އަންނަ ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި ހުތުބާ ދެެއްވާ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޒް މަޖްދީ ޢީސާ އާއި ޑރ މުހައްމަދު ޝަހީމް އަލީ ސައީދު
20 އޯގަސްޓް 2024 - 20:37
އޮސްޓްރޭލިއާ ނޭވީގެ އިމާމް މަޖްދީ އީސާ ރާއްޖޭގައި ހުތުބާއެއް ދިނުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީން ބުނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އަންނަ ހުކުރު ދުވަހު ރަޝީދު މިސްކިތުގައި ހުތުބާއެއް ދެއްވާނެ ކަމަށާއި އޭނާ ހުތުބާ ދެއްވާނީ އިނގިރޭސި ބަހުން ކަމަށެވެ.
އޭނާއަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީ އިން ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭރު މީހަކު އިނގިރޭސި ބަހުން ހުތުބާ ދެއްވުމަށް ދައުވަތު އެރުވީ ވެސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިސްލާމިކް މިނިސްޓަރު ކަމުގައި 2015 ވަނަ އަހަރު އެވެ. އެމެރިކާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޔާސީރު ގާދީ ރާއްޖެއަށް ވަޑައިގެން، ހުތުބާ ދެއްވީ އިސްލާމީ މަރުކަޒުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު33
21 August 2024
މިއީ ކޮންމެހެން ކުރަންޖެހޭކަމެއްތޯ؟!
ޝަހީމުއަށް ޓާޓާ
21 August 2024
ފަލަސްތީނާ ދެކޮޅަށް އަދި އެހެނިހެން މުސްލިމު ޤައުމުތަކާ ދެކޮޅަށް ކުރާ ހަނގުރާމަތަކުގާ އަބަދުވެސް މުސްލިމުންނާ ދެކޮޅަށް ހަތިޔާރާ، ސަޕޯޓާ، ސިފައިންވެސް ދޭ ޤައުމުތަކުގެ އަސްކަރިއްޔާގަަ މީހަކު އަހަރުމެންގެ މައްޗަށް ޚަތީބުކަމަށް އިސްކޮށް ހަދަން މިއުޅޭ އެއްޗެއް ނޭނގިނުދާނެ! ޝަހީމު ބޮއިކޮޓް! އަމިއްލައަށް ޕްރޮމޯޓުވާންވެސް މިވަރުބޮޑުވަރު. ވެދުން ސަލާން.
އަޖޫބޭ
21 August 2024
ޑރ. ޝަހީމު ވަރަށް ބޮޑަށް ހެޑްލައިން ޖާގަ ހޯދަން މަސައްކަތް ކުރާކަން ފާހަގަކުރެވޭ! ދެއްކުންތެރިކަން ހުއްޓާލަން ޑރ. ޝަހީމަށް ގޮވާލަން. ފޭސްބުކްގަވެސް ހުރޭ އަމިއްލައަށް ކަންކަން ކުރާތަންތާގެ ފޮޓޯ ނަގައިފަ ޝެއަރކޮށްފަ. މީ ދެއްކުންތެރިކަން!
މިވަރެއްނެތް
21 August 2024
ޝަހީމްމެން ކަހަލަ ދިވެހި ޝޭހަކަށް ބޭރު ގައުމެއްގައި ޚުތުބުކިޔުމުގެ ފުރުސަތެއް ޔަގީނުންވެސް ނުދޭނެ! ޚުތުބާއަކީ އެ އަޑުއަހާ ގިނަ ބަޔަކަށް އެނގޭ ބަހަކުން ކިޔަންވާ އެއްޗެއް. އެހެން ނޫންނަމަ މަގްސަދު ގެއްލޭނެ. ބޭރު މީހުންނާއި ކުލަ ދޮންމީހުން ކަމުދަނީ ތިމާގެ ނަސްސަށް އިތުބާރު ނުތިބޭ މީހުން. ކުރީޒަމާނުގައި ރާއްޖެތެރެއަށް މީހަކު އަރުވާލީމަ އެމީހާވެސް މޮޅު ފަންޑިތަ ހަދާ މީހަކަށް ވާހެން ބޭރުން އިސްލާމަކު އަންނައިރަށް އެވަރެއް ނެތިއުޅުމަކީ މޮޅުކަމެއް ނޫން.
އޮސީ އިޒުރޭލު
21 August 2024
އޮސްޓްރޭލިއާ އާއި އިޒެރޭލު ގުޅިގެން ހިންގާ ޖަރީމާ ވަހަކަ ދައްކަން މީނައަށް ކެރޭނެތަ؟
އަންސީ އަލީ
21 August 2024
ދިވެހިންނައް ވަނީ ދީންވެސް އޮޅިފާ! އަރަބި ނޭގޭތީވެ، ކިޔޭ ނުކިޔޭވެސް ގިނަމީހުންނައް ނޭގޭ! ނޭގެޔޭ ބުނަންވެސް އަމިއްލައައް ލަދުން ބުނަން ނުކެރޭ! އިގިރޭސި ބަހުން މީހަކު ބުނެދޭން އުޅުނަސް އަޑުއަހަންވެސް ނުކެރޭ! ހަމުގެ ކުލައިން، ނަމުގެ ސަބަބުން، ފަގީރު ގައުމަކައްވާތީވެ، އެކަހެރި ކޮން އޮންނާތީވެ، ހޭލުންތެރިކަންވެސް ކުޑަވީމަ، ދިރިއުޅުމުގަ ކުރުދޮށި ލިބިގެން މިތިވެނީ، ވާނުވާގައި! ފަރަންޖީ ރާގަކައް ރައިވަރެއް ކިޔާލީމަ، ސޮނިވެއްޓޭމީހުން ގިނަ!
ކިމް
21 August 2024
މީނަވެސް ކިޔާނީ ލިޔެފަ ދޭއެތި؟ޝަމީމް ޙުތުބާ ދީބަލަ.
އަބްޑޫޅް +
21 August 2024
އޮޝްޓޭލިޔާ ގައި އިމާން ތިބެނީ، އެއީ ދުނިޔޭގެ އިންސާނީ ހައްގު ތަކުގެ މުއާހަދާ އަށް އެމީހުން އިހުތިރާމު ކުރާތީ. ކަލޭމެންވެސް ސޮއިކޮށްފަ އޮތް، ހަމަ އެ މުއާހަދާއަކަށް ކަލޭމެން އިހުތިރާމެއް ނުކުރޭ. އެހެން ވެގެންނޭ ކަލޭމެން އެހެން މީހުންގެ ދީނަށް އިހުތިރާމު ނުކުރަނީ. ކޮންވާހަކައެއް ދައްކާކަށް؟ ރާއްޖޭގެ މިސްކިތްތަކުގަ ޗަންދާނަގައިގެން ކަލޭމެން އޮޝްޓޭލިޔާގަ މިސްކިތެއްވެސް އެބަ އަޅަމު. ކޮބާ އިންސާނީ ހައްގު؟ ޗީޗީ!
ށަވުޔަނިބެ
21 August 2024
ށަހީމު މަޝްހޫރުވާން ސުރުހީ އެޅުމުގަ ރެއާ ދުވާލުދޯ!
މުޑަހަންޖާ
20 August 2024
ކޮބާތަ މީނަގެ ހާއްސަކަމަކީ. އޮސްޓްރޭލިއާނޭވީ ވީމަ މާ ހާއްސަވަނީތަ. ރާއްޖޭ ކޯސްޓުގާޑުގަ އިމާމު ސަނަދު އޮތް މީހުން ނެތީތަ.