ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހެއްގެ ގެ ކައިރިއަށް އެއްވެ ބަޔަކު އަޑުއުފުލަނީ.-- ފޮޓޯ: މިހާރު
12 އޯގަސްޓް 2024 - 20:46
ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް މީހެއްގެ މައްޗަށް ތުހުމަތުކޮށް، އޭނާ ދިރިއުޅޭ ގެ ކައިރިއަށް ބަޔަކު އެއްވެ، މިރޭ އަޑު އުފުލަން ފަށައިފި އެވެ.
މާލޭ އަސްޑާ ކެފޭ ކައިރީގައި ހުންނަ އެ ގެ ކައިރިއަށް ބަޔަކު އެއްވެ، އަޑު އުފުލަމުން އަންނަތާ މިހާރު ގަޑިއެއްހާއިރު ވެއްޖެ އެވެ.
ފުލުހުން ބުނީ ގ. އަސްޑާ ކެފޭ ހުންނަ ހިސާބުގައި މިރޭ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ.
"އެމީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނީ ދެ މީހެއްގެ މެދުގައި ހިނގާފައިވާ ފައިސާގެ މުއާމަލާތަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ ގެ ކައިރިއަށް އެއްވެފައިވާ މީހުން ދަނީ ޓިކްޓޮކްގައި ވެސް މި މަންޒަރު ލައިވް ކުރަމުންނެވެ.
ޓިކްޓޮކް ލައިވްގައި ބައެއް މީހުން ބުނި ގޮތުގައި، ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދީ އަންހެނެކެވެ. އެ ސްކޭމްގައި ޖެހުނީ މި އަންހެން މީހާއާ ގާތް ގުޅުމެއް ބޭއްވި ފިރިހެނެކެވެ. އަންހެން މީހާ އަކީ އެހެން މީހަކާ ކައިވެނި ކޮށްގެން ވެސް އުޅޭ މީހެއް ކަމަށާއި އަދި ސްކޭމްގައި ޖެހުނު ފިރިހެން މީހާ އަތުން 300،000ރ. އޮޅުވާލައިގެން ނެގި ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ.
އަންހެން މީހާ އެ ފައިސާ ޖަމާކުރީ އޭނާގެ ފިރިމީހާ އާއި ކޮއްކޮގެ އެކައުންޓަށް ކަމަށް ވެސް ޓިކްޓޮކް ލައިވްގައި ބައެއް މީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަނބުރޯލު
13 August 2024
ފިރިހެންމީހާޖެހޭތަ އަންހެނަކު ފެންނައިރަށް ލައްކަލައްކިން ޖަމާކުރަން. ތިގޮތަށް ތިކަންވަންޏާ އަހަރެންވެސް ރައްޓެހިވި ހުރިހާ މީހުންކައިރިން ލައްކަ އެއްޗެހި އެބަހުރި ރިފަންޑްކުރަންވެފަ އޮޑިޓެއްކޮށްލީމަ އެނގޭނީ ކިހާވަރެއްތޯ
އިއްސާނިކު
13 August 2024
ކަނބަލުން އެބަ ބާރުވެރިވޭ. ފެމިނިސްޓް ހަރަކާތުގެ ފައުންޑަރުންނަށް މަރުހަބާ! މިހާ ހިސާބަށް މި ކުރެވުނު ދަތުރު ކުރުމަށް ގާނޫނާ ގަވާއިދާ އަދި އެހެނިހެން އުސޫލުތަކަށް ގެނެވުނު ބަދަލު ތަކުން ދެން ކަނބަލުން ފަހަތް އެނބުރި ބަލާލާކަށް ޖާގައެއް ނެތް. ބާރަށް ކުރިއަށް ދޭ...
ވައިނީ
13 August 2024
އަންހެނުން ލައްކަ ބާރުވެރިޔޭ ދޯ މި ރާއްޖޭގަ. އެނޫނަސް ހާދަ މުއްސަނދި ގޮލަޔެކޭ 300000 ގެންގުޅޭނީ
މުޒާހިރު
13 August 2024
1 އަހަރު ވަންދެން އެކި ފަހަރު މަތިން ދީފަ ހުރި ފައިސާ
ބުރުގާ
13 August 2024
މަށެއް އެއްވެސް މީހަކައް އެއްވެސް ފައިސާއެއް ނުދޭނަން. އެވަރިހަމަ ކިތަންމެ މޮޅު ވާހަކައެއް ކިތަންމެ ދެރަވެފަ ބުންޏަސް. ވަރިހަމަ.
އެޑްމުންޑޯ
13 August 2024
ކަލޭ ހާދަ ހިތްހަރޭދޯ ، ތިޔައީ ހަމަ ހިލަހިތެއްގެ ވެރިއެއް ، ގަދަގޮަލައެއް އިގޭ
ގަމާރޭ
12 August 2024
ޢަންހެނަކު އެއްޗެކޭ ބުނާއިރު ފިރެހެނުންވެސް މިތިބެނީ ފާޑަކައް ހޭބަލިވެފަ ތޯއްޗެ
ސަރުކާނު
12 August 2024
ގަދަކަމުން ނެއް ނޫން ދޯ ފައިސާ އަތުލީ. މީހެއްގެ އެކައުންޓުން ފްރީޒްކޮށް ހެދުމުގެ ބާރެއް ފުލުހުންނަކަށް ނޯންނާނެ. ކޯޓުއަމުރެއް ބޭނުންވާނެ. އެހެންވީމަ ޝަރީޢަތަށް ދާންޖެހޭނީ.
ވަކީލު
13 August 2024
ހައްޔަރުކޮށް ތަހުގީގް ކުރަން އެ ގޮވަނީ....ފްރީޒްކުރާކަށް ނޫން.
ފދރ
12 August 2024
މަ މި ކިޔަނީ އަމާ ބުންޏަސް ލާރި ނުފޮނުވާށޭ. މި ގައުމުގައި މިހާރު ތެދެއް ދޮގެއް އަސްލެއް ވަސްލެއް ވަތްކެތް ނުވޭ. ކޮލަމްބިއާ އަށް ވުރެ ސްކޭމް ގިނަ. މީ މިހާރު މޯލްޑިވްސް އެއް ނޫން. ސްކޭމުލްޑިވްސް.
48343
12 August 2024
ކެންސަރު ހުރިކަމަށްދައްކާ އޮޅުވާލީ. އަނެއްކާ އެސޮރަށް އެނގޭބާ އަންހެންމީހާ އުޅެނީ މީހަކާ އިނދެގެންކަން؟
އިސްކޭމް
13 August 2024
ނޭނގެ އެއްވެސް އެއްޗެއް. އެއް އަހަރު ވަންދެން ނަމާއި ފޮޓޯވެސް އޮޅުވާލައިގެން އުޅުނީ. ވަރަށް ގިނަ ބަޔަކަށް އޮޅުވާލައިގެން އުޅުނީ. ލާރި ނެގޭ ވަރަށް ބައްދާލެވުނީ އެކަކު.
އުދުހޭ
12 August 2024
ފުލުހުންނަށް ރިޕޯޓްކުރިޔަސް ފިޔަވަޅެއް ނާޅާ. ބުނަނީ ފައިސާ ނުފޮނުވާށޯ. މަކަރާހީލަތް ހެދުމަކީ ގާނޫނީ ކުށަކަށްވާއިރު އަދި އެކައުންޓް ނަންބަރުން އެކައުންޓްގެ ވެރިވަފަރާތް ހޯދެން އޮންނައިރު ގާނޫނީ ފިޔަވަޅު ނޭޅޭނީ ފުލުހުން އެފަދަ ކުށްތަކަށް ހިތްވަރުދޭންބޭނުންވާތީކަމަށް އަޅުގަޑަށް ވިސްނެނީ.
ފިޔަބިދިފަ
13 August 2024
ބަލަ މީހަކު ހަދާ ކޮންމެ ދޮގަކަށް ފުލުހުންނާއި މުއައްސަސާތަކުން އެމީހަކަށް އަދަބު ދޭންވެއްޖެނަމަ މި ރާއްޖެއަކު އެނޫން މީހަކު ހުންނާނެހެން ހިއެއްނުވޭ. މީހަކު ތިމާހުރީ ކެންސަރު ޖެހިފައޭ ނުވަތަ ކާނެ އެއްޗެއް ނުލިބިފައޭ ބުނާއިރަށް ލާރިދޭންޖެހޭތަ، ފޭސްބުކްގަ މީހަކު ޕޯސްޓެއް ޖަހާލާއިރަށް ލާރިދޭ ހިތުން މޮޔަވެފަ، ތެދެއްތޯ ދޮގެއްތޯ ބަލާލަނީއެއްނޫން، މީހަކަށް އެހީވުމުގެ ކުރިން އެމީހަކީ ހަގީގަތުގައިވެސް އެހީ ބޭނުންވާ މީހެއްތޯ ބެލުމަކީ އެންމެ ރަގަޅުގޮތް.
ޔަގީންޓާރ
12 August 2024
އަންހެންމީހާ އުޅުނީ އެފިރިހެން ކުއްޖާއަށް އޮޅުވާލައިގެން ރައްޓެހިވެގެން ކަމަށް ހެދިގެން، ދެން ކެންސަރޭ ކިޔާފަ އެއް އަހަރުތެރޭ ތިންލައްކަ ރުފިޔާ ކަޓުވާލީ، މީގަ ފިރިހެންމީހާ ވަރަށް ގަމާރު
ރަދީފްއޮފިޝަލް
12 August 2024
''އަން'' ކިޔައިފިނަމަ ބައެއް ފިރިހެނުން ތިބެނީ މޮޔަވެފަ.