި ވެ އެވެ. އެއީ (މިލްކު ވެގެންވާ އަޅު އަންހެނުން ފިޔަވައި) މީހުންނާ އިނދެގެން ތިބި އަންހެނުންނެވެ. މިއީ ވެސް ބާވަތްތަކެއް ކަމަށް ވާތީ މީގައި ވެސް ތަފުސީލުވެގެންދާ އިރު ނަސަބުގެ ބައިގައި ގެނައި ތަފުސީލުތައް ހިމެނޭނެ އެވެ.

މި މީހުންނާ ކައިވެނި ކުރުން އިސްލާމްދީނުގައި ހަރާމް ކުރެވިފައި މި ވަނީ އެކަމުގައި ވަރަށް ގިނަ ހިކުމަތްތަކެއް އޮވެގެންކަން ކަށަވަރެވެ. އެހެނީ ﷲ އަކީ ހިކުމަތްވަންތަ ރަސްކަލާނގެ އެވެ. ﷲ އިންސާނުންނަށް ކަމެއް މަނާ ކުރައްވާނީ ހަމަ ޔަގީނުން ވެސް އިންސާނުންނަށް އެކަމުގައި ގެއްލުންތަކެއް ވާނެތީ އެވެ. ނުވަތަ އެއީ ރަނގަޅު ނޫން ކަމަކަށް ވާނެތީ އެވެ. މިއީ މުސްލިމުންގެ ގަބޫލު ކުރުމެވެ. އެހެންކަމުން މިކަމުގައި އެކުލެވޭ ހިކުމަތްތަކަށް ނުބެލިޔަސް މުސްލިމަކަށް ފުދޭނެ އެވެ. ނަމަވެސް މިފަދަ ކޮންމެ ކަމެއްގައި އެކުލެވޭ ހިކުމަތް އެނގުމަކީ އިންސާނާގެ ނަފްސަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެކެވެ. އެއާ އެކު، މާތްވެގެންވާ އިސްލާމްދީނުގެ ފުރިހަމަ ކަމާއި ﷲ ގެ އޯގާވަންތަކަން ތަސައްވުރު ކުރެވިގެންދާނެ ކަމެކެވެ. މިހެންވެ އިސްލާމްދީނުގައި މިފަދަ ބައެއް ހުކުމްތަކާ ގުޅުވައިގެން އޭގެ ބައެއް ހިކުމަތްތައް ބަޔާންކޮށްފައި ވެސް ވެ އެވެ. މިސާލަކަށް ރޯދަ ފަރުޟު ކުރެއްވީ ކީއްވެގެން ކަމާއި ހެދުން އެޅުމުގައި ނިވާކަން ބޮޑުކުރަންވީ ކީއްވެގެންކަން ބަޔާން ކުރައްވާފައި ވެ އެވެ.

ހަތަރު ވަނަ ހިކުމަތަކީ، ގާތްތިމާގެ މީހުންނާ ކައިވެނި ކުރުމުން އިންސާނާގެ ވާރުތަވާ ސިފަތަކަށް ގަޑުބަޑުކަން އައުމެވެ. މީގެ ސަބަބުން ތަފާތު ބާވަތްތަކުގެ ބަލިތައް އަންނަން އޮތް ޖީލަށް ވާރުތަ ވާން މަގުފަހިވުމާއި މިފަދަ ކައިވެންޏަކުން ލިބޭ ދަރިންނަށް ތަފާތު ނުކުޅެދުންތެރިކަން މެދުވެރިވުން އެކަށީގެން ވެ އެވެ. މީގެ ތަފުސީލުތައް އިލްމީ ލިޔުންތަކުން ފެންނާން ހުރެ އެވެ.

ނަމަވެސް މިކަމުގައި މިގޮތަށް ހިކުމަތް ބަޔާން ކުރައްވާފައެއް ނުވެ އެވެ. ހަމައެކަނި ބަޔާން ކުރައްވާފައި ވަނީ ﷲ އަކީ މޮޅަށް ދެނެވޮޑިގެންވާ ހިކުމަތްވަންތަ ރަސްކަލާނގެ ކަމަށެވެ. މިއިން ދޭހަވަނީ އަހަރެމެންނަށް ނޭނގޭ އެތައް ކަމެއް އަދި އަހަރެމެންނަށް ނޭނގޭ މުހިންމު ހިކުމަތްތަކެއް މިކަމުގެ ފަހަތުގައިވާނެ ކަމެވެ. ވީމާ އެ ހިކުމަތްތައް ބަޔާން ނުކުރެއްވިޔަސް އިލްމީ ހަގީގަތްތަކާއި އިންސާނީ ދިރިއުޅުމުގައި ހިނގާ ކަންކަމުގެ ތަޖުރިބާގެ އަލީގައި ބަލާއިރު މިގޮތަށް ކައިވެނި ހަރާމްވާ ބަޔަކު ކަނޑައެޅިފައި ވުމުގައި މުހިންމު ހިކުމަތްތަކެއް ވާކަން އެނގެ އެވެ.

މިގޮތުން އިލްމުވެރިން ފާހަގަ ކުރައްވާ އެއް ހިކުމަތަކީ އިންސާނީ ފިތުރަތު ސަލާމަތުން ހުންނަހާ ހިނދަކު ތިމާއާ މިހާ ގާތް މީހަކާ އެކު ކައިވެނީގެ ގޮތުން ގުޅުމަކީ ފިތުރަތު ގަބޫލު ކުރާނެ ނުވަތަ ނަފުސަށް ހަމަޖެހުން ލިބިގެން ކުރާނެ ކަމަކަށް މިކަން ނުވުމެވެ.

ދެ ވަނަ ހިކުމަތަކީ، ގާތްތިމާގެ ކަމުގެ ގުޅުން އެއީ ވަރަށް މަތިވެރި ގުޅުމަކަށް ވާއިރު ކައިވެނީގެ ސަބަބުން ގާތްތިމާގެ ކަމުގެ ގުޅުމަށް އެއްވެސް ބުރުލެއް އެރިޔަ ނުދިނުމެވެ. އެހެނީ ކައިވެނީގެ ގުޅުމުގައި ދެމަފިރިން އަކަކު އަނެކަކަށް އަދާކުރަންޖެހޭ ހައްގުތަކަށް ބަލާއިރު ގާތްތިމާގެ ދެ މީހުންގެ ދެމެދުގައި ހިނގުން އެންމެ އެކަށީގެން ނުވާ ބައެއް ކަންކަން އޭގެ ތެރޭގައި ހިމެނޭތީ އެވެ. ކައިވެނީގެ ގުޅުމަކީ އެކަމުގައި ބައެއް ފަހަރު ދެބަސްވުންތަކާއި ހިތްހަމަނުޖެހުންތައް އެކުލެވޭ ކަމަކަށް ވާއިރު މިފަދަ ދެބަސްވުމެއްގެ ތެރެއިން ރަހިމުގެ ގުޅުމަށް ނުބައި އަސަރު ކޮށްފާނެތީ އެވެ.

ތިން ވަނަ ހިކުމަތަކީ، ކައިވެންޏަކީ ނަސްލު ރައްކާތެރިކޮށް ނަސަބު ދަމަހައްޓާ ނިޒާމަކަށް ވާއިރު، މިހާ ގާތްތިމާގެ މީހުންނާ ކައިވެނި ކުރުމުން ނަސަބު ގުޅިގެންދާ ގޮތް އޮޅުންބޮޅުން ވެގެން ދިއުމެވެ. މިސާލަކަށް ތިމާގެ އަމިއްލަ ދަރިފުޅު އެއީ ތިމާގެ އަނބިމީހާ ކަމަށް ވެއްޖެ ނަމަ އޭނާ އަށް ލިބޭ ކުދިންގެ މަންމަ އެއީ އެ ކުދިންގެ އެއްބަފާ އުޚުތަކަށް ވެސް ވާނެ އެވެ.

ހަތަރު ވަނަ ހިކުމަތަކީ، ގާތްތިމާގެ މީހުންނާ ކައިވެނި ކުރުމުން އިންސާނާގެ ވާރުތަވާ ސިފަތަކަށް ގަޑުބަޑުކަން އައުމެވެ. މީގެ ސަބަބުން ތަފާތު ބާވަތްތަކުގެ ބަލިތައް އަންނަން އޮތް ޖީލަށް ވާރުތަ ވާން މަގުފަހިވުމާއި މިފަދަ ކައިވެންޏަކުން ލިބޭ ދަރިންނަށް ތަފާތު ނުކުޅެދުންތެރިކަން މެދުވެރިވުން އެކަށީގެން ވެ އެވެ. މީގެ ތަފުސީލުތައް އިލްމީ ލިޔުންތަކުން ފެންނާން ހުރެ އެވެ.

މި ނޫނަސް އަހަރެމެންނަށް ނޭނގޭ އެތައް ހިކުމަތެއް މިފަދަ ކައިވެނި ހަރާމް ކުރެއްވުމުގައި ހިމެނިފައި ވެދާނެ ކަމީ މުސްލިމުން ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. މިހެންވެ މުސްލިމު މުޖުތަމައުތަކުގައި މިފަދަ ކައިވެނި ނުކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި ވެ އެވެ. މިއީ ވަރަ ށްވެސް އުފާވެރި ކަމެކެވެ.

1 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަމިނު

11 August 2024

މިޔަށް ޚުޠުބާ އަށް ހަދަން ފެނޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454