އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ވަނީ އިންޑިއާ އިން ރާއްޖޭގައި ތަރައްގީކުރާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައި.--
10 އޯގަސްޓް 2024 - 20:55
މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތްތައް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު މިއަދު ބައްލަވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވަނީ އެ ތަނަށް ޒިޔާރާތް ކުރައްވައި، މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވައިލެއްވި ފޮޓޯތައް ހިއްސާ ކުރައްވައިފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ޖައިޝަންކަރުގެ އަރިހުގައި ވަޑައިގަތެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރާ އެކު ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ.
މި މަޝްރޫއުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމާއި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
Joined Foreign Minister @MoosaZameer and Construction & Infrastructure Minister @muththo for a site visit to the Greater Malé Connectivity Project.
— Dr. S. Jaishankar (@DrSJaishankar) August 10, 2024
The flagship project will enhance connectivity and stimulate the economy. pic.twitter.com/sC9y1sIyss
ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބްރިޖުގެ ނިމިފައި އޮތީ 29 ޕަސެންޓެވެ. އެކަމަކު މިހާރު ބްރިޖުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ތިލަމާލެ ބްރިޖު އަޅަން ވިލިމާލެއާ ގުޅީފަޅު ދެމެދު ޖަހާފައިވާ ތަނބުތަކުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ބްރިޖުގެ މަޝްރޫއަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
މިހާރު ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ދާ ނަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މާލެ އާއި ވިލިމާލެ ގުޅައިލެވޭނެ ކަމަށް ކުރިން ވެސް ބުނެފައިވެ އެވެ. މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯ ކޮމެންޓް؟
11 August 2024
މި ޚަބަރަށް ހަމަ އެއްވެސް މީހަކު ކޮމެންޓް ނުކުރަނީތަ؟