ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން.
12 އޯގަސްޓް 2024 - 06:27
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އާމިރް ހާން އެކްޓުކުރުން ހުއްޓާލައި ރިޓަޔާކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް ދީފި އެވެ.
އާމިރް މިފަހުން ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދިން ކާމިޔާބު ފިލްމު "ލާޕަތާ ލޭޑީސް"ގެ ހާއްސަ ސްކްރީނެއް އިންޑިއާގެ ސުޕްރީމް ކޯޓުގައި ބާއްވައިފަ އެވެ. މިދިޔަ އަހަރު ގެނެސްދިން އެ ފިލްމަކީ އާމިރް އާއި އޭނާ ކުރީގެ އަންހެނުން އަދި ބިޒްނަސް ޕާޓްނަރު ކިރަން ރާއޯ ޕްރޮޑިއުސްކުރި ފިލްމެކެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުގައި ބޭއްވި އެ ފިލްމުގެ ހާއްސަ ސްކްރީނިން އަށް އިންޑިއާގެ ބަންޑާރަ ނައިބު ޑީވައި ޗަންދުރަޗޫދު ވެސް ވަޑައިގަތެވެ.
އެ ފިލްމު އެޅުމަށް ފަހު ބަންޑާރަ ނައިބާ ދެއްކި ވާހަކަތަކުގައި އާމިރް ވަނީ އޭނާ އެކްޓުކުރުން ހުއްޓާލަން ވިސްނާކަމުގެ ސާފު އިޝާރާތެއް ދީފަ އެވެ.
"އަހަންނަށް ހީވޭ މިއީ އަހަރެންގެ [އެކްޓިން] ކެރިއަރުގެ އެންމެ ފަހު ދުވަސްކޮޅުހެން. އަހަރެން ހީކުރީ އަހަންނަށް އަހަރަކު ފިލްމެއް ކުޅެވޭނެ ކަމަށް، އެކަމަކު ޕްރޮޑިއުސަރެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރާ ނަމަ، އަހަރެން ބޭނުންވާ ކަހަލަ ވާހަކަތަކާ އެކު އަހަރަކު އެތައް ފިލްމެއް ގެނެސްދެވިދާނެ،" އުމުރުން 59 އަހަރުގެ އާމިރް ބުންޏެވެ.
#WATCH | Delhi: Actor Aamir Khan at the Supreme Court, as he leaves from Court No.1 after hearing.
— ANI (@ANI) August 9, 2024
Chief Justice of India DY Chandrachud welcomed him and said - I don't want a stampede in the court, but we welcome Mr Amir Khan who is here for the screening of the film.
His… pic.twitter.com/lTe7qRcjj1
އާމިރް ބުނީ ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާ އަހަރަކު 4-5 ފިލްމު ގެނެސްދޭން ބޭނުންވާ ކަމަށާއި އަދި ދާއިރާއަށް އަލަށް ނުކުންނަ ލިޔުންތެރިންނާއި ޑައިރެކްޓަރުންނާއި އެހެން ވެސް ފަންނާނުން ފުރުސަތުތައް ފަހިކޮށްދޭން އޭނާ ބޭނުންވާ ކަމަށެވެ.
އާމިރް އެކްޓުކުރުމުން ރިޓަޔާކުރަން ވިސްނާކަން ހާމަކުރި އިރު، އޭނާ ކުޅޭ ފިލްމެއްގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެއީ "ސިތާރޭ ޒަމީން ޕަރް" އެވެ. އެ ފިލްމުގެ އިތުރުން އޭނާ ޕްރޮޑިއުސްކުރާ ވަރަށް ގިނަ އެހެން ފިލްމުތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
12 August 2024
ތިގޮތަށް ވިސްނުން ވެސް އެއީ ވަރަށް ރަނގަޅު ކަމެއް.އާމިރުމެން މިގޮތަށް ވިސްނުން ހުއްޓަސް މުސްކުޅިވީމަ ވެސް ކެމެރާ ކުރިމަތިން ނެއްޓެއް ނޭނގިގެން އަމީތާބު ހުންނާތީވެ ހައިރާންވޭ. ވ.ވެދުން
އޯލް އިން ވަން
13 August 2024
އަމީތާބް ކަހަލަ ކުޅަދާނަ ފަންނާނެއް ކެމެރާ ކުރިމަތިން ނުފެނި ހުންނާ ކަށް އހަރެމެން ނޭދޭ! ޢާމިރަށް ވުރެން ހުރިހާ ގޮތަކުން ކުޅަދާނަ ކެރޭ މޮޅު ބަތަލެއް އެއީ!
އާމިރާ ހާން
12 August 2024
ދެން ތި ޖެހުނީ މަ ފިލްމް ކުޅެން ފަށަން