ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދު: އޭނާއާ ގުޅޭ ޝަކުވާތަކެއް މުވައްޒަފުންތަކެއް ވަނީ ޖޭއެސްސީ އަދި އޭސީސީއަށް ހުށަހަޅާފައި
01 ސެޕްޓެމްބަރ 2024 - 12:04
ސިވިލް ކޯޓުގެ އިސްގާޒީ މަރިޔަމް ވަހީދާ ގުޅޭ ޝަކުވާއެއް އެ ތަނުގެ މުވައްޒަފުންތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
ޖޭއެސްސީގެ އާންމު އުސޫލު އޮންނަ ގޮތުން ގާޒީއެއްގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި ނަމަވެސް، އެކަން މީޑިއާ އަށް އާންމެއް ނުކުރެ އެވެ. ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މަރިޔަމް ވަހީދުގެ މައްސަލައެއް ޖޭއެސްސީ އަދި އޭސީސީއަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.
މަރިޔަމް ވަހީދާ ގުޅޭ ގޮތުން ހުށަހަޅާފައިވަނީ މުވައްޒަފުން ނެގުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް އިސްގާޒީ އަމަލު ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތުކުރާ ޝަކުވާއެކެވެ. އެކަމަށް ބާރު ލިބޭ ހެކިތައް ވެސް ޖޭއެސްސީ އަށް ހުށަހަޅާފައިވެ އެވެ.
މައްސަލާގައި ބުނެފައިވަނީ ސިވިލް ކޯޓު މިހާރު ވެފައި އޮތީ މަގާމުގެ ނާޖައިޒު ފައިދާ ނަގައި ތަނުގެ ވެރިން އެންޑޯޒް ކުރާ މުވައްޒަފުން މަގާމުތަކަށް ނަގާ ތަނަކަށް ކަމަށެވެ. ކޯޓަށް އަލަށް ނަގާފައިވާ މުވައްޒަފުންނަކީ ވެރިން ނޮމިނޭޓް ކޮށްގެން ނަގާފައިވާ މުވައްޒަފުން ކަން ޖޭއެސްސީ އަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.
"..މިއީ ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެނގޭ އަދި މިކަންކަން ނިމުމަކަށް ގެނައުމަށް ބޭނުންވެ އެކަމަކު މިކަން ހުއްޓުމަށް މަސައްކަތް ކުރާނެ ހިތްވަރެއް ނެތި ދާއިމަށް މި ކޯޓުގައި ހިނގަމުން އަންނަ ސަގާފީ ކަމަކަށް ވަނީ ވެފައި،" ޝަކުވާގައި ވެ އެވެ.
ނުފޫޒުން މުވައްޒަފުން ނަގާއިރު އެ މުވައްޒަފުންނަށް ފަސޭހަވާ ގޮތަށް ރިޓަން އެގްޒޭމް ތައްޔާރުކުރުމާއި އަދި ވެރިން ޕްރެޒެންޓޭޝަން ހަދައި ދިނުން ފަދަ ކަންކަން އާންމުވެފައިވާ ކަމަށް ވެސް ބުނެފައި ވެ އެވެ. އިސްގާޒީއާ މަރިޔަމް ވަހީދާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ތުހުމަތު ކޮށްފައިވަނީ އެ ތަނުގެ ކޯޓު އޮފިސަރަކަށް ލީގަލް އޮފިސަރެއްގެ މަގާމު ދިނުމަށް އިންޓަވިއުގެ ތެރެއިން ހެދި ޕްރެޒެންޓޭޝަނެއް އިސްގާޒީގެ ލޮގިން ބޭނުންކޮށްގެން ހަދާފައިވުމެވެ.
"ޕްރެޒެންޓޭޝަން ތައްޔާރު ކޮށްދީފައިވަނީ އިސްގާޒީ ނަމަ އެއީ ގާޒީގެ ސުލޫކީ މިންގަނޑާ ހިލާފުވެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމެވެ. އަދި ޕްރެޒެންޓޭޝަން ތައްޔާރު ކޮށްފައިވަނީ އިސް ގާޒީގެ ލޮގިން ބޭނުން ކޮށްގެން މުވައްޒަފަކު ނަމަ، ކޯޓުގެ އިދާރީ މުވައްޒަފަކަށް ގާޒީގެ ލޮގިން ދިނުމަކީ ވެސް ސުލޫކީ މިންގަނޑުން ބޭރު ކަމެކެވެ." މައްސަލާގައި ބުނެފައިވެ އެވެ.
ނަން ސިއްރުކޮށް މުވައްޒަފުންތަކެއް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ ޝަކުވާތައް ހުށަހެޅުމާ އެކު ވަޒީފާގެ ބިރު އޮންނާނެ ކަމަށާއި ނަމަވެސް އެ ބިރު އެއްފަރާތްކޮށް އިންސާފަށް ފެށި ދަތުރުގައި ރައްކާތެރިކަން ބޭނުންވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުޅުދަނޑި
03 September 2024
އާދެ މިހާރުވެސް ތިތާ އުޅޭ ފެމިލީ ކޯޓުގައި އުޅުނު މީހެއް މަރްޔަމް އާ ކުރިން އެއް ކޯޓެއްގައި އުޅުނީމަ ލީގަލް ވަޒީފާ ދީފައި ހުރީ..ހަމަ މީވެސް އެންމެނަށް އެނގޭ ކަމެއް..
ޙައްޤު
01 September 2024
މިތާ ހުރި ކޮމެންޓްތަކަށް ބަލާލުމުން އެނގެނީ، ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް، ކަންބޮޑުވެގެން ހާސްވެގެން ޑިފެންސަށް ފައިބައިގެން އުޅޭކަން. ބަޔަކު މައްސަލައެއް ހުށަހެޅުމަކީ އެއީ ކުށެއް ނޫން. ކުށް ނުކުރާނަމަ، އެކަން ސާބިތު ކޮށްދިނީމަ ނިމުނީ. ތަބަކަށް ލާފަ ވަޒީފާ ދީފަތިބި މީހުންނަށް ހީވާނީ އެހެންމީހުންވެސް އުޅޭނީ އެގޮތަށް ވަޒީފާ ހޯދަންކަމަށް. ދިވެހި ހަރުބަހުގައި އޮންނަ ގޮތަށް ފުޅަށްބުޑުން ދަންޏާ ހީވާނީ ކެޔޮގަނޑު ކަނޑާލަނީއޭ.
އިސްމާއިލް ފިކުރީ
01 September 2024
ޚަބަރު ކިޔާލީމަ ހީވަނީ ފެންވަރު ނެތް ކުއްޖަކު ވަޒީފާއަކަށް ކުރިމަތިލައިގެން ތަބަކަކަށްލާފަ ވަޒީފާ ނުދިނީމަ ހަސަދަ ފިލުވާލިހެން. މައްސަލަ ހުށަހަޅާފަ އެވަރުން ނުފުދިގެން މީޑިޔާއަށްވެސް އަންގާލީ ވިއްޔާ
ބުރުމާ
01 September 2024
އެހެންވީމާ އަދި އެެއްފަހަރު ހަބަރު ކިޔާލަ. ކޮލިފައިޑް މީހަކަށް ގާޒީ ޕްރެޒެންޓޭޝަން ހަދައިގެން ނުޖެހޭނެ.
ތިލަފަތް
01 September 2024
ގޯހެއް ހިނގަންޏާ މައްސަލަ ހުށަހަޅަންޖެހޭ. އެކަމު މައްސަލަ ހުށަހަޅާފަ މީޑިޔާށް ދީގެން ޝަރީޢަތުގެ އަގު ވައްޓާލުން ގޯސް. މިހެން މިކަން ކުރާ މުވައްޒަފުން މާދަމާ ކޮން ޔަގީންކަމެއް އޮތީ ކޯޓުގަ ހިނގާ މައްސަލަތަކުގެ މައުލޫމާތު މީޑިޔާ އަށާ ވަކީލުންނަށް ނުދޭނެކަމެއް. ޖޭއެސްސީން ބަލާ މައްސަލަތަކުގެ މައުލޫމާތު ހާމަކުރުން ހުއްޓާލީވެސް ސާބިތުނުވެ ހަމަ ކުރެވޭހާ ތުހުމަތެއް މީޑިޔާއަށް ދިއުމުން އެކަމުން ޝަރުޢީ ދާއިރާގެ އިތުބާރަށް އަސަރުކުރާތީ.
ވަކީލްް
01 September 2024
ގަބޫލުކުރަން އުނދަގޫ ކަމެއް.
ކަނބިލި
01 September 2024
ރާއްޖޭގައި ކުށްތަކަށް އަރައިގަންނާކަށް ޖެހިލުމެއް ނުވާނެ. ތުހުމަތު ތަހުގީގު ހިންގާނެ. އޭގެފަހުން އަދަބު ކަނޑައެލި ވާހަކައެއް ނާންނެ. ޖަލަށްލިޔަސް ދުވަސަކޮޅަކުން ދީލަތި މާފަކުން ދޫކޮށްލާނެ.
އައު ރުސް
01 September 2024
ތިކަމާއި އުޅުނު ހުރިހާ ކުދިންނަށް ޕުރޮމޯޝަން ދެވޭތޯ އެބަބަލަން! ނަން ތައް މަށަށް ފޮނުވާތި
ރިސްމީ
01 September 2024
ސާބަހޭ, ގައުމު އިސްލާހުކޮށްލާ
ކަހެރުވައް
01 September 2024
ތީގަ އަސްލު މައްސަލައަކީ ކޮބައިކަމެއް ސާފުކޮށް އެނގޭކަށް ނެތެންނު! ކޯޓުގެ ގާޒީން ނާޖާއިޒް ފައިދާ ނަގަނީއޭ ވަކި ބަޔަކަށް ފައިދާވާގޮތަށް ގާޒީ އަމަލުކުރަނީއޭ ބުނުމަކުން އަދި ނުފުދޭ. ނާޖާއިޒް ފައިދާ ހޯދަން ނުވަތަ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ގާޒީ ކުރި އަމަލަކީ ކޮބާ؟ ޕްރެސެންޓޭޝަން ހެދުމަށް ގާޒީ އަމިއްލައަށް ނުވަތަ އެހެން މީހަކު ލައްވައި ގާޒީގެ ލޮގިން އިން ވަނުމަކީ މަނާކަމެއް ކަމުގެ ހެއްކާ ގަރީނާއަކީ ކޮބާ؟
ރާއްޖެ
01 September 2024
މި އަންހެން ވެރިން ވެރިންނަށް ލައިގެން ނުވާނެ ރަގަޅެއް. މިހެން ބުނީމާ ބުނާމީހާ ގޯސްވާނީ.
ފަސްކުޅަނދު
01 September 2024
ނޫން. ފިރިހެންވެރިން މާ ގޯސް. މަ ހަނދާންވޭ ހުސް ފިރިހެންވެރިން އުޅުނު ސުޕްރީމް ކޯޓެއްގައި އޮފީސްތެރޭ ނިދައި، ދަންވަރު ޝަރީއަތްކޮށް، އަމިއްލަ އިސްނެގުމަށް ގޭތެރޭތިބޭ މީހުންނަށް އަމުރު ނެރުނު ޒަމާނެެއް. އަނެއްކާ ފިރިހެންވެރިން ކުރި ވެރިކަމެއްގައިދޯ އެމްއެމްޕީއާރުސީ އޭ ކިޔާފަ މުޅި ގައުމު ދަވާލީ! ހުސް ފިރިހެންވެރިން!