ހެލްތު މިނިސްޓަރު ހަލީލް: އޭނާ ވަނީ ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފައި --- ފޮޓޯ/މިހާރު
19 އޯގަސްޓް 2024 - 11:29
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ހުޅުމާލެއިން ފްލެޓެއް ބައްލަވައިގެންފި އެވެ.
ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ.
އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައިވަނީ 1،235 އަކަފޫޓްގެ އެ ފްލެޓްގެ އަގު ހަލީލް ދައްކަވާފައިވާތީ ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
ހަލީލަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މި ސަރުކާރުގެ މިނިސްޓަރަކަށް ހަމަޖެއްސުމުގެ ކުރިން އަމިއްލަ ވިޔަފާރި ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިލް
19 August 2024
މާލޭ ބޭފުޅުނެ ދެން އުޅުއްވާ ގޮތެއް!
ޖިސެން
19 August 2024
ދެން ކީއް
ތެފައާސާ.
19 August 2024
ހިޔާފުލެޓުން ބައެއް ބޭފުޅުންގެ އާއިލާތަކަށް ވިހި ބާވީހުން ފުލެޓު ލިބުނު ވާހަކަވެސް ދައްކާ!!!
ސީޒަން ޖެކްޝަން
19 August 2024
އެންޓިކޮރަޕްޝަންގާ ހުރި ނަޒާހަތެއް މިފަހަރު ފެންނާނެ.
ކަރީނާ
19 August 2024
ޝާހިދަށ މަހަކު މިލިޔަނުން ކުލި ލިބޭއިރު އޭނާގެ ދަރިއެއް ފުލެޓުގަނެގެން ނުނިދިގެން އުޅުނު ބޭފުޅާ ކޮބާ
އިހްސާސް
19 August 2024
ކޮބާ އެންޓިކޮރަޕްޝަން ކޮމިޝަނަށް މިމައްސަލަ ބެލޭނެބާ.؟ ޕީޖީއަށްވެސް ފޮނުވެންވާނެ ދައުވާ ކުރެވޭތޯ ނޫންތޯ ބަލަން. ޒިފްލީނާވީމަ އެކަނި މިހެން ހަދައިގެން ނުވާނެތާ..
ޙަޤީ
19 August 2024
މިނިސްޓަރުކަން ލިބުމުގެ ކުރިން ގަނެފައި އޮތް އެއްޗެއްގެ ވާހަކަ މިއަދު ދެއްކުމުގެ ބޭނުމަކީ ކޮބާ
ބޮކި
19 August 2024
ކާމިޔާބު ނުވަމަސް..........
މޮޑަފްް
19 August 2024
ޒިފްލީނާަ ފްލެޓެއް ގަތީމަ އޭސީސީން ބަލަންޏާ ޚަލީލުގެ މައްސަލަވެސް ބެލެންޖެހޭނެ. އަދި ނިހާނާ އަދުރޭއާ މިހެންގޮސް މީގެ 10 އަހަރުކުރިން އަތުގަ މުކޮސްވެސް ނެތް ބަޔަކު މިލިއަނަރުންނަށް ވެފަ ތިބި މައްސަލަވެސް ބެލެންޖެޙެނެ.
އަފްރާސިޔާބު
19 August 2024
އޭސީސީން ނުބަލާނެ ޔާމީނު ކޮށްފައިވާ އަދި އޭނާ ވެރިކަންކުރިއިރު ކޮށްފައިވާ އެއްވެސް ކަމެއް،
ހަލީމަތު
19 August 2024
އެއީދެން އެހާވަރު ކަމެއްތަ؟ ލޯނެއް ނަގައިގެންވެސް ފްލެޓެއް ގަނެފާނެނު. މީހަކު ފްލެޓެއް ގަންނައިރަށް އެވާހަކަ ނޫހުގަ މިޖަހަނީ
ސުޓައިލް
19 August 2024
މަންޖޭ އެހެންނެއް ނޫން އެވަނީ. ސަރުކާރު ނުވަތަ ދައުލަތުގެ މަތީ ފަޑީގައި ތިއްބަވާ ބޭފުޅުންގެ ކަންތައްތައް ތަންކޮޅެއް ތިލަވާން ޖެހޭނެ.