ގިނަ އަދަދެއްގެ ޑޮލަރާއެކު އަތުލައިގަތް ބިދޭސީ މީހާ: އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައި -- ފޮޓޯ: ފުލުހުން
27 އޯގަސްޓް 2024 - 11:29
ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނު 81،000 ޑޮލަރާ އެކު އަތުލައިގަތް ބިދޭސީ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.
ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް މީހާގެ ލަގެޖު ތެރޭ ކޯންފްލޭކްސް ޕެކެޓެއްގައި ބަންދުކޮށް ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޝަހްމިން އިސްލާމް ޝަގުރު، 32، އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ ތަހުގީގަށް ބަންދުގައި ބަހައްޓަން 15 ދުވަސް ދީފަ އެވެ.
ބަންގްލަދޭޝަށް ވަގަށް ގެންދަން އުޅެނިކޮށް އަތުލައިގަތް ޑޮލަރުތައް --- ފޮޓޯ/އޭވިއޭޝަން ސެކިއުރިޓީ
އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އާންމުކުރި ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޑޮލަރުތައް ބަންދުކޮށްފައި ހުރި ޕެކެޓުން ނެގި އިރު އެ ޑޮލަރު ބޮނޑިތަކުގައި އެކި މީސްމީހުންގެ ނަން ވެސް ލިޔެފައި ހުއްޓެވެ.
ރާއްޖޭގެ ގަވައިދުތައް އޮންނަ ގޮތުން 20،000 ޑޮލަރަށް ވުރެ މަތީ އަދަދެއްގެ ފައިސާ ރާއްޖެ އެތެރެކުރާ ނަމަ އަދި ބޭރުކުރާ ނަމަ ކަސްޓަމްސްގައި ޑިކްލެއާ ކުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
28 August 2024
20000 ލިމިޓްވެސް މާ ބޮޑު ރާއްޖެޔަށް. އެމެރިކާގަ 10000 ޑޮލަރުގެ ލިމިޓް. އިންޑިޔާގަ 5000 ޑޮލަރަށްވުރެ ގިނައްޔާ ޑިކްލެޔާ ކުރަން ޖެހޭ
ސާއިލު
28 August 2024
ޙިތަށް އަރަނީ ބަނގަލާ ދޭޝް މީހުން ރާއްޖެ އަންނަނީ ކޮންމެސް ބަޔަކު މެދުވެރިވެގެން ވަޒީފާ ހޯދާށޭ. މިމީހާ ރާއްޖެ އައީ ހަމަ އެކަނި މިޑޮލަރ ތަކާ ހަވާލުވާން ބާވައޭ. ކާކުބާއޭ މިމީހާ ގެ ބެލެނިވެރިޔަކު މިދިވެހި ރާއްޖޭގައި ނެތީބާއޭ. މިޚަބަރުގައި މިކަހަލަ އެއްވެސް ވާހަކައެއްނެތީ ކީއްވެ ބާއޭ.
އޮނަރަބްލް އަފީފު ދީދީ
27 August 2024
ތީކީ ރާއްޖޭގައި ޢާންމުކަމެއް. ތިކަމުގައި މައްސަލައެއް އޮތްކަމަކަށް ނުދެކެން. އެމީހުން މިތަނަށް އައިސް ބުރަ މަސައްކަތްކޮށްގެން އެއްކުރާ ފައިސާކޮޅު ޤައުމަށް ފޮނުވާލެވެނީ އަހަރަކު އެއްފަހަރު. އަހަރުދުވަހުގެ މުސާރައަށް ތިޔައީ ބޮޑު އެއްޗެއްކަމަކަށް ނުދެކެން.
ގޮހޮޑާ
27 August 2024
މައްސަލައަކަށްވަނީ އޮންނަ އިޖުރާއަތްތަކާ ޚިލާފަށް ޑިކްލެއަރ ނުކޮށް ރާއްޖެއިން ބޭރުކުރަން އުޅުން. މުސާރަވިއްޔާ ޑިކްލެއަރ ކޮށްފަ ގެންދަންވީ
ކުންނު
27 August 2024
މިކަހަލަ މީހުންނާހެދީ ގައުމު ހަލާކުވަނީ.....
އިސްމާއިލް ނައީމް
27 August 2024
މިނޫނޫ ދުވަހަކުވެސް ނުދެކެން ބޭރުމީހުންގެ މިފަދަ އެއްވެސް މައްސަލަ އަކަށް އޮނަރަބްލް އަފީފު ދީދީ އެމީހުނަށް ފޭވާރ ވާގޮތަކަށް ކޮމެންޓް ކޮށްފައިވަނިކޮށް އަނެއްކާ ހައްޔަރު ކުރިމީހާ އަކީ އޮނަރަބްލް އަފީފު ދީދީ ގެ މީހެއްތަ ؟ ނޫނީ މިކަމުގައި އޮނަރަބްލް އަފީފު ދީދީ ގެ އަތެއް އޮތީތަ ؟؟؟
ގައްސާން
27 August 2024
ތި އެގެނީ މާބޮޑަށް، މިދުނިޔޭގަތޯ ތި އުޅުއްވަނީ.
އަފީފާ ދީދީ
28 August 2024
އޮނަރަބްލް އަފީފު ދީދީ ދިވެހި ދައުލަތުގެ ގާނޫނަށް ތިބޭފުޅާ ބޭނުންވާގޮތަށް ބަދަލުކޮށްފަ ތިކަހަލަ ކޮމެންޓްލިޔެލާ.
ހައިޝަމްް
27 August 2024
ދެން ބަލަންވީ މީނާ މިފައިސާ ހޯދިގޮތް. އަދި ދިވެހިންގެ ތެރެއިން މިފަދަ މީހުންނަށް އެހީވަނީ ކޮންބަޔެއްތޯ ބަލާ އެމީހުންވެސް ގާނޫންގެ ކުރިމަށްޗަށް ގެންނަންޖެހޭ.
މިންހާޖްް
27 August 2024
ރާއްޖޭގެ އާބާދީގައި ބިދޭސީންވެސް މިހާރު ވަރަށް ބޮޑު ތަނުން ގިނަ. އަދި މި ގިނަވާ މީހުންގެ ތެރެއިން އެތަށް ބަޔަކީ ގަވައިދާ ހިލާފަށް ފިލައިގެން އުޅޭ ބަޔެއް. މިފަދަ މީހުން ހޯދާ ޑީޕޯޓްކުރުމަކީ ރާއްޖޭގެ އިކޮނޮމީއަށް އަންނަ ކުރިއެރުމެއް. ސަބަބަކީ އެމީހުންވެސް މަސައްކަތް ކޮށްގެން ގައުމުން ބޭރަށް އެތަށް ޑޮލަރެއް ފޮނުވާތީ
ކޮރަލް
27 August 2024
ޑިޕޯޓް ކުރާނަމަ ދެން ރާއްޖެ އައުމުގެ ފުރުސަތު ކުޑަ އެވެ. ބަންދު ކޮށް ތަހުގީގު ކުރާނަމަ މިނިވަން ވުމުގެ ފުރުސަތު ބޮޑެވެ. ބޮޑެތި މައްސަލަ ތަކުގަ ބަންދުގެ މުއްދަތު ޖަހާ ގިނަ ބަޔަކު މާލޭ މަގުތަކުން ފެނެ އެވެ.
ކޮރަލް ލައިޓް
27 August 2024
ތަހުގީގީ މަރްހަލާއެއް ބައެއް ހާލަތުގައި އޮންނަންޖެހޭ. ފުރަތަމަކަމަށް މިފަދަ އަދަދަކަށް ފައިސާ ހޯދިގޮތާއި މިކަމުގަ ޝާމިލްވި މީހުން ދެނެގަތުމަކީ މިކަން އިތުރަށް ތަކުރާރުވިޔަނުދިނުމަށް އެޅޭ ފިޔަވަޅުތަކެއް. ހުރި ގޮތަށް ޑީޕޯޓްކޮށްލީމާ އަނެއްދުވަހު އެހެންމީހެއް މިކަން ކުރަން މަސައްކަތްކުރާނެ.
ޑީޕޯޓް
27 August 2024
ޑީޕޯޓް ކޮއްލިޔަސް ރާއްޖެ ނާދެވޭނެކަމަކަށް ނުނިންމޭނެ. އެގޮތަށް ޑީޕޯޓކޮއްލި އެތައްބަޔަކު ނަންބަދަލްކޮއްގެން އައިސް އެބަތިބި. ބަނގްލަދޭޝް މީހުން ނަންބަދަލްކޮއްލާފަ ޕާސްޕޯޓް ހަދާލުން އެއީ ވަތަށް ފަސޭހައިން ކޮއްލާކަމެއް.
މުޒްހިންް
27 August 2024
މިފަދަ ދޮރުތަށް ބަންދުކުރަން އިމިގްރޭޝަންއާއި ހޯމްމިނިސްޓްރީއާ ގުޅިގެން މިކުރައްވާ މަސައްކަތް މިޔަދު ދިވެހި ރައްޔިތުން ވަރަށް ބަލައިގަންނަން.
ނޫހާ ނަސީރްް
27 August 2024
ބޭރުމީހުން މި ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކުރުމަށް ޖާގަ ނުދޭންވީ ސަބަބު މިހާރު ރައްޔިތުންނަށް ތި ފެންނަނީ. އެތަށް ހާސް ޑޮލަރެއް މި މީހުން އެކަނި ދިވެހިންނާ ގުޅިގެން ބޭރުކުރޭ. އެންމެ ބޮޑޫކޮށް މި ޖަރީމާ ހިންގާފަވަނީ މިދިޔަ ސަރުކާރުގައި ފައްޔާޒް.
އޮނަރަބަލް އަފީފް ދީދީ
27 August 2024
މިފަދަ މީހުންނަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅަމުންދާތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއް. ދިވެހިން ބޭރުމީހުންނާ ގުޅިގެން މިފަދަ ޖަރީމާތަށް ކުރިން ޖެއްސުނީ އޭރުގެ ސަރުކާރުން ފައްޔާޒްމެން މިފަދަ ކަންކަމަށް ޖާގަދިނީމަ. މިކަން ހައްލުކުރަން އެތަށް ފުރުސަތެއް ލިބުނު އިރުވެސް ފައްޔާޒަކަށް މިކަމެއްނުވި. މި ސަރުކާރުން މިފަދަ ކަންތައްތަކުގައި ހަރުކަށިވެގެންނޫނީ މިކަން މައިތިރިނުކުރެވޭނެ.
ހަސަންދީދީ.
27 August 2024
މިހާރު ހާދަ ވައްތަރު ވައްތަރުގެ ދީދީ ފެންނަން ފަށައިފިއޭ. ކޮބާބާ އަސްލު ދީދީ އަކީ ؟؟
އެލިސްބްރޯޑީ
27 August 2024
ޑޮލަރު ބޭރު ކުރާ ނިކަމެތި މަސައްކަތް ތެރިންވެސް ބޭރު ކުރަންވާނީ ގަވައިދުން. އެކަމަކު ހަމަ އެއާ އެކު ބުނެލަން އަހަރުމެން މަޖިލިހަށް ލާފަ ތިބި މަހުޖަނުން ޑޮލަރު ބޭރު ކުރަނީ އެމީހުނަށް ބޭރު ކުރެވޭ ގޮތަށް ގަވައިދު ހަދައިގެންކަންވެސް ދިވެހި ރައްޔިތުން އެބަ ޖެހޭ ގަބޫލު ކުރަން. ވޯޓު ނުވިއްކާށޭ ވޯޓު ނުވިއްކާށޭ ތި ދެވެނީ ނަފްސަށް ހާދަ ބޮޑު ގެއްލުމެކޭ. މަހުޖަނުން ވެރިންނަށް ނަހަދާށޭ.