ދ. ހުޅުދެލި.-- ފޮޓޯ: ހުޅުދެލި ފޭސްބުކް ޕޭޖް
21 އޯގަސްޓް 2024 - 22:40
ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ ޑިސްކޮލިފައި ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ކުރިމަތިލީ ހުޅުދެލި މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށެވެ.
ޑީޖޭއޭއާ ހަވާލާދީ އޭނާ ޑިސްކޮލިފައިކޮށް ކޯޓުން ފޮނުވި ކަމަށް ބުނާ އީމެއިލް މިހާރު ވަނީ ސޯޝަލްމީޑިއާގައި އާއްމުވެފަ އެވެ.
ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލީ މީހުންގެ މައުލޫމާތު އެ ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ހިއްސާކުރުމުން، އޭނާ އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް އެ ޑިޕާޓްމަންޓުން ކޯޓަށް އަންގާފައިވާ ކަމަށެވެ.
"ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ދެންނެވީމެވެ،" ޑީޖީއޭއިން މިގޮތަށް އެންގި ކަމަށް ހުޅުދެލީ ކޯޓުން އެ އަންހެން މީހާއަށް ފޮނުވި އީމެއިލްގައި ބުންޏެވެ.
މި ވަޒީފާގައި އިންޓަވިއު އާއި ޕްރެކްޓިކަލް ކުރިއަށް ގެންދިޔައިރު އޭނާއަކީ މޫނު ބުރުގާ އަޅާ މީހެއްކަން ފާހަގަކުރެވިފައި ވާތީ، އޭނާ ޑިސްކޮލިފައިކޮށް، ވަޒީފާގެ ރެކްރޫޓްމަންޓް ޕްރޮސެސްގައި ނުހިމަނަން ނިންމާފައިވާ ކަމަށް އެ އީމެއިލްގައި ހުޅުދެލީ ކޯޓުން ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ޑީޖޭއޭގެ ބަހެއް އަދި ނުލިބެ އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އޮޅުންފިލުވުމަށް ފަހު މާދަމާ ޖަވާބެއް ދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭކްލިސްޓް
22 August 2024
އިސްލާމްދީނުގައި ކޮން އިރަކުތަ އަންގަވާފައިވަނީ މޫނު ބުރުގާ އަޅަންޖެހޭ ކަމަށް؟ އެހެންވީމާ މޫނުބުރުގާ އެޅުމަކީ ދީނީ ކަމަކަށް ވަނީ ކީއްވެ.
raajje
22 August 2024
ކޮމެންޓުތައްކިޔާލާފައި އިތުރުކޮމެންޓެއްޖަހާލާހިތްވީ.. ބައެއްކޮމެންޓުތަކުގައި ބުނެފައިއެބަހުރި އޮފީސްތަކުގައި ފިންގަރޕުރިންޓުޖެހީމާ މޫނުނިވާކޮށްގެން ހުއްޓަސްކާކުކަންއެނގޭނެޔޭ، އެހެންކޮމެންޓެއްގައިބުނެފައިވޭ އޮފީހުގައިދުވަސްކޮޅެއްވީމާ އެކީގައިއުޅޭމީހުނަށް އެއީކާކުކަން އެނގޭނެޔޭ! ނަމަވެސް ގަވައިދުގައިއޮތީ ފިންގަރޕުރިންޓާ މައިކުރޮސްކޯޕުބޭނުންކޮށްގެން ކާކުކަންދެނެގަނެވެންޖެހޭވާހަކައެއްނޫން، ހަމަލޮލުންބަލާލީމާ ކާކުކަންއެނގޭގޮތަށް ހެދުންއަޅަންޖެހޭވާހަކަ
ބަރުދު
22 August 2024
ދ. ހުޅުދެލީ މީހުނަށް އޭނަ މޫނުއަޅާފަ ހުއްޓަސް.އެނގޭނެ. ދިވެހިން ދެން އަމިއްލައަށް ނޭނގިގަނެގެން ގަމާރުވެގަނެގެން އުޅުން ހުއްޓާލަންވެއްޖެނު! މިތާގަ ކޮމެންޓުކޮށްފަ ތިބި މީހުންވެސް އަޅޭ ނޭނގެއޭ ކާކުކަމެއް ކިޔައިން ދޮގު ނުހަދަބަލަ. ކަލޭމެންގެ ލައިފްގަ ފެނިދެނިވެ އުޅޭ މީހަކު މޫނު އެޅީމަ ހަމަ ރަނގަޅަށް އެނގޭނެ އެމީހާ އެހެން ތާކުން ފެނުނީމަ އެއަކީ ކަލޭ ދަންނަ މީހެއްކަން. އަދި ކާކުކަންވެސް. ނަފުރަތު ނުފަތުރަބަލަ މޫނުއަޅާކުދިންނާ މެދު.
ކަތްދައްތަ
22 August 2024
މިއީ ޒަމާނަކުން އައިޒަމާނެއް. އެގޮތްވެސް ގޯސް މިގޮތްވެސް ގޯސް.
ނިދަނީތަ
22 August 2024
ކޮބާ ސޭހުމެން
އއމނ
22 August 2024
ޝޭހުމެން އޭރުވެސް، މިހާރުވެސް މިވާހަކަ ދައްކައޭ. ވަކި ސަރުކާރަކުން ވީމަ މިކަހަލަ ކަންކަމުގަ ހަނަކު ނުތިބެޔޭ
ސޭހުމެން
22 August 2024
މިއުޅެނީ.
ގަވާއިދު
22 August 2024
ކޮންމެ ކަމަކަށްވެސް ގަވައިދު ހެދިފައި ހުރޭ. ކޯޓަކީ ހާމަކަން ބޮޑުކޮށް އެތާއުޅޭމީހުންނާއި މުއާމަލާތް ކުރާމީހުން ސާފުވާންޖެހޭ ތަނެއް. ތިމާ އެކަމަށް ކޮލިފައި ނުވީމާ ދީނީ ކާޑުކުޅުން ހުއްޓާލަން ޖެހޭ. ތިކަން ތިއޮތީ ގަވާއިދަށް.
އއމނ
22 August 2024
ގަވާއިދުތައް އިސްލާހު ކުރަމާ؟ މޫނު ބުރުގާ އަކީ ހުރަހަކަށް ވާކަށް ނުޖެހޭ. ފިހާރަ ކައުންޓަރުތަކުގަ ތިބޭ ކުދިން ވެސް މޫނު އަޅާ، ދެތިން ކުދިން އެކި ޝިފްޓަށްވެސް ތިބޭ، ކާކުކަމެއް ނޯޅޭ، ދެފަހަރަކު ފެނިލާ އިރަށް ވަކި ކުރަން އިނގޭ. ކާކުކަން އެނގޭނެ ކަހަލަ އައިޑީ އެއް ނޭމްޓެގް އެއްވެސް އަޅައިގެން އުޅެވިދާނެ ދޯ. މިޒަމާނުގަ ކާކުކަން ސާފުކުރަން އެހާ އުދަނގޫ އުފުލާކަށް ނުޖެހެޔޭ
ލިމިޓްގަ ބުރުގާ ބަހައްޓާ
22 August 2024
ރަނގަޅު ނިންމުމެއް. މީހުންނަށް ޚިދުމަތްދޭން ތިބޭ މީހުން އެއީ ކާކުކަން އިނގުން މުހިއްމު
ރަނގަޅު ކުރުސީ
22 August 2024
މިހަރު ކަރުގައި އައިޑީ ޓެގު ޖަހާފަ އޮންނަކަން ދެނަ ހުރިންތަ. އަތުގަ އޮންނަ ފޯނު އެކަނި ދޯ ތި ކުރިއަރަނީ. ތީ ތެޔޮލާން ހުންނަ ބޮލެއްތަ؟
އެޑްމުންޑޯ
22 August 2024
ތީގެ އެއްވެސް ބަޔަކު ގޯހެއްނޫން ، 2011 ގެ ހަދާފައި އިންގަވާއިދެއްގެ ދަށުން އެޅި ފިޔަވަޅެއް ، އެހެންވީމާ އެކަކު އަނެކަކަށް އިނގިލިދިގުކޮށް ފުރައްސާރަ ކުރުމުގެ ބަދަލުގައި ތިގަވާއިދު އިސްލާހުކޮށް މޫނު ބުރުގާ އެޅިޔަސް ވަޒީފާ ލިބޭގޮތަށް ހެދީމާ އެނިމުނީ .
raajje
22 August 2024
އަޅުގަނޑަކަށްފާހަގައެއްނުވޭ މިކަމުގައިއެއްވެސް މައްސަލައެއް، ކާކުކަންނޭންގޭގޮތަށް ހިދުމަތްދޭތަންތަނުގައި ނުވަތަ އޮފީހުގެއެތެރޭގައިވެސް މީހަކުއުޅުމަކީ އެކަމުގައި އެހެންމީހުނަށްގެއްލުންވެދާނެ ބައިވަރު ރިސްކުތައްހިމެނޭކަމެއް، މިސާލަކަށް މިއަންހެންބޭފުޅާއަށްހެދިގެން އެހެންމީހަކު އޮފީސްތެރެއަށް ވަދެފަނިކުތަސް ވަގުތުންއެކަން ފާހަގަނުވާނެ! މޫނުބުރުގާނޭޅޭ ވަޒީފާތައް އިޢުލާނުކުރާއިރު އިއުލާނުގައިއެކަން ފާހަގަކޮށްލީމާ މިފަދަމައްސަލަތައް ދިމަލެއްނުވާނެ
ސައިލެންޓްއިކޯސް
22 August 2024
ފިންގަރޕްރިންޓް އެކްސެސް ކޮންޓްރޯލް ހުރޭ
raajje
22 August 2024
ސައިލެންޓްއިކޯސް: ތިޔަކޮމެންޓުގެ ޖަވާބުގައި ފުރަތަމަފާހަގަކޮށްލާކަމަކީ، ހުރިހާއޮފީހެއްގައި ހުންނަނީ ފިންގާޕުރިންޓުން ކޮންޓުރޯލުކުރާ ދޮރެއްނޫން، ފިންގާޕުރިންޓުނުޖަހާވެސް އެންމެއެތެރެއަށްވެސް ވަދެވޭނެ! ފިންގަރޕުރިންޓުސިސްޓަމްތައް އޮފީސްތަކުގައި އާންމުކޮށް ބޭނުންކުރަނީ އެޓެންޑެންސް މާކުކުރުމަށް، މޫނުފޮރުވުމަކީ ހިދުމަތްހޯދަންދާމީހުނަށްވެސް އުދަގޫތަކާކުރިމަތިވާނެކަމެއް! ހައްޖުވުމުގައިވެސް މޫނާދެއަތްތިލަ ނިވާނުކުރެވޭ ނުވަތަ ކުރާކަށްނުޖެހޭ!
ފަސީހު
22 August 2024
މޫނުބުރުގާ އެޅުން ގޯހެއްނޫން. އެކަމު ވަޒީފާ އަށް ނިކުމެއުޅެންޔާ ކާކުކަން ނޭގޭ ގޮތައް ހެދުން އެޅުމަކީ ކަމުދާ ކަމެއް ނޫން. މި ނިންމުން ވަރަށް ރަނގަޅު
ބޭރުކުރޭ
22 August 2024
އެ ކޯޓުގައި ތިބޭ ބަޔަކަށް އެއީ ކާކުން އެނގޭނެ. އޮޕަރޭޝަން ކުރަންވަންނައިރު ނުވަތަ ޑޮކްޓަރަށް ދައްކާއިރު ކާކުކަން ރަގަޅަ ނޭނގެ. މުޅިން އެހެންކަމެއް މިއުޅެނީ އެއީ ކޮސް ވާހަކަ
raajje
22 August 2024
ބޭރުކުރޭ: މޫނުފެންނަގޮތަށް ބޮޑުބުރުގާއެއްއަޅާފަ ގަޔަށްދޫ ރީތިހެދުންލީމާ މައްސަލަހައްލުވީނުންތޯ؟ ވަޒީފާބޭނުމިއްޔާ މީނޫންތޯ އެންމެރަނގަޅު ހައްލަކީ، އޮފީސްތަކަށް ހިދުމަތްހޯދަން އާންމުރައްޔިތުންވެސްދާނެ، އަދި އޮފީހުގައި އުޅޭމީހުނަށްވެސް މޫނުނިވާކޮށްގެން އެހެންމީހަކުގޮސް ގޮނޑީގައިއިނަސް ވަގުތުން އެކަންފާހަގައެއްނުކުރެވޭނެ، އެތައްބައެއްގެ މަސްލަހަތާގުޅޭ ސެންސިޓިވުމައްސަލައެއްގައި އެންމެ ބުއްދިވެރިގޮތަކީ މޫނުފެންނަގޮތަށް ތިޔަބުރުގާބަދަލުކޮށްލުން