ރައީސް އޮފީސް: އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައި --- ފޮޓޯ/މިހާރު
25 އޯގަސްޓް 2024 - 18:28
އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.
މިއަހަރުގެ ގައުމީ ދުވަހަކީ އަންނަ ހަފުތާގެ ބުދަ ދުވަހެވެ. އެދުވަހަކީ ރަސްމީ ކަލަންޑަރުގައި މިހާރު ވެސް އޮތްގޮތުން ސަރުކާރު ބަންދު ދުވަހެކެވެ.
އެކި މުނާސަބަތުތަކާ ގުޅިގެން ރަސްމީ ބަންދު ދުވަސްތަކަށް ބަދަލު ގެނައުމަކީ ކުރިން ވެސް ކުރަމުންދާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޒުބޭދާ
25 August 2024
ޑޮލަރު މައްސަލަ ހައްލުކޮށްލީ?
ދެންހަމަ
25 August 2024
ވަރަށް ފޫހިވޭ އެބަ އެވަރަށް ބަންދު ކުރާތީ.
ސައްހާފް
25 August 2024
މިއަދަކީ އާދިއްތަ ވީ 25، އަންނަ ބުރާސްފަތި އަކީ 29 އޯގަސްޓް. ސަރުކާރުން ބަންދުކުރެއްވީ 5 ސެޕްޓެމްބަރ ވާ ބުރާސްފަތި.
ސުންދަރު
26 August 2024
އަންނަ އާއި އަންނަ ހަފްތާގެ ވީމަ ކޮންމެވެސް ވަރެއްގެ ތަފާތެއް އެބައުޅޭދޯ. ކުޑާކޮށް ލޯ ހުޅުވައިގެން ނޫސް ކިޔަންވާނީ
އަންނަނީ
26 August 2024
އަންނަ ހަފުތާގެ ބުރާސްފަތި...
2024
25 August 2024
ޙައުދަ ރަނގަޅޭ 4 ޑޭސް ލިބުނީ.... ބޮއިހަލަކި
ރޯނޭ
25 August 2024
ރައްޔިތުން ހާރޑް އަރުވާލާފަ މިހާރު މިއުޅެނި ޕެމްޕަރ ކުރަން .. މުޒާހަރާކުރާނެތީ ބިރުން
ރައިމް
25 August 2024
މުޒާހަރާކުރާނެ ބަޔަކު މިހާރަކުނެތްވ
ނޭނގޭތީ އަހާލީ
25 August 2024
އެހެންވީމާ ބުދަދުވަހު ސަރުކާރު ހުޅުވާފައި ބުރާސްފަތިދުވަހު ސަރުކާރު ބަންދުކޮށްލަނީތަ؟
ގުދުގުދާބެއްޔާ
25 August 2024
ލިޔެފައޮތް އެއްޗެއް ނުކިޔަންތަ؟ އެބުނަނީ ބުދަދުވަހަކީ ގައުމީ ދުވަހޭ މިހާރުވެސް އެދުވަހަކީ ކަލަންޑަރ ގައި ބަންދުދުވަހެއްގޮތައް ހަމަޖައްސާފައިވާ ދުވަހެކޭ! ދެން އެބުނީ ގައުމީދުވަހުގެ މުނާސަބަތު ދުވަހަކީ ބުރާސްފައްޗޭ! އެދުވަސްވެސް ބަންދޭ!
ކޮންމެކަމެއްގަ ހޮޅި
26 August 2024
ރަސްމީ ބަންދު ދުވަސް ސަރުާރު ބަންދުކޮއްފަ، އެދުވަހުގެ މުނާސަބަތުގަ ސަރުކާރު ބަންދުކޮއްފަ، ބަންދުކުރި ދެދުވަހުގެ މުނާސަބަތުގަ އަންނަ ހަފްތާ އެއްކޮށް ސަރުކާރު ބަންދުކޮއްލިނަމަ. މިވެސް މީހަކު ސަރުކާރު ހިންގާގޮތް.
ބަތާނަ
25 August 2024
މުޅިދުވަހު މިފެންނަނީ ރައީސްގެ ހެޔޮފުޅުކަން.
ކެތްތެރިވެގެން ތިބެބަލަ
26 August 2024
ތިފެންނަނީ އަދި ޒައްރެއްގެ މިންވަރެއް. މިނިވަން ފަންސާސްކަހަލަ ފަންސާހެއްއައިމަ ރައީސްގެ ހެޔޮފުޅުކަން އަދި ފެންނަން ފަށާނީ.